އާ ކޫލިން ސިސްޓަމެއް - އެއާ ކޮންޑިޝަނަށް އިންގިލާބެއް!

އަޙްމަދު ދާއޫދު 22 ނޮވެމްބަރު 2023

ސައިންސްވެރިން ވަނީ އެއްވެސް ރެފްރިޖަރެންޓް ފްލުއިޑްސް ނުވަތަ ގޭހަކާ ނުލައި މަސައްކަތް ކުރާ އިންގިލާބީ ފިނިކުރުމުގެ ނިޒާމެއް އުފައްދައިފަ އެވެ.

އިމަނުއެލް ޑެފޭ އާއި ލަގްޒެމްބާގް އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ބައިވެރިން އުފެއްދި މި އާ ސިސްޓަމަކީ "އިލެކްޓްރޯކެލޮރިކް" ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ ނިޒާމެއް ކަމަށްވާއިރު، ބާޒާރުގައި މިހާރު ހުރި އުފެއްދުންތަކާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރަށް ކޮޓަރިތައް ފިނިކުރެވޭނެ ނިޒާމެކެވެ. މިނިޒާމް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރާނަމަ އިމާރާތްތަކުގެ ހަކަތައިގެ ޑިމާންޑް ވަރަށް ބޮޑުތަނުން ކުޑަކުރެވިދާނެ ކަމަށް މި ސިސްޓަމް އުފެއްދި އިންސްޓިޓިއުޓުން ބުނެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި މުޅި ދުނިޔޭގައި ބޭނުންކުރާ ކަރަންޓުގެ 20 އިންސައްތަ ހިއްސާކުރަނީ އެއަރކޮންޑިޝަން އަދި ރެފްރިޖަރޭޝަނެވެ. ނަމަވެސް ގިނަ ޔުނިޓްތައް ބަރޯސާވަނީ ހަކަތަ އިންޓެންސިވް ކޮމްޕްރެޝަން އާއި ހޫނުކަން ޓްރާންސްފަރ ކުރުމަށް ފްލުއިޑްސް ފުޅާކުރުމުގެ މައްޗަށެވެ. އަދި ބޭނުންކުރާ ކޫލެންޓްތައް ލީކުވެއްޖެނަމަ ތިމާވެއްޓަށް ވެސް ގެއްލުން ވެދާނެ އެވެ.

އޭގެ ބަދަލުގައި، އާ ކޫލިން ސިސްޓަމްގައި ހާއްސަ މެޓަލިކް ކޮމްޕައުންޑްތައް ބޭނުންކުރާއިރު، އެ ސިސްޓަމްގައި އެއްވެސް ހަރަކާތެއް ނުވަތަ ތަޣައްޔަރުވާ ގޭސްތަކެއް ނުހުރެ އެވެ. ޓެސްޓުތަކުގައި، އިލެކްޓްރޯކެލޮރިކް ސެޓަޕް 60 އިންސައްތައަށްވުރެ މަތީ އެފިޝިއެންސީއަށް ވާސިލްވެ، އެއް ކޮޓަރީގެ އެއަރކޮންޑިޝަނަރުތަކުގެ އަސަރު ގާތްގަނޑަކަށް ދެގުނައަށް އިތުރުވެގެން ދިޔައެވެ.

ބްރެކްތްރޫ ޓެކްނޮލޮޖީ އުފެއްދީ އިމަނުއެލް ޑެފޭ އާއި ލަގްޒެމްބާގް އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ބައިވެރިންނެވެ. އެމީހުންގެ މުޅިން ސޮލިޑް-ސްޓޭޓް ޑިވައިސްތަކުގައި މެޓަލްސް ލީޑް، ސްކޭންޑިއަމް އަދި ޓެންޓަލަމްގެ ތެރޭގައި ހީޓް ޕަމްޕް އަދި ޓެމްޕަރޭޗާ ޗޭންޖް ރެސްޕޮންސް ބޭނުންކުރެ އެވެ.

ކަރަންޓުގެ ޑިމާންޑް ބޮޑުވަމުން އަންނައިރު، މި އިންގިލާބީ ފިނިކުރުމުގެ ނިޒާމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަކަތަ ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމަށް އިނޮވޭޓަރުން އުންމީދު ކުރެއެވެ. އަދި ކެމިކަލް ރެފްރިޖަރެންޓްސް ނެތި، މިހާރުގެ ސިސްޓަމްތަކަށް ދިމާވާ ލީކުވުމުގެ މައްސަލަތައް ވެސް ހުއްޓުވޭނެ އެވެ.

އިލެކްޓްރޯކެލޮރިކް ކުރިއެރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސާފު، ފެހި އެއާކޮންޑިޝަންއަށް މަގުފަހިކޮށްދޭނެ ކުރިއެރުމެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.