ސައިކަލް ދުއްވާ މީހުންނަށް ހާއްސަ އޭއާރ އަވި އައިނެއް

ހުސެއިން އާރިފް 18 ސެޕްޓެމްބަރު 2023

އޯގްމަންޓެޑް ރިއަލިޓީ (އޭއާރ) އަކީ ހަމަ އެކަނި މުނިފޫހިފިލުވުމަށް ހާއްސަ ޓެކްނޮލޮޖީއެއްގެ ގޮތުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ސްމާޓް އައިނުތަކުގެ ފީލްޑް އޮފް ވިޝަން އަށް މަދު މައުލޫމާތުތަކެއް ދަައްކައިގެން ނަމަވެސް އާއްމުކޮށް ކޮންމެދުވަހު ބޭނުން ކުރެވޭ އާލާތެއްގޮގައި އޭއާރ ވެގެން ދިއުމަށް މާ ބޮޑަށްވެސް ލަސްވެއްޖެއެވެ. އެހެން ނަމަވެސް މިހާރު މިވަނީ މަޝްހޫރު ވެހިކަލް އުފައްދާ ކުންފުނި ބީއެމްޑަބްލިޔު އިން ސައިކަލް ދުއްވާ މީހުންގެ ރައްކާތެރިކަމަށް ހާއްސަ ސްމާޓް އައިނެއް ތައާރަފް ކޮށްފައެވެ.

ބީއެމްޑަބްލިޔު ގެ ކަނެޓްރައިޑް ސްމާޓް އައިނުގެ ލެންސްގައި ސައިކަލްދުއްވާ މީހާއަށް ހާއްސަ މައުލޫމާތުތަކެއް ދައްކައެވެ. މިގޮތުން ސައިކަލުގެ ދުވެލި، ދުއްވަމުންގެންދަނި ކޮން ގިއަރެއްގައި ކަމައީ، ޖީޕީއެސް ޑާޓާ އަދި ދަތުރުކުރަންވީ މަގުދައްކައިދޭ ބައެއް މައުލޫމާތުތައް ހިމެނިފައިވެއެވެ. އެޕަލް އިން އުފައްދާފައިވާ ވިޝަން ޕްރޯ ގޮގުލްސް އަށްވުރެއް ބަލާލަން އެހާމެ ޗާލުނުވިނަމަވެސް ބީއެމްޑަބްލިޔުގެ އޭއާރ އައިނުގެ ސިމްޕްލިސްޓިކް ޑިޒައިންގެ ސަބަބުން ސައިކަލް ދުއްވާ މީހާ މަގަށް ދޭންޖެހޭ ސަމާލުކަން އެންމެ ހިނދުކޮޅަކަށްވެސް ކުޑަކޮށް ނުލައެވެ.

ގިނަ ވަގުތު މަގުގައި ހޭދަކުރާ ބައިކަރސް އަށް ވިސްނާފައި ބީއެމްޑަބްލިޔު އިން ވަނީ ތަފާތު ސައިޒް ތަކުގައި މި އައިނު ފަރުމާ ކޮށްފައެވެ. އަދި އެކި ވައްތަރު ތަކުގެ ހެލްމެޓް ތަކާއި އެކި ބައްޓަމަށް ހުންނަ މޫނު ތަކަށް ފަސޭހަ ވާނެހެން މި އައިނު ވަނީ އެޖަސްޓް ކުރެވިފައެވެ. މީގެ އިތުރުން މި އައިނާއި އެކު ލިބޭ ދެ ލެންސްގެ ތެރޭގައިގައި ޓިންޓެޑް ލެންސެއްގެ އިތުރުން ހެލްމެޓް ގެ ވައިސަރ އާއި އެކު ބޭނުން ކުރުމަށް 85 އިންސައްތަ ޓްރާންޕޭރަންޓް ލެންސް އެއް ހިމެނެއެވެ. އަދި ހަމަ އެހެންމެ ޕްރިސްކްރިޕްޝަން ލެންސް އަށްވެސް މި އޭއަަރ އައިނުގެ ލެންސް ބަދަލުކޮށްލެވެއެވެ.

ގާތްގަނޑަކަށް 10 ގަޑިއިރުގެ ބެޓެރީ ލައިފް އެއް ކަނެޓްރައިޑް އޭއާރ އައިނުގައި ހިމެނޭ އިރު ބްލޫޓް މެދުވެރިކޮށް ސްމާޓް ފޯނާއި ކަނެކްޓް ކޮށްގެން އައިނުގެ ސްމާޓް ޕްރޮޖެކެޝަން ސައިޓް ބޭނުން ކުރާ މީހާގެ ފީލްޑް އޮފް ވިއު އަށް އެޖަސްޓްކޮލެވެއެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.