ކެސީނޯތައް ހެކުކުރި ގްރޫޕުން އިތުރު ހެކްތަކެއް ކޮށްފައިވޭ

ހުސެއިން އާރިފް 20 ސެޕްޓެމްބަރު 2023

މަޝްހޫރު ކެސީނޯ އޮޕަރޭޓް ކުރާފަރާތައް ކަމުގައިވާ އެމްޖީއެމް ރިޒޯޓްސް އިންޓަނޭޝަނަލް އާއި ސީޒަރސް އެންޓަޓެއިންމަންޓް ގެ ސިސްޓަމްތައް ނިމިދިޔަ ހަފްތާތަކުގައި ހެކް ކުރި ގްރޫޕުން މެނިއުފެކްޗަރިންގް، ރީޓެއިލް އަދި ޓެކްނޮލޮޖީދާއިރާގެ ބޮޑެތި ކުންފުނިތަކަކަށްވެސް ހަމަލާދީފައިވާކަމަށް މި މައްސަލައާއި ގުޅުންހުރި ސެކިއުރިޓީ އެގްޒެކެޓިވް އެއް ހާމަކޮށްފިއެވެ.

އައިޑެންޓިޓީ މެނޭޖްމަންޓް ކުންފުނި "އޮކްޓާ" ގެ ޗީފް ސެކިއުރިޓީ އޮފިސަރ ޑޭވިޑް ބްރެޑްބަރީ ވިދާޅުވެފައިވަނީ އެކުންފުނީގެ ހިދްމަތްހޯދާ ކުންފުނި ތަކެއް ކަމުގައިވާ އެމްޖީއެމް، ސީޒަރސް ހިމެނޭ ހެން ފަސް ކުންފުންޏެއްވަނީ ހެކިންގް ގްރޫޕްއެއް ކަމުގައިވާ އަލްފްވީ އަދި ސްކެޓާރޑް ސްޕައިޑަރ ގެ ހަމަލާތަކާ އޮގަސްޓް މަހުން ފެށިގެން ކުރިމަތިލާން ޖެހިފައެވެ. އަނެއް ތިން ކުންފުންޏަކީ ކޮބައިކަން ބްރެޑްބަރީ ހާމަނުކުރި ކަނަމެވެސް މި ބްރީޗް ތަހުގީގު ކުރުމުގައި ކަމާގުޅޭ އިދާރާތަކާއި އެކު މަސައްކަތް ކުރަމުންގެންދާކަމަށް އޭނަ ބުނެފައިވެއެވެ.

މި ހަމަލާގެ ސަބަބުން އަހަރަކު އެތަކެއް ކުންފުންނެއް ކުރިމަތި ލާން ޖެހިފައިވާ ރެންސަމްވެއަރއަށް އިތުރަށް ނަޒަރު އެޅިފައިވެއެވެ. އޮކްޓާ އިން ބުނެފައިވަނީ ހެކަރުން އެމްޖީއެމް ސަރވަރ ތަކަށް ވަނުމަށްފަހު އޮކްޓާ ކްލައިންޓް އެކްސެސް ހޯދާފައިވެއެވެ. އަދި މިކަމުގެ ސަބަބުން އޮކްޓާ އައިޑެންޓިޓީ މެނޭޖްމަންޓް ސިސްޓަމްގެ އިތުރު ކްރެޑެންޝިއަލްސް ތަކަކަށް ވަނުމަށް ފުރުސަތު ލިބިފައިވެއެވެ. ވޭތުވެދިޔަ 12 ވަރަކަށް މަސްތެރޭގައި މިފަދަ އެޓޭކްތައް އިތުރުވެފައިވާކަން ފާހަގަ ވާކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.