އަލިފާނުގެ އިންޒާރުދޭ ޑިވައިސްއެއް ދަރިވަރަކު އުފައްދައިފި

އަޙްމަދު ދާއޫދު 13 ނޮވެމްބަރު 2023

އެވްރެޖް ސްމޯކް ޑިޓެކްޓަރަށްވުރެ މާ ހަލުވިކޮށް މަސައްކަތްކުރާ، އަލިފާންގެ ހާދިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރު ދޭ ޑިވައިސްއެއް ، މިޑްލް ސްކޫލް ކުއްޖަކު އުފައްދައިފިއެވެ.

ޓެކްސަސްގެ އުމުރުން 12 އަހަރުގެ އަންހެން ދަރިވަރު 25،000 ޑޮލަރު ފައިސާގެ އިނާމު ޙާޞިލްކުރީ އޭނާގެ އެ އުފެއްދުން ގައުމީ ސައިންސް ފެއާ އެއްގައި ބައިވެރިކޮށް އެ މުބާރާތުން 1 ވަނަ ލިބިގެންނެވެ.

ގްރޭޑް ހަތެއްގައި ކިޔަވަމުން އަންނަ ޝާންޔާ ގިލް ވަނީ ތާމަލް ކެމެރާ އިމޭޖިން ބޭނުންކޮށްގެން އާދައިގެ ސްމޯކް ޑިޓެކްޓަރުތަކަށް ވުރެ އަވަހަށް އަލިފާން ދެނެގަނެވޭނެ ނިޒާމެއް އުފައްދައިފަ އެވެ. އޭނާގެ ޑިވައިސް އިން އަލިފާނުގެ ހާދިސާއެއް ހިނގާކަމުގެ އިންޒާރު ދެނީ ފޯނަށް ޓެކްސްޓް މެސެޖެއް ފޮނުވައިގެންނެވެ.

މިޑްލް ސްކޫލްގެ ވާދަވެރި 65،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާ ތާމޯ ފިޝަރ ސައިންޓިފިކް ޖޫނިއާ އިނޮވޭޓާސް ޗެލެންޖުން އެއްވަނަ ގިލް އަށް ލިބުނެވެ. އޭނާގެ ފަޔާ ޑިޓެކްޓަރުގައި ރާސްބެރީ ޕައި މިނީ ކޮމްޕިއުޓަރަކާއި ތާމަލް ކެމެރާއެއް އެއްކޮށް، ހޫނުގެ ސިގްނޭޗާތައް އިތުރުވަމުންދާ ގޮތް އެނަލައިޒް ކުރެ އެވެ.

ގިލްގެ ޑިވައިސްގައި މައިގަނޑު ދެ ކޮމްޕޯނެންޓެއް ހުރެ އެވެ. އެއީ ތާމަލް ކެމެރާ އަކާއި ކުޑަ ކޮމްޕިއުޓަރެކެވެ. -- ފޮޓޯ: ސޮސައިޓީ ފޮރ ސައިންސް

ޖަޖުން ވަނީ ގިލްގެ ޕްރޮޖެކްޓާއި މުބާރާތުގައި ޓީމް ޗެލެންޖުތަކުގައި ދެއްކި އޭނާގެ ލީޑާޝިޕާއި ކޯލަބަރޭޝަން ހުނަރަށް ތައުރީފުކޮށްފަ އެވެ. ގައުމީ ސައިންސް ފެއާ ލެވެލްއަށް ދިޔަ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައިވެސް އޭނާ ހިމެނިފައި ވެއެވެ.

ގިލް ބުނި ގޮތުގައި އަލިފާން ދެނެގަތުމުގެ އަވަސް ނިޒާމެއް އުފެއްދުމަށް ހިތްވަރު ލިބުނީ މިދިޔަ އަހަރު ޓެކްސަސްގެ ގެ ކައިރީގައި ހުރި ރެސްޓޯރެންޓެއް އަނދައިގެން ދިއުމުންނެވެ. އޭނާ މިހާރު ވިސްނަނީ އޭނާގެ 25،000 ޑޮލަރުގެ ފައިސާގެ އިނާމް ބޭނުންކޮށްގެން މި ޑިވައިސް ބާޒާރަށް ގެނައުމަށާއި އަލިފާނާ ގުޅުންހުރި ޗެރިޓީތަކަށް އެހީތެރިވުމަށެވެ.

މުބާރާތުގެ އޮފިޝަލުން ބުނީ ގިލްގެ އުފެއްދުންތެރި ވިސްނުމާއި އަޒުމާއި ކްރިޓިކަލް ވިސްނުން ވަރަށް ބޮޑަށް ފެނުނު ކަމަށެވެ. އެމީހުން އުންމީދު ކުރަނީ ޒުވާން އުފެއްދުންތެރިޔާ ކުރިއަށް އޮތް އަހަރުތަކުގައި ބޮޑެތި ކަންތައްތަކެއް ހާސިލްކުރާނެ ކަމަށެވެ.

އޭނާގެ ހީޓް ސެންސިން ފަޔާ ޑިޓެކްޓަރުގެ ސަބަބުން މިއަދުގެ ޒުވާނުންގެ މެދުގައި ފާހަގަކޮށްލެވޭ ސްޓެމް ހުނަރު ހުރިކަން ދައްކުވައިދެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.