އެޕަލްގެ ވިޝަން ޕްރޯ ލޯންޗްކޮށްފި

އަޙްމަދު ދާއޫދު 05 ފެބްރުއަރީ 2024

ދުނިޔޭގެ އެންމެ ވަރުގަދަ ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ ފުރަތަމަ ސްޕޭޝަލް ކޮމްޕިއުޓަރު (އޮފަރިންގ ސީމްލެސް ބްލޭންޑިންގ އޮފް ޑިޖިޓަލް އެންޑް ފިޒިކަލް ވޯލްޑްސް) ތަޢާރަފްކޮށްފިއެވެ.

އެޕަލް އިން ޑިޖިޓަލް ކޮންޓެންޓް ބޭނުންކުރާ ފަރާތުގެ ވަށައިގެންވާ ސަރަހައްދުތަކާ ގުޅާލުމަށް ފަރުމާކޮށްފައިވާ "އިޓްސް ފަސްޓް ސްޕޭޝަލް ކޮމްޕިއުޓަރު" ގެ ނަމުން ނަންދީފައިވާ ވިޝަން ޕްރޯ ހެޑްސެޓު ލޯންޗްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެޕަލްގެ އެންމެ ފަހުގެ ޕްރޮޑަކްޓް ލޯންޗް ކުރުމުގެ އިވެންޓުގައި ހާމަކުރި ވިޝަން ޕްރޯ ރަމްޒުކޮށްދެނީ އައިފޯން، އައިޕެޑް އަދި އެޕަލް ވޮޗް ގެ އިތުރުން، އެ ކުންފުނީގެ ހާއްސަ ޑިޒައިނާއި އިންޖިނިއަރިންގެ ޒަރިއްޔާއިން އޮގްމެންޓެޑް އަދި ވާޗުއަލް ރިއަލިޓީ މެއިންސްޓްރީމަށް ގެނައުމަށް އެ ކުންފުނިން ދެން އަންނަ ކުރިއެރުމެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވި ގޮތުގައި ޑިޖިޓަލް ކޮންޓެންޓް ވަށައިގެންވާ ފިޒިކަލް ދުނިޔެއާ ގުޅުވާލަދޭ އާ އެޕްތަކާއި ތަޖުރިބާތައް ކުރެވޭނެ ގޮތަށް މުޅިން އާ ޕްލެޓްފޯމެއް އެ ހެޑްސެޓުން އުފައްދައިދެއެވެ.

"މިއީ އެޕަލް އަށާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންވާ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވަރަށް ހިތްގައިމު އާ ޗެޕްޓާއެއް ހުޅުވައި، ގުޅާ، ޝެއާކޮށް، އުފެއްދުމުގެ ގޮތް ބަދަލުކުރަން ރަނގަޅު ވަޞީލަތެއް." ޓިމް ކުކް ވިދާޅުވިއެވެ.

ވިޝަން ޕްރޯގެ ފަންކްޝަނަލިޓީގެ މައިގަނޑު މަގްސަދަކީ ރިއަލިޓީ ރިވޮލިއުޝަންއެވެ. އެގޮތުން އެޕަލްގެ އާ ސުއިޓް އޮފް ޓެކްނޮލޮޖީސް އިން ވިޝުއަލް އޯވަލޭ، މޯޝަން އިންޕުޓް، ސްޕޭޝަލް އޯޑިއޯ، ސްޕީޗް އިންޓަރެކްޝަން އަދި ހެޕްޓިކް ފީޑްބެކް. ވިޝަން ޕްރޯއިން ލިއްބައިދެއެވެ.

އެކުންފުނީގެ އިން-ހައުސް ސިލިކަން ފޮޓޮނިކްސް ޗިޕް ބޭނުންކޮށްގެން، މި ޑިޖިޓަލް/ފިޒިކަލް އިންޓަރެކްޝަންތައް ހެޑްސެޓްގައި ޕްރޮސެސްކުރަނީ އެހެން ޑިވައިސްތަކަށް ނުވަތަ ކްލައުޑަށް އޮފްލޯޑް ނުކޮށް ރެސްޕޮންސިވް ޕާފޯމަންސް ކޮށެވެ.

އެޕައިން ތަޢާރަފްކުރި ސްލީކް އެންޑް ލައިޓްވެއިޓް ވިޝަން ޕްރޯ ޑިޒައިންގައި 14 ކެމެރާ، ސްކޭނަރު އަދި ސެންސަރުގެ އިތުރުން އިންޗިއަކަށް 1000 ޕިކްސެލް އަށް ވުރެ ބޮޑު ޕިކްސެލް ޑެންސިޓީ ހުންނަ ޑިސްޕްލޭތައް ހިމެނެއެވެ.

ފުލް އިންޓަރެކްޓިވް ހޮލޮގްރަފިކް ކޮންޓެންޓް އެނަބަލްކޮށް، ވިޝަން ޕްރޯގެ ވިސްނުން ހުރީ އިމަރސިވް އެންޓަޓެއިންމަންޓުން ފެށިގެން ހެލްތް ތެރަޕީއާއި، ތައުލީމާއި މަސައްކަތުގެ މާހައުލުގައި ގުޅިގެން ކުރެވޭ ތަޖުރިބާތަކުގެ އާ ކެޓަގަރީތައް އުފެއްދުމަށް ތާޑް ޕާޓީ ކްރިއޭޓަރުންނަށް ހިތްވަރު ދިނުމަށެވެ.

ވިޝަން އޯއެސް އިން ވަރުގަދަ ސްޕޭޝަލް ތަޖުރިބާތަކެއް ފޯރުކޮށްދީ، މަސައްކަތާއި ގޭތެރޭ ދިރިއުޅުމާއި އާންމު ދިރިއުޅުން ގުޅުވައިދޭ އާ ފުރުސަތުތައް ހުޅުވާލަ އެވެ. އެޕަލް ވިޝަން ޕްރޯ އަކީ އެޕަލްގެ ފުރަތަމަ 3ޑީ ކެމެރާ އެވެ. 3ޑީ ޔޫޒާ އިންޓަފޭސް އާއި އިންޕުޓް ސިސްޓަމެއް މުޅިން ލޮލާއި އަތާއި އަޑުން ކޮންޓްރޯލް ކުރެވޭ މި ނެވިގޭޝަންގެ ސަބަބުން އަޖައިބު ކުރުވަނިވި އިހުސާސް ތަކެއް ކުރެވެ އެވެ.

އިޝާރާތަށް ބަރޯސާވެފައިވާ އެޕްތަކާ މުއާމަލާތް ކުރެވޭނީ ހަމައެކަނި އެޕްތަކަށް ބަލައިލުމާއި، ސެލެކްޓް ކުރުމަށް އިނގިލި ޖައްސާލުމާއި، ސްކްރޯލް ކުރުމަށް އަތްތިލަ ފިއްތާލުމާއި ނުވަތަ ޓައިޕް ކުރުމަށް ވާޗުއަލް ކީބޯޑެއް ނުވަތަ ޑިކްޓޭޝަން ބޭނުންކޮށްގެންނެވެ. ސިރީއާއެކު ޔޫޒަރުންނަށް އަވަހަށް އެޕްތައް ހުޅުވޭ ނުވަތަ ބަންދުކުރެވޭނެ، ގޮތް ހަދާފައިވާ މި މަސްނޫއީ އުފެއްދުމާ އެކު ވީޑިއޯ އަދި އެނޫންވެސް މީޑިއާތައް ބޭނުންކޮށްގެން އައު އެތަކެއް ކަމެއް ކުރެވޭނެ އެވެ.

2499 ޑޮލަރުގެ އަގެއްގައި ލިބެންހުރި ވިޝަން ޕްރޯ ރަމްޒުކޮށްދެނީ ޓެކްނޮލޮޖީއާ މީހުން ގުޅުން ބަދަހިކުރާ ގޮތް އަނެއްކާވެސް ބަދަލުކޮށްލި އެޕަލްގެ އަމާޒެވެ. ކަސްޓަމް ހާޑްވެއާ އާއި ސޮފްޓްވެއާ ގެ މިކްސްއިން މިސާލު ދައްކަނީ އެޕަލް އިން ހިއުމަން ސެންޓްރަލް އިނޮވޭޝަނަށް އޮތް ހުނަރެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.