ޓިންޑަރ ގެ ވީއައިޕީ ސަބްސްކްރިޕްޝަން ޕްލޭން 500 ޑޮލަރަށް

ޓެކު ކަލޯ 25 ސެޕްޓެމްބަރު 2023

ހަޔާތުގެ ބައިވެރިޔާ އިޙްތިޔާރުކުމަށް އެހީވެދޭ އެޕްލިކޭޝަން "ޓިންޑަރ" އެޕްގެ ސަބްސްކްރިޕްޝަން ޕްލޭން ތަކަށް ބަދަލު ގެނެސް މަހަކު 500 ޑޮލަރަށް ލިބޭ ވީއައިޕީ ޕްލޭންއެއް ތައާރަފު ކޮށްފިއެވެ.

ޓިންޑަރ ސެލެކްޓް ގެ ނަމުގައި ތައާރަފު ކޮށްފައިވާ ވީއައިޕީ ހިދުމަތް މިހާތަނަށް ހުޅުވާލާފައިވަނީ މިއެޕްގެ މޯސްޓް އެކްޓިވް ޔޫސާރސް ތަކުގެ އެންމެ 1% މީހުންނަށެވެ. ސެލެކްޓް އާއި އެކި "ސްކިޕް ދަ ލައިން" ފަދަ އެކްސްކުލޫސިވް ފީޗަރ ތަކާއި ލައިކް ކުރާ ޕްރޮފައިލް ތަކަށް ގޯލްޑް ނުވަތަ ސިލްވަރ މެމްބަރޝިޕް ނެތް ނަމަވެސް ޕްރޮފައިލް ބަލާލެވޭ ފީޗަރ އަދި ޑިރެކްޓް މެސެޖިންގެ ހިދުމަތްވެސް ހުރަހަކާއި ނުލާ ލިބެއެވެ.

މި ޕްލޭން އަށް އެދި ޔޫސަރަސް އަށް އެޕްލައި ކުރެވުނު ނަމަވެސް ޓިންޑަރ ގެ ސްކްރީނިންގް މަރުހަލާގެ ތެރެއިން ވެރިފައިޑް ފޮޓޯ އަކާއި، އިހުތިޔާރު ކުޅާ ގުޅުމުގެ ބާވަތާއި، 4 ޕޮޓޯ، ޝައުގުވެރިވާ 5 ކަމެއް އަދި ބަޔަގްރަފީ ހިމެނިފައި ހުންނަންވާނެއެވެ.

ބޭނުންކުރާ މީހުންގެ މެދުގައި ކުރެވުނު ދިރާސާތަކަކަށްފަހު ޓިންޑަރ އިން އަލަށް އެކުލަވާލި ސަބްސްކްރިޕްޝަން ޕްލޭން ތަކުގައި މަހަކު 24 ޑޮލަރުން ފެށޭ ޓިންޑަރ ޕްލަސް، ޓިންޑަރ ގޯލްޑް އަދި ޓިންޑަރ ޕްލެޓިނަމް ވެސް ހިމެނެއެވެ.

ޓެކު ކަލޯ

ޓެކު ކަލޯ

ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.