އޭއައި ބޭނުންކޮށްގެން 17،000$ ޑޮލަރުގެ ސްކޭމް އެއް

ޓެކު ކަލޯ 19 ނޮވެމްބަރު 2023

އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ގެ އެހީގައި ޓެކްސަސްގެ ފުލުހުންގެ ބަޔަކަށް ހެދިގެން ފޯނުން ސްކޭމް މެދުވެރިކޮށް މަކަރާއި ހީލަތް ހަދައިގެން 82 އަހަރުގެ ފިރިހެނަކު އެތައް ހާސް ޑޮލަރު ފޭރިގަނެއްޖެ އެވެ.

ހަމައެކަނި އޭނާގެ ފުރަތަމަ ނަމުން ދެނެގަނެވިފައިވާ ޖެރީ އޭބީސީ 13 އަށް މައުލޫމާތު ދެމުން ބުނީ ސެން އެންޓޯނިއޯ ޕޮލިސް ޑިޕާޓްމަންޓުގައި ސާޖަންޓް މެތިއުގެ ގޮތުގައި ތައާރަފްވި ނުދަންނަ މީހެއްގެ ކޯލެއް އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު އޭނާއަށް ލިބުނު ކަމަށެވެ. ފޯނު ކުރި މީހާ ޖެރީގާތު ބުނީ ޖެރީގެ ދަނބިދަރިއެއް ކަމަށްވާ މައިކަލް ޓްރޫބްލަޑް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޖަލު ބަންދުކޮށްފައިވާކަމަށެވެ. ފޯނުން ވާހަކަ ދެއްކި އެހެން މީހަކު (ޖެރީ އޭރު ހީކުރީ އޭނާގެ ދަނބިދަރިކަލުންގެ އަޑެއް ކަމަށް) ޖެރީގެ ކިބައިން އެދުނީ އޭނާ ދޫކޮށްލުމަށް ފައިސާ ދެއްކުމަށް އެހީވުމަށެވެ.

ހިޔާނާތްތެރިން ޖެރީއަށް ވިސްނައިދިނީ ޖުމްލަ 17،000 ޑޮލަރު ނަގައި، ޖެރީ އާއި އޭނާގެ އަންހެނުން ދިރިއުޅުނު އެސިސްޓެޑް ލިވިން ފެސިލިޓީން ފައިސާ ޑެލިވަރީ ކުރުމަށް ކޫރިއާއެއް ހޯދުމަށެވެ. ޖެރީ އޭނާގެ ފައިސާ ހިފައިގެން ދިޔަ ވެހިކަލްގެ ލައިސަންސް ޕްލޭޓް ނަންބަރުތައް ލިޔުނު ނަމަވެސް ޝުގާ ލޭންޑް ޕޮލިސް ޑިޕާޓްމަންޓުގެ އޮފިސަރުން ބުނަނީ އެ ލައިސެންސް ޕްލޭޓް ނަމްބަރުތައް ދިމާވާ އެއްވެސް ކުރިއަރ ހިދުމަތެއްގެ ދެނެގަނެފައިނުވާ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ބަރޯސާވީ އެ ފައިސާއަށް. ދެން މިޖެހުނީ ކޮންމެވެސް ތަނަކުން ވަޒީފާއެއް ހޯދައިގެން މިފައިސާގެ ތެރެއިން ބައެއް އަނބުރާ ހޯދުމަށް މަސައްކަތް ކުރަން،" ޖެރީ ވިދާޅުވި އެވެ.

އޭއައިގެ ތަޖުރިބާކާރުން ބުނަނީ ވޮއިސް ކްލޯނިން ޑިވައިސްތަކަށް ބަރޯސާވާ މިފަދަ ސްކޭމްތައް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރުވެފައިވާ ކަމަށެވެ. އެރިކް ރެވެލްގެ ފޮކްސް ބިޒްނަސް އާޓިކަލްގައި ވާގޮތުން ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުންތަކުގެ ސަބަބުން ކުށްވެރިންނަށް އެމީހުންގެ ޓާގެޓްތަކުގެ ރަހުމަތްތެރިންނާއި އާއިލާތައް ރަނގަޅަށް ނަކަލުކުރުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ.

އޯޑިއޯ ސާމްޕަލްތަކުގެ ތެރެއިން ތިން ސިކުންތާއި ދިހަ ސިކުންތާ ދެމެދުގެ މުއްދަތަކަށް ދިގުލައިގެން ދާއިރު، ޚިޔާނާތްތެރިންނަށް ހަގީގަތުގައި ވެސް މީހެއްގެ އަޑު ނަކަލު ކުރެވޭނެ އެވެ. އައިޑެންޓިޓީ ޕްރޮޓެކްޝަން ކުންފުނި އައިޑީއައިކިއުގެ ޗީފް މާކެޓިން އެންޑް އިނޮވޭޝަން އޮފިސަރު މައިކް ޝޫމެކް ފޮކްސް އަށް ވިދާޅުވީ މި ކުރު ކްލިޕްތައް ފޯނު ކޯލްތަކާއި ސޯޝަލް މީޑިއާ ނުވަތަ އިންޓަނެޓްގެ އެހެނިހެން ކަންކޮޅުތަކުން ނެގޭނެ ކަމަށެވެ. "ސްކޭމަރގެ އަމާޒަކީ ތިބާ ފައިޓް ނުވަތަ ފްލައިޓް [މޯޑް] އަށް ވައްދައި، ލޯބިވާ މީހާ ކޮންމެވެސް ވަރެއްގެ އުނދަގުލެއްގެ ތެރެއަށް ވެއްޓިފައިވާކަމުގެ އަވަސްކަން ހިތުގައި އުފައްދައިދިނުން،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ އެ ހާލަތްތަކާ ކުރިމަތިލާން އެންމެ ރަނގަޅު ގޮތަކީ ވަގުތުން ފޯނުބާއްވާ އެ މަސައްލައިގައި ޝާމިލްވާކަމަށް ބުނާ މީހާއަށް ގުޅައިގެން އެއީ އެމީހުންތޯ ނުވަތަ ނޫންތޯ ބެލުމެވެ.

މި ކޭސްތަކުގައި އާންމުގޮތެއްގައި ގިނަ ބަޔަކު ހަރަކާތްތެރިވާކަމަށް ޝިއުމެކް ވިދާޅުވި އެވެ. "ސޯޝަލް މީޑިއާގައި ރިސާޗްކޮށް މީހުންނާ ބެހޭ މައުލޫމާތު އެއްކުރާ މީހުން އެބަތިބި. އެމީހުންނަކީ ތިބާގެ އަޑޫ އޯޑިއޯ އަށް ލާމިހުންނެ ނޫން، އަޑު ކްލޯން ކޮށްލާނެ އެހެން މީހަކު ވެސް އެބަ ހަރަކާތްތެރިވޭ. ހަގީގަތުގައި ތިބާ އާ މުވާމަލާތު ކޮށް ސްކޭމް ޢަމަލު ހިންގާނެ އެހެން މީހަކު އެބަ ހުރޭ. އަދި ވިކްޓިމްގެ ގެއަށް މީހަކު އައިސް ފައިސާ ހިފައިގެން ދާ މީހަކު އެބައުޅޭ."

މި އޮޕަރޭޝަންތައް ފުޅާވަމުންދާއިރު، ރައީސް ޖޯ ބައިޑަން ވަނީ ދާދި ފަހުން އޭއައިގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ހަރުކަށި މިންގަނޑުތަކެއް ކަނޑައެޅުމަށް ގޮވާލައި އެގްޒެކެޓިވް އަމުރެއްގައި ސޮއިކުރައްވާފައެވެ. އަދި ސޮފްޓްވެއާ ޑިވެލޮޕަރުންނަށް ސޭފްޓީ ޓެސްޓިންގެ ނަތީޖާ އާއި އެހެނިހެން މުހިންމު މައުލޫމާތު ތައް ނެރުމަށް އިރުޝާދު ދިނުމުގެ އިތުރުން ސައިބާ ސެކިއުރިޓީ އާއި ޕްރައިވެސީ ހަރުދަނާކުރުމަށާއި އެމެރިކާގެ ރައްޔިތުން ހިމާޔަތްކުރުމާއި ޑިޖިޓަލް ކޮންޓެންޓް އޮތެންޓިކޭޓް ކުރުމަށް ސަރުކާރުގެ އިދާރާތަކުން ގައިޑްލައިނެއް ކަނޑައެޅުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"އޭއައި އޮތީ އަޅުގަނޑުމެންގެ ވަށައިގެން،" އެސޯސިއޭޓެޑް ޕްރެސްގެ ރިޕޯޓެއްގައި ބައިޑަން ވިދާޅުވި އެވެ. "އޭއައިގެ ވައުދު ހަގީގަތަކަށް ހަދައި، ނުރައްކަލުން ސަލާމަތްވުމަށް ޓަކައި މި ޓެކްނޮލޮޖީ މިފަދަ ފިޔަވަޅުތައް އަޅަން އެބަޖެހޭ."

ޓެކު ކަލޯ

ޓެކު ކަލޯ

ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.