ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާ އާއި ގޫގުލްގެ ޔޫޓިއުބަށް އަޔަލޭންޑްގައި މިހާރު ޖިނާއީ ޝަކުވާތައް ކުރިމަތިވެފައިވަނީ ޓްރެކިން ސްކްރިޕްޓްތައް މެދުވެރިކޮށް އީޔޫގެ ރައްޔިތުން ގާނޫނާ ހިލާފަށް ފާރަލަމުންދާ ކަމަށް ބުނެ އެވެ.
އަޔަލޭންޑްގެ ކޮމްޕިއުޓާ އެބިއުސް ގާނޫނުގެ ދަށުން މެޓާއިން ސާފު ރުހުމަކާ ނުލައި ޑޭޓާ އެއްކުރުމާ ދެކޮޅަށް ޕްރައިވެސީ ކޮންސަލްޓަންޓް އެލެގްޒެންޑާ ހޭންފް ވަނީ ޗެލެންޖްކޮށްފަ އެވެ. އޭނާ "ދަ ރެޖިސްޓާ" އަށް ބުނީ މީހުންގެ ވެބް ބްރައުޒާތަކުގައި އެކްސްޓެންޝަން ބްލޮކްކުރާ އިޝްތިހާރު ދެނެގަތުމަށް ސްކްރިޕްޓްތައް ބޭނުންކުރާތީ ޔޫޓިއުބާ ދެކޮޅަށް ވެސް އެފަދަ ޖިނާއީ މައްސަލައެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ޖިނާއީ ޝަކުވާގެ ބޭނުމުގައި އެ މީހުންނަށް ބަޔާނެއް ދޭން ބޭނުންވާ ކަން ޕިއާސް ސްޓްރީޓް ގާޑާއަށް އަންގާފައިވާނެ ކަމަށާއި ހަފުތާ ބަންދުގައި އިތުރު މައުލޫމާތު ފޮނުވާނެ ކަމަށް،" ހޭންފް ކިޔައިދިނެވެ. "މިއަދު މެންދުރު ފަހު އެމީހުން ވަނީ އެ ޝަކުވާ ގަބޫލުކޮށް އިތުރު މައުލޫމާތު ހޯދުމަށް ގުޅައިފަ" އެވެ.
މީގެ ދެ ހަފުތާ ކުރިން ހަންފް ވަނީ ޔޫޓިއުބްގެ ބްރައުޒާ އިންޓަގްރޭޝަން ސިސްޓަމާ ދެކޮޅަށް އައިރިޝް ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަނަށް މަދަނީ މައްސަލައެއް ހުށަހަޅައި، އިޝްތިހާރު ބްލޮކްކުރާ ސޮފްޓްވެއާ ދެނެގަނެ، އިޝްތިހާރު ކުރުމުގެ ހުއްދަ ދީގެން ނޫނީ ނުވަތަ ސަބްސްކްރިޕްޝަން ފައިސާ ދީގެން ނޫނީ ވީޑިއޯ ދެއްކުމަށް ދެކޮޅު ހަދާފަ އެވެ. ރެގިއުލޭޓަރުން މިވަގުތު އިންތިޒާރު ކުރަމުން ދަނީ އެ ކްލެއިމްގެ ސްޓޭޓަސްގެ އަޕްޑޭޓެއް ދިނުމަށް ގޫގުލްގެ ޖަވާބަކަށް ކަމަށެވެ.
ޔޫރަޕްގެ ކޯޓުތަކާއި ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން ވަކި ރުހުމަކާ ނުލައި ބިހޭވިއާލް އިޝްތިހާރު ކުރުން މަނާކޮށްފައިވާ ނިންމުންތަކަށް އިޝާރާތް ކުރައްވައި ހޭންފް ވިދާޅުވީ މެޓާ އިން ބިހޭވިއާލް އިޝްތިހާރު ޓާގެޓިންއަށް ޑޭޓާ ޕްރޮސެސް ކުރަމުން އަންނަތާ މަދުވެގެން ފަސް އަހަރު ވެފައިވާ ކަމަށެވެ. އަދި އެހެންކަމުން، ޢަމަލުތައް މޮނިޓަރކޮށް، ޑޭޓާ އެއްކުރާ ސްކްރިޕްޓްތައް ޑިޕްލޮއިކޮށް ތަންފީޒުކުރުމަކީވެސް ޣައިރު ޤާނޫނީ ކަމެއްކަމަށް އޭނާ ވިދާޅުވެއެވެ.
"މެޓާ ޕްލެޓްފޯމްސް އަޔަލޭންޑް ލިމިޓެޑުން 25 މެއި 2018 އިން ފެށިގެން ފަސް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް އަޅުގަނޑުގެ ކޮމްޕިއުޓަރުތަކަށް ގަވާއިދާ ހިލާފަށް ސަވައިލެންސް ޓެކްނޮލޮޖީ ބަހައްޓާފައި ހުރީ އަޅުގަނޑުގެ އަމަލުތައް މޮނިޓާ ކުރުމުގެ ބޭނުމުގައި، އެއީ އެކަށީގެންވާ ބަހަނާއެއް ނުވަތަ ގާނޫނީ ބާރެއް އެ މީހުންނަށް ލިބިފައި ނެތްލަ،ެއް،" ހަންފް ތުހުމަތު ކުރެއްވި އެވެ.
އަދި އެ އަހަރުތަކުގައި މެޓާ އިން އިންފޮމޭޝަން ސިސްޓަމެއްގެ ތެރޭގައި (އަޅުގަނޑުގެ ކޮމްޕިއުޓިން ޑިވައިސްތަކުގެ) ތެރޭގައި ޑޭޓާ ޓްރާންސްމިޓް ކުރުން ގާނޫނާ ހިލާފަށް ހުއްޓުވާފައި ވަނީ އަޅުގަނޑުގެ އަމަލުތައް މޮނިޓާ ކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އިންސްޓަގްރާމްގެ ތަފާތު އިޝްތިހާރުތަކާއި އެނަލިޓިކްސް އަދި ޓްރެކިން ސްކްރިޕްޓްތައް ހުންނައިރު އެ ސްކްރިޕްޓްތައް އެކި ފަހަރު މަތިން ބަދަލުވޭ، އެއް މިސާލަކީ މެޓާ ޕިކްސެލް ކަމަށާއި އެއީ މެޓާ އިން ސިފަކުރާ ގޮތުގައި "ޖާވާސްކްރިޕްޓް ކޯޑުގެ ސްނިޕެޓެއްގެ ގޮތުގައި ސިފަކުރަނީ ވެބްސައިޓުގައި ވިޒިޓާ އެކްޓިވިޓީ ޓްރެކް ކުރެވޭނެ" ކަމަށެވެ.
ހަންފް ދެކެވަޑައިގަންނަވާ ގޮތުގައި މި ހަރަކާތްތަކަކީ އަޔަލޭންޑްގެ ކޮމްޕިއުޓާ އެބިއުސް ގާނޫނުގެ ދަށުން، ހާއްސަކޮށް ޖިނާއީ އަދުލު އިންސާފު (އިންފޮމޭޝަން ސިސްޓަމްތަކާ ގުޅުން ހުރި ކުށްތައް) ގާނޫނު 2017 ގެ 2 ވަނަ މާއްދާ އާއި 5 ވަނަ މާއްދާގެ ދަށުން ކުށެކެވެ.
އެ މާއްދާގެ 2 ވަނަ މާއްދާގައި ބުނެފައި ވަނީ "ގާނޫނީ ބާރެއް ނުވަތަ އެކަށީގެންވާ ބަހަނާއެއް ނެތި، ސަލާމަތީ މިންގަނޑަކާ ހިލާފުވެގެން، މައުލޫމާތުގެ ނިޒާމަކަށް ގަސްތުގައި ވަދެއްޖެ ނަމަ، ކުށްވެރިވާނެ" ކަމަށެވެ.
އަދި 5 ވަނަ މާއްދާގައި ބުނެފައިވަނީ" ޤާނޫނީ ބާރެއް ނެތި، އިންފޮމޭޝަން ސިސްޓަމަކުން ނުވަތަ އެނިޒާމެއްގެ ތެރޭގައި (އެފަދަ ޑޭޓާ އުފުލާ އެފަދަ އިންފޮމޭޝަން ސިސްޓަމަކުން އިލެކްޓްރޯމެގްނެޓިކް އެމިޝަން ހިމެނޭގޮތަށް) ޑޭޓާގެ އެއްވެސް ޓްރާންސްމިޝަނެއް (ޕަބްލިކް ޓްރާންސްމިޝަނެއް ފިޔަވައި) ގަސްތުގައި ހުއްޓުވާ މީހާ ކުށްވެރިވާނެ" ކަމަށެވެ.
ހޭންފް ވިދާޅުވީ 25 މެއި 2018 ގައި ޖީޑީޕީއާރަށް އަމަލުކުރަން ފެށި ފަހުން ބިހޭވިއާލް އިޝްތިހާރުގެ ބޭނުމަށް މެޓާ އިން ޕާސަނަލް ޑޭޓާ ޕްރޮސެސް ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
"އިޝްތިހާރު ބްލޮކަރުތައް ދެނެގަތުމާ ގުޅޭ ގޮތުން ޔޫރަޕިއަން ކޮމިޝަނުގެ ފަރާތުން އަޅުގަނޑަށް ލިބުނު ސިޓީއިން އެނގިވަޑައިގަންނަވާނެ ފަދައިން - ޑޫ ނޮޓް ޓްރެކް (ޑީއެންޓީ) އަކީ 2009/136 (ސިޓިޒަންސް ރައިޓްސް ޑައިރެކްޝަން) ގެ ރިސިޓަލް 66 (ސިޓިޒަންސް ރައިޓްސް ޑައިރެކްޝަން) ގައިވާ ގޮތުގެ މަތިން ރުހުން ނުދިނުމުގެ ސިގްނަލް ދިނުމަށް ވެބް ބްރައުޒާގެ ތެރޭގައި ސެޓިންއެއް ނުވަތަ އެހެނިހެން އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވިފައި ވަނީ، އަޅުގަނޑުގެ ޓާމިނަލް އިކުއިޕްމަންޓަށް މެޓާ ޑިޕްލޮއިކުރުމުގެ ސްކްރިޕްޓްތައް އަޅުގަނޑަށް ލިބިފައިވޭ. އަޅުގަނޑުގެ ޑީއެންޓީ ސެޓިންއާއި އެއްވެސް ރުހުމަކާ ނުލައި އަޅުގަނޑުގެ ހަރަކާތްތައް (ބިހޭވިއާލް ޕްރޮފައިލިންގ) ވެގެންދާނީ މިދެންނެވި 2 ވަނަ މާއްދާއާ ޚިލާފުވެ، ޖިނާއީ ކުށެއްގެ ގޮތުގައި،" ހޭންފް ވިދާޅުވި އެވެ.
"މެޓާ ޕްލެޓްފޯމްސް އަޔަލޭންޑަށް މި ސްކްރިޕްޓްތައް އަޅުގަނޑުގެ ޑިވައިސްތަކަށް ބެހެއްޓުމުގެ ހުއްދަ ދީފައި ނުވާ ކަމަށާއި، އަޅުގަނޑުގެ ބްރައުޒާއިން ފޮނުވި ޑޯ ނޮޓް ޓްރެކް ސިގްނަލްގެ ސަބަބުން އެކަން ކުރުމުގެ ހުއްދަ ދީފައި ނުވާކަން އެނގެން ޖެހޭނެ."
ސެކްޝަން 5 އަށް އިޝާރާތް ކުރައްވައި ހޭންފް ތުހުމަތު ކުރެއްވި ގޮތުގައި ސްކްރިޕްޓްތައް ބެހެއްޓުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި މެޓާ އިން އެ ސްކްރިޕްޓްތައް ބަހައްޓާއިރު ޑީއެންޓީ ސިގްނަލަށް ހުރަސް އެޅުމުން އޭނާގެ ޑިވައިސް (މައުސް މޫވްމަންޓްސް، ކްލިކްސް، އަދި އެނޫންވެސް) ތެރޭގައި އަމަލުތައް ހުއްޓުވުމަކީ ވެސް ގާނޫނާ ހިލާފު ކަމެއް ކަން އެނގެ އެވެ.
ޔޫޓިއުބާ ގުޅޭ ގޮތުން ހޭންފް ވިދާޅުވީ، ސްކްރިޕްޓް ބޭނުންކޮށްގެން އިޝްތިހާރު ބްލޮކިން ސޮފްޓްވެއާ ތައް ދެނެގަތުމަށް ޔޫޓިއުބުން ކުރާ މަސައްކަތް ފިޔަވައި، މި މައްސަލައަކީ މައިގަނޑު ގޮތެއްގައި އެއް މައްސަލައެއް ކަމަށެވެ.
"ޔޫޓިއުބްގެ ސްކްރިޕްޓަކީ ސްޕައިވެއާ - ނުވަތަ ސަވައިލަންސް ޓެކްނޮލޮޖީއެއް ކަމަށް އަޅުގަނޑު ދެކެނީ، އެއީ އަޅުގަނޑުގެ ޑިވައިސްއަށް އަޅުގަނޑަށް ނޭނގި ނުވަތަ ހުއްދަ ދިނުމަކާ ނުލައި، އަޅުގަނޑުގެ ބިހޭވިއާ އިންޓަސެޕްޓްކޮށް މޮނިޓާ ކުރުމުގެ ހަމައެކަނި ބޭނުމުގައި (އިޝްތިހާރުތައް ބްރައުޒާގައި ލޯޑްވިޔަސް ނުވަތަ ނުވިޔަސް ނުވަތަ އިޝްތިހާރު ބްލޮކަރަކުން ބްލޮކް ކުރިޔަސް) ބޭނުންކުރާ ސްކްރިޕްޓެއް،" އޭނާ ކިޔައިދިނެވެ.
"އަޅުގަނޑު ޖިނާއީ ޝަކުވާގެ މަގުން ދާން ޚިޔާރުކުރީ ތާރީޚީ ގޮތުން، އީޔޫގެ ރެގިއުލޭޓަރުން އީޕްރިވެސީ ޑައިރެކްޝަން ތަންފީޒު ކުރުމުގައި ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާތީ- އަދި އަޅުގަނޑު ބުނަނީ ހަގީގަތުގައި ވެސް ވަރަށް ގޯސް، އަޅުގަނޑު ދެކޭނީ އިހުމާލުވެފައި ވެސްވޭ. އަދި އީޕްރިވެސީ ޑައިރެކްޝަންގެ ދަށުން 15 އަހަރު ވަންދެން މިކަންކަމާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑު ނިންމީ ޓެކްޓިކްސް ބަދަލުކޮށް ޖިނާއީ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް، ރެގިއުލޭޓަރުންގެ މަސައްކަތް ތައް ކޮށް، ގާނޫނު ތަންފީޒު ކުރުމަށް އިތުރު 15 އަހަރު އިންތިޒާރު ކުރަން ބޭނުން ނުވާތީ އެވެ.
އޭނާ ޝައްކު އުފައްދަވާފައި ވަނީ ޑޯ ނޮޓް ޓްރެކް އަދި ގްލޯބަލް ޕްރައިވެސީ ކޮންޓްރޯލް ފަދަ ސެޓްޓޭބަލް ބްރައުޒާ އިންޒާރުތަކަށް އެކަށީގެންވާ މިންވަރާ މެދު ސުވާލު ކުރުމުން ނެވެ. އަދި ކޮންމެހެން ބޭނުން ނުވާ ކޯޑް އިންޓަރެކްޝަނެއް ކަމަށްވާ ސްކްރިޕްޓް، އެނަލިޓިކްސް، ތާޑް ޕާޓީ ފޮންޓް ފަދަ ކަންކަމަށް ރުހުން ދިނުމަކީ އީޔޫގެ ގާނޫނުގެ ދަށުން ލާޒިމްކުރާ އުސޫލަކަށް ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަންފް ވިދާޅުވީ އޭނާގެ އުއްމީދަކީ މި ޝަކުވާތައް ހުށަހެޅުމުން ކޯޕަރޭޝަންތަކަށް ސާފު މެސެޖެއް ލިބިގެންދާނެ ކަމަށާއި، ރައްޔިތުންގެ ޑިވައިސްތަކުގައި ސަވައިލަންސް ޓެކްނޮލޮޖީ ތައް ބެހެއްޓުން ހުއްޓާލަން ޖެހޭ ކަމަށެވެ.
"މީގެ އިތުރުން، އަޅުގަނޑު މި ބޭނުންކުރާ އައިރިޝް ގާނޫނުގައި ޑިރެކްޓަރުންނާއި މެނޭޖަރުން ނުވަތަ އެހެނިހެން އޮފިސަރުން ނަކީ ވިސްނުންތެރިކަމާއެކު އެފަދަ ކުށެއް (މިސާލަކަށް ޕޮލިސީ ނުވަތަ ހުއްދައިގެ ޒަރިއްޔާއިން) ކުރަން މަގުފަހިކޮށްދޭ، އަދި އެ މީހުން މަސައްކަތް ކުރާ ގާނޫނީ މުއައްސަސާއިން ހިމާޔަތް ނުކުރާ ފަރާތްތަކެއް،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުއްމީދަކީ މިފަދަ ޒިންމާއަކުން ކޯޕަރޭޓް އޮފިސަރުންނަށް ޒިންމާވުމުގެ ބިރަށް ގާނޫނާ ހިލާފަށް އަމަލުކުރުމާ މެދު އަލުން ވިސްނަން މަޖުބޫރުވުމަކީ، ސާފުކޮށް މި ނިންމުންތައް ނިންމަނީ ކޮންމެވެސް ފަރާތަކުން ކަމަށާއި އެ ނިންމުންތަކަކީ ޖަވާބުދާރީވެވިދާނެ އަދި ޖަވާބުދާރީ ކުރުވޭނެ ނިންމުންތަކެއްކަން އެނގެން ޖެހޭނެ ކަމަށެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި