ގޫގަލްއިން ސާރޗްކުރެވޭނެ އާގޮތްތަކެއް ތައާރަފުކޮށްފި

އަޝްނާ ރަޝީދު 30 ޖެނުއަރީ 2024

ގޫގަލް ސާރޗް މިހަރު އިތުރަށް ފަސޭހަވަމުންދެއެވެ. މިހާރު އެއްޗެއްގައި ބޮޅުއަޅާލުމުން ނުވަތަ ފިއްތަވާލެވުމުން ސާރޗް ކުރެވެއެވެ. ގޫގަލް ލެންސުންނާއި ބައެއް އެންޑްރޮއިޑް ފޯނުތަކުގައި ނެރެފައިވާ މި ފީޗަރއަކީ އަޅުގަނޑުމެން ސާރޗްކުރާގޮތް ބަދަލުކުރާނެ ޓެކްނޮލޮޖީއެކެވެ.

2024 ވަނަ އަހަރު ގޫގަލް ސަރޗްއުންވަނީ "ސާރކަލް ޓު ސަރޗް" އިއުލާނުކޮށްފައެވެ. މި ފީޗަރއަކީ، އެންޑްރޮއިޑް ފޯނުގެ ސްކްރީންތަކުގައި އެޕް ބަދަލު ނުކޮށް ބޮޅުއަޅާ، ހައިލައިޓްކޮށް، ސްކްރިބްލްކޮށް ނުވަތަ ޓެޕްކޮށްގެން ސަރޗް ކުރެވޭ ފީޗަރެކެވެ. މި ފީޗާރ ޖެނުއަރީ 31 އިން ފެށިގެން ޚިޔާރުކުރެވޭ ޕްރީމިއަމް އެންޑްރޮއިޑް ސްމާޓްފޯނުތަކުގައި ތައާރަފް ކުރާނެ އެވެ. މި ގޮތިން ޕިކްސަލް 8، ޕިކްސަލް 8 ޕްރޯ، އަދި ސެމްސަންގ އެސް 24 ފަދަ މޮޑަލުތަކުން މި ފީޗަރު ފެނިގެންދާނެއެވެ.

މި ފީޗާރގެ ސަބަބުން ޑިޖިޓަލް ކޮންޓެންޓާ އެކު މުއާމަލާތް ކުރުމަށް މާ ފަސޭހަވެގެންދެއެވެ. ރައްޓެހިންނަށް މެސެޖު ކުރިޔަސް، މީސް މީޑިއާ ބްރައުޒް ކުރިޔަސް، ނުވަތަ ވީޑިއޯއެއް ބަލަންޔަސް، މިހާރު ކުރާ ކަންތައް މެދުކެނޑާނުލައި ފެންނައެއްޗަކާއި ބެހޭ މައުލޫމާތު ހޯދުމަށް ހޯދައިލެވޭނެއެވެ. ސާރޗްކުރުމަށް ގޫގުލް ތާއާރަފުކރާ މި އައު ނިޒާމުގެ ސަބަބުން ކުރީގައި މައުލޫމާތު ހޯދަން ބޭނުންކުރާ ނިޒާމުތަކުގެ ދެންއިންނަ ލެވަލަށް ގެންދެއެވެ.

ގޫގަލައިން ނެރެފައިވާ އަނެއް އަޕްޑޭޓަކީ ގޫގަލް ލެންސަށް ގެނައި ކުރިއެރުންތަކެވެ. އެމީހުން ނެރެފައިވާ އޭއައި-ޕަވަރޑް މަލްޓިސާޗް އެކްސްޕީރިއަންސްގެ ސަބަބުން މީގެންކުރެވޭ ކަންތައް އިތުރުވެފައިވެއެވެ. މިހާރު ޔޫޒަރުން ކެމެރާއިން އެއްޗަކަށް އިޝާރާތްކޮށް، ގޫގަލް އެޕުން ސުވާލެއްކޮށްލުމުން އޭއައި މެދުވެރިކޮށް އެއާއި ބެހޭ ބޭނުންވާ މައުލޫމާތު ފޯރުކޮށްދެއެވެ. މި ފީޗަރުގެ ސަބަބުން ތަސްވީރުކުރެވޭ އެއްޗަކާ ބެހޭ ފުން ނުވަތަ އިތުރަށް ވިސްނަންޖެހޭ ކަހަލަ މައުލޫމާތު ސުވާލު ކޮށްގެން ހޯދާ، ވަށައިގެންވާ މާހައުލުގައި ހުންނަ އެއްޗިއްސާ ބެހޭ މައުލޫމާތު ހޯދުމަށް ފަސޭހަވެގެން ދެއެވެ.

މީގެއިތުރުން ގޫގަލްއިން ވަނީ އޭއައި ޕަވަރޑް އޯވަރވިއުސް ވެސް މި ފީޗަރާއެއްކޮށް ތައާރަފު ކޮށްފައެވެ. މި ފީޗަރު އާންމުކޮށް ލިބެނީ އެމެރިކާގައި އިނގިރޭސި ބަހުން ކުރާ ސާރޗް ތަކާއެއްކޮށް ކަމުގައި ވީ ނަމަވެސް، އެމެރިކާއިން ބޭރުން ސާރޗް ޖެނަރޭޓިވްް އެކްސްޕީރިއަންސް ބޭނުންކުރާ ފަރާތްތަކުންނަށް ވެސް މި ފީޗަރ ތަޖުރިބާކުރެވިދާނެއެވެ. މީގެ ސަބަބުން އެ ހޯދާ އެއްޗަކާ ބެހޭ މައުލޫމާތު ވެބުން އެއްކޮށްފައި ޔޫޒަރުންނަށް އެއްތާކުން އޭގެ ޙުލާސާއެއް ލިބިގެންދެއެވެ. މި އާ ފީޗަރުގެ ސަބަބުން ގޫގުލް ސަރޗް ފަސޭހަވެ އަދި އިންޓިއުޓިވްވެ، ޔޫޒަރ އެކްސްޕީރިއަންސް އިތުރަށް ފުރިހަމަވަމުން ދެއެވެ.

އޭއައި އަޅުގަނޑުމެން މައުލޫމާތު ހޯދާ ގޮތަށް ބަދަލުގެންދަމުންދާއިރުގައި، ގޫގަލްއިން ވަނީ އާނމު ސާރޗަށް އިތުރަށް ފުރިހަމަކަމެއް އޭއަި މެދުވެރިކޮށް ގެނެސްފައެވެ. މިއީ މީގެކުރިންވެސް ގޫގަލްއުން ނެރެފައިވާ ކުރިއެރުންތަކާއި އަޅާކިޔޭކަހަލަ ކުރިއެރުމެކެވެ. ގޫގަލްއިން އީޖާދުކުރުމާއި ޔޫޒަރުންގެ އެކްސްޕީރިއަންސް ރަނގަޅުކުރުމަށް ކުރާމަސައްކަތްތަކަށް ބަލާލުމުން ގޫގަލުން ސާރޗްގައި އެންމެ މަތީގައި ހުންނަ ސަބަބާއި މެދު އެއްވެސް ޝައްކެއްވޭތޯ؟


އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.