ސައިބަރ ހަމަލާއަށްފަހު "ކްލޮރޮކްސް" ބްލީޗް ލިބުން ހުއްޓިއްޖެ

ޓެކު ކަލޯ 19 ސެޕްޓެމްބަރު 2023

ބްލީޗް ވިއްކާ ކުންފުނި "ކޮލޮރޮކްސް" އަށް އަމާޒުކޮށް މިދިޔަ މަހުގެ ތެރޭގައި ދިން ސައިބަރ ހަމަލާއަކާއި ގުޅިގެން މި ބްރޭންޑް ގެ ބްލީޗް ގެ އިތުރުން އެހެނިހެން ކެޓަގަރީގެ މުދާލުގެ ސްޓޮކަށް ހީނަރުކަން ލިބި ސަޕްލައި ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ. ކޮލޮރޮކްސް ބްރޭންޑް އަކީ ޑިސްއިންފެކްޓެންޓް އާއި ބްލީޗް އަދި ކެޓް ލިޓަރ އާދި އެހެނިހެން ގޭތެރޭގެ ސާފުތާހިރުކަމަށް ހާއްސަ މުދާ އުފައްދާ ކުންފުންޏެކެވެ.

މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ދިން ސައިބަރ ހަމަލާއާއި ގުޅިގެން އިންޓާނަލް ސިސްޓަމްތައް ޝަޓްޑައުން ކުރަން ޖެހުމުން އެކުއެކީގައި ޕްރޮޑަކްޝަން ހުއްޓިފައިވާ ކަމަށާއި ބައެއް ފެކްޓްރީތައް މިހާރު އޮޕަރޭޝަނަލް އަށް ގެނައުމަށް މަސައްކަތް ކުރެވެމުންދާކަމަށާއި އެހެންނަމަވެސް އެދޭވޭ މިންވަރެއްގައި މުދާ އުފެއްދުމުގައި ގޮންޖެހުންތައް ހުރިކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މިހަމަލާއާއި ގުޅިގެން އެކުންފުންޏަށް މަޖުބޫރުވެފައިވަނީ ގިނަ ފެކްޓްރީ ތަކުގެ ޕްރޮޑަކްޝަން އޯޑަރ ތައް މެނުއަލްކޮށް ޕްރޮސެސްކުރުމަށެވެ. ކުރިޔާ އެއްގޮތަށް އޮޓޮމެޓިކް ކޮށް އޯޑަރ ކުރުމުގެ ހިދުމަތްތައް ގިނަ ފެކްޓްރީ ތަކުގައި އަންނަ ހަފްތާގައި ފެށޭނެ ކަމަށް އެކުންފުނިން އުންމީދު ކުރެއެވެ.

އޯޑަރުތައް ފުރިހަމަ ކުރުމުގައި ލަސްތައް ވުމާއި، އެދެވޭ މިންވަރަށް މާކެޓަށް މުދާ ނުނެރެވޭތީ މި ކުއަރޓަރ ތެރޭގައި މިކުންފުންޏަށް ބޮޑު މާލީ ގެއްލުމެއް ލިބިގެން ދާނެ ކަމަށް އަންދާޒާކުރެވެއެވެ. ކުންފުނީގެ ފަރާތުން ބުނެފައިވަނީ އެމެރިކާގެ އެފްބީއާއި އާއި ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.

ޓެކު ކަލޯ

ޓެކު ކަލޯ

ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.