އޭޕްރީލް 8 ގެ އިރުކޭތަ ފޮޓޯ ނަގައިދިނުމަށް ނާސާއިން އެދިއްޖެ

އަޙްމަދު ދާއޫދު 26 މާރިޗު 2024

އޭޕްރީލް 8، 2024 ގައި ހިފާ ފުރިހަމަ އިރުކޭތަ ކަވަރު ކޮށްދީ ފޮޓޯތައް ނަގައިދިނުމަށް ޢާއްމުންގެ ކިބައިން ނާސާއިން އެދިއްޖެއެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނީ މިއިރުކޭތަ ފުރިހަމަ ގޮތުގައި މުޅި އުތުރު އެމެރިކާ އަށް ފެންނާނެ ކަމަށާއި، ނާސާއިން ބޭނުންވަނީ "ސިޓިޒަން ސައިންޓިސްޓް" ވޮލަންޓިއަރުން ސްމާޓްފޯން ކެމެރާ ބޭނުންކޮށްގެން އިރުގެ ހަގީގީ ސިފަ އާއި ޑައިނަމިކްސް ދިރާސާކުރުމަށް އެމީހުންގެ އެހީތެރިވެ ދިނުމަށެވެ.

ޖައްވީ އިދާރާ ނާސާގެ ގެ އަމާޒަކީ، އެ އިދާރާއިން ކުރިއަށް ގެންދާ ސަންސްކެޗާ ޕްރޮގްރާމް މެދުވެރިކޮށް އިރުގެ އޮބްލެޓްނެސްގެ މިންގަނޑުތައް ރަނގަޅު ކުރުމަށް ޓަކައި، ވީހާވެސް ގިނަ އޭންގަލް ތަކުންނާއި، އެކިހިސާބުތަކުން އިރުކޭތައިގެ ފުޓޭޖްތައް ނަގައިދިނުމަށެވެ.

ނާސާއިން ބުނީ އިރު މުޅިން ވަށައިގެން ފެނުނު ކަމުގައި ވިޔަސް، ހަގީގަތުގައި އެއީ އޮބްލެޓް ސްފެރޮއިޑެއް ކަމަށެވެ. އޮބްލެޓްނެސްގެ ޑިގްރީ ބިނާވެފައި ވަނީ އިރުގެ ކޮމްޕްލެކްސް އިންޓީރިއާ ރޮޓޭޝަން، މެގްނެޓިކް އެކްޓިވިޓީ އަދި ކޮންވެކްޝަން ޕެޓާންސްގެ މައްޗަށެވެ.

ނާސާއިން އިތުރަށް ބުނީ ބެއިލީ ބީޑްސްގެ ރިންގް ނުވަތަ އިރުވަށައިގެން ފެންނަ އަލިދުނިފަށް ދިރާސާކޮށްގެން އިރުގެ އަލިކަން ދެނެގަތުމުގެ ފުރުޞަތު ފުރިހަމަ އިރުކޭތައެއް ހިފުމުންނޫނީ ނުލިބޭނެ ކަމަށާއި، މިއީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުޞަތެއް ކަމަށެވެ.

މި ބީޑް ފްލޭޝްތައް އޮބްޒާވް ކޮށްގެން ބެލުމަށްފަހު ތަފާތުވާ ގޮތް އެނަލައިޒްކޮށްގެން، އިރުގެ އެލިޕްޓިކަލް ޝޭޕްގެ ތަފްސީލުތައް އެސްޓްރޮނޮމިސްޓުންނަށް ހޯދޭނެ ކަމަށްވެސް ނާސާއިން ބުނެއެވެ. އެހެންނަމަވެސް، ސައްޙަ މިންގަނޑަށް ބޭނުންވާ މިންވަރަށް އޮބްޒަރވޭޝަން ޑޭޓާ ޕޮއިންޓް އެއްކުރުމަށް ޓަކައި ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި އެހެންވެ އާއްމުންގެ އެހީތެރިކަމަށް ނާސާއިން އެދެނީ ކަމަށް އެ އިދާރާއިން ބުނެއެވެ.

"ތިޔަ ބޭފުޅުންގެ އެހީތެރިކަމާ އެކު އަޅުގަނޑުމެން އުއްމީދު ކުރަނީ އޮބްޒަވޭޝަންތަކުގެ ބޮޑު ޑޭޓާބޭސްއެއް އުފައްދަން" މި ޕްރޮގްރާމާ ބެހޭ ގޮތުން ނާސާ އިން ބުންޏެވެ.

ނާސާއިން ވަނީ މިކަމަށް ޚާއްޞަ އެޕެއްވެސް އުފައްދާފައެވެ. އެ އިދާރާއިން އެދެނީ ނާސާގެ ހިލޭ ލިބޭ "ސަންސްކެޗާ އެޕް" ޑައުންލޯޑްކޮށް، ސްމާޓްފޯނުގެ ކެމެރާ އާއި ޖީޕީއެސް ކޯޑިނޭޓްސް ބޭނުންކޮށްގެން ކޭތައިގެ ފުޓޭޖް ރެކޯޑް ކޮށްދީ އެފޫޓޭޖްތައް ފޮނުވައިދިނުމަށެވެ.

ޢާއްމުންގެ ފަރާތުން ލިބޭ މި ކްރައުޑްސޯސްޑް ވީޑިއޯތަކުގެ ސަބަބުން ނާސާއަށް ސޯލާ ޑިސްކްގެ ޑައިމެންޝަންތައް ދިރާސާ ކުރުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެކަމަށާއި، އަދި އެ ޑޭޓާތަކުގެ ސަބަބުން އިރުގެ ގްރެވިޓީއާއި ޕްލެނެޓަރީ މޯޝަންތަކަށް އަސަރުކުރާ ގޮތުގެ މައްޗަށް އަލިއަޅުވާލައި ގްރެވިޓޭޝަންގެ ތިއަރީތައް ޓެސްޓު ކުރުމަށް އެހީތެރިވެދޭނެ ކަމަށްވެސް ނާސާއިން ބުނެއެވެ.

ނާސާއިން ޢާއްމުންގެ ކިބައިން މިކަމަށް އެދޭއިރު އެއިދާރާއިން ބުނީ އެކަމުގައި ބައިވެރިވުމުގެ މާނައަކީ ތިބާ އަމިއްލަ އަށް ކޭތަގެ ފޮޓޯތަކާއި ވީޑިއޯތައް ނެގުމުގެ ގާބިލުކަން ހޯދުން ކަމަށެވެ.

އޭޕްރީލް މަހުގެ 8 ވަނަ ދުވަހު މެކްސިކޯއިން ފެށިގެން އެމެރިކާގެ ހާޓްލޭންޑް ހުރަސްކޮށް އިރުކޭތަ ހިފުމުގެ މަގު ހުރަސްކުރަމުން އަންނައިރު، ނާސާއިން ދަނީ އިރުގެ ސީދާ ފޮރުވިފައިވާ ސިއްރުތައް ހާމަކުރުމަށް އެހީތެރިވުމުގެ ގޮތުން "ސިޓިޒަން ސައިންސް ފޯސްއެއް" އުފައްދަން މަސައްކަތް ކުރަމުންނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.