ދުނިޔޭގެ ފުރަތަމަ އޭއައި ވާޗުއަލް ޑިޖިޓަލް ހިއުމަން ކެބިން ކްރޫގެ އާ ފީޗާތައް ގަތަރު އެއާވޭސް އިން ދައްކާލައިފިއެވެ.
ގަތަރު އެއާވޭސް އިން އޭވިއޭޝަން އިންޑަސްޓްރީގެ އާ ޓެކްނޮލޮޖީއަކަށް މިސްރާބު ޖަހާފައިވާއިރު، މިއީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ހޮލޮގްރަފިކް ވާޗުއަލް ކެބިން ކްރޫއެއް ތައާރަފުކުރި ދުނިޔޭގެ ފުރަތަމަ އެއާލައިނެވެ.
ގަތަރުގެ ގައުމީ އެއާލައިން އިން މި ހަފުތާގައި ބޭއްވި އައިޓީބީ ބާލިން ޓްރެވަލް ޓްރޭޑް ޝޯގައި އެ ކުންފުނީގެ ޑިޖިޓަލް ހިއުމަން ކެބިން އެޓެންޑެންޓް "ސަމާ 2.0" ގެ އަންނަން އޮތް ޖީލުވަނީ ދައްކާލައިފައެވެ.
ސަމާގެ ނަމުގެ މާނައަކީ އަރަބި ބަހުން "އުޑު" އެވެ. މިއީ ރިއަލް ޓައިމްގައި ފަސިންޖަރުންނާ މުއާމަލާތްކޮށް އެފްއޭކިއުތަކަށް ނުވަތަ ފަސިންޖަރުންގެ ޢާއްމު ސުވާލުތަކަށް ޖަވާބު ދިނުމާއި ޑެސްޓިނޭޝަން ގެ މައުލޫމާތު ފޯރުކޮށްދިނުމާއި ޓްރެވަލް ޓިޕްސް ޝެއާ ކުރުން ފަދަ ކަންކަމަށް އޭއައި އެނަބަލްޑް ވާޗުއަލް އެސިސްޓެންޓެކެވެ.
ގަތަރު އެއާވޭސްގެ އާ އިމަރސިވް ޑިޖިޓަލް ޕްލެޓްފޯމް ކިއުވާސްގެ ދަށުން ރިވޮލިއުޝަނަރީ ޑިޖިޓަލް ކެބިން ކްރޫ މެމްބަރަކު ތައާރަފްކުރާއިރު، އެ އެއާލައިންގެ މޮބައިލް އެޕް މެދުވެރިކޮށް ވެސް މި ހިދުމަތް ލިބޭނެއެވެ. އަމިއްލައަށް ދަތުރުގެ މައުލޫމާތު ހޯދާ ދާން ބޭނުންވާ ތަންތަނާ ބެހޭ ގޮތުން ވެސް ކަންކަން ސާފު ކުރުމަށް ފަސިންޖަރުންނަށް ހޮލޮގްރަފިކް ސަމާއާ ވާހަކަ ދެއްކޭނެއެވެ.
ގަތަރު އެއާވޭސްގެ ވީޕީ އޮފް މާކެޓިން ބާބަރު ރަހްމާން ވިދާޅުވި ގޮތުގައި ސަމާ 2.0 ރަމްޒުކޮށްދެނީ އީޖާދުކުރުމަށް ކެނޑިނޭޅި ކުރާ މަސައްކަތެވެ.
"މިއީ ޓެކްނޮލޮޖީ އާއި އިންސާނީ ގުޅުމުގައި އިސްކޮށް އުޅުމުގެ ވަރަށް ބޮޑު ކުރިއެރުމެއް، ހަމައެކަނި އަޅުގަނޑުމެންގެ އެއާލައިނަކަށް ނޫން، މުޅި އިންޑަސްޓްރީއަށް ވެސް." ރަޙްމާން ވިދާޅުވިއެވެ.
ގަތަރު އެއާވޭސް އިން ސަމާ އުފެއްދީ އޭއައި ޑިޖިޓަލް ހިއުމަން ޓެކްނޮލޮޖީގެ ލީޑަރެއް ކަމަށްވާ ޔުނީކިއުއާ ގުޅިގެންނެވެ. ޔޫނީކިއުގެ އިނޮވޭޓިވް ޕްލެޓްފޯމްގެ ސަބަބުން އިންސާނުންގެ ވާހަކަތައް ވަރަށް ގާތުން ދައްކުވައިދޭ ހިތްގައިމު، ޕާސަނަލައިޒްޑް އިންޓަރެކްޝަންތަކަށް މަގުފަހިކޮށްދެއެވެ.
ޔުނީކިއުގެ ސީއީއޯ ޑެނީ ޓޮމްސެޓް ވިދާޅުވި ގޮތުގައި ސަމާ އަކީ ޓެކްނޮލޮޖީ އާއި އިންސާނުންގެ އަޅައިލުން ނުވަތަ ހަމްދަރުދީއާ އެއްކޮށްލުމަށް ކުރާ މަސައްކަތުގެ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ އެއްޗެކެވެ.
ފިއުޗަރިސްޓިކް ވާޗުއަލް ކެބިން ކްރޫ ތައާރަފްކުރުމަކީ، ފަސިންޖަރުންގެ ތަޖުރިބާ އިތުރުކުރުމަށް ޒަމާނީ ޓެކްނޮލޮޖީތައް ތަންފީޒުކުރުމުގެ ގަތަރު އެއާވޭސްގެ ޓްރެކް ރެކޯޑަށް ބިނާވާ ކަމެކެވެ. އެ އެއާލައިނުން ދާދި ފަހުން ވަނީ ވެބް ސަމިޓް ގަތަރުގައި ޕާސަނަލައިޒްޑް ޓްރެވަލް ޕްލޭނިންއަށް ބޭނުންވާ ޖެނެރޭޓިވް އޭއައި އެކްސްޕީރިއަންސް އެއް ވެސް ދައްކާލައިފައެވެ.
ސަމާ 2.0 އިން އައިޓީބީ ބާލިންގައި ބައިވެރިވާ ފަރާތްތަކާ މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް މުއާމަލާތް ކުރާއިރު، މިއީ ގަތަރު އެއާވޭސްގެ ފްލައިޓްތަކުގައި ސަމާ ގެ ރަސްމީ ފުރަތަމަ ތައާރަފުރަތަމަ ފެނިލުމެވެ.
ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުރޭޓިން ޖަމިއްޔާ ސްކައިޓްރެކްސް އިން ހިންގާ 2023 ވަނަ އަހަރުގެ ވޯލްޑް އެއާލައިން އެވޯޑްސްގައި ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ އެއާލައިނެއް ކަމަށްވާ ގަތަރު އެއާވޭސް އަށް 10 ވަނަ ފަހަރަށް "ވޯލްޑްސް ބެސްޓް ބިޒްނަސް ކްލާސް" ލިބިފައެވެ. 2023 ވަނަ އަހަރުގެ ޕެރިސް އެއާ ޝޯގައި ބޭއްވި ޝަރަފުވެރި އެވޯޑްތަކުގައި "ބެސްޓް އެއާލައިން އިން ދަ މިޑްލް އީސްޓް"، "ވޯލްޑްސް ބެސްޓް ބިޒްނަސް ކްލާސް ލައުންޖް" އަދި "ވޯލްޑްސް ބެސްޓް ބިޒްނަސް ކްލާސް ލައުންޖް ޑައިނިން" ވެސް ލިބިފައިވާއިރު، އެ އެއާލައިނަކީ އެކްސެލެންސް އާ އެއްގޮތް އެއާލައިނެކެވެ.
ގަތަރު އެއާވޭސް އަކީ ސްކައިޓްރެކްސް (2011، 2012، 2015، 2017، 2019، 2021 އަދި 2022) އިން ވޯޓުދިން "ވޯލްޑްސް ބެސްޓް އެއާލައިން" ގެ ޗެމްޕިއަންކަން ހަތް ފަހަރެއްގެ މަތިން ހޯދާފައިވާ އެއާލައިނެކެވެ. އިންޑަސްޓްރީ އިނޮވޭޝަން އެންޑް ޑިޖިޓަލް އެޑޮޕްޝަންގެ ލީޑަރުންގެ ހައިސިއްޔަތުން ގަތަރު އެއާވޭސް އަށް ދާދި ފަހުން ވަނީ ވޯލްޑް ޓްރެވަލް ޓެކް އެވޯޑްސްގެ "ވޯލްޑްސް ބެސްޓް އެއާލައިން ވެބްސައިޓް" ގެ އެވޯޑް ވެސް ލިބިފައެވެ.
ޤަތަރު އެއަރވޭސްއަކީ އައިއޭޓީއޭގެ އެންވަޔަރަމެންޓަލް އެސެސްމަންޓް (އައިއެންވީއޭ) ޕްރޮގްރާމްގެ އެންމެ މަތީ ދަރަޖައަށް ސެޓިފައިކުރި މެދުއިރުމަތީގެ ފުރަތަމަ އެއަރލައިންއެވެ. 2016 ވަނަ އަހަރުގެ މާޗް މަހު ބަކިންހަމް ޕެލަސް ޑެކްލަރޭޝަންގައި ސޮއިކުރި ފުރަތަމަ އެއާލައިންގެ ހައިސިއްޔަތުން ގަތަރު އެއާވޭސް ވެގެން ދިޔައީ ވައިގެ ދަތުރުފަތުރުގައި ގަވައިދާ ހިލާފަށް ވައިލްޑްލައިފް ޓްރެފިކިން ހުއްޓުވުމުގެ އިންޑަސްޓްރީ ސްޓޭންޑަޑަށް ސެޓިފައިކުރި ދުނިޔޭގެ ފުރަތަމަ އެއާލައިނަށެވެ.
ގަތަރު އެއާވޭސް އިން 2021، 2022 އަދި 2024 ވަނަ އަހަރު ސްކައިޓްރެކްސް އިން ވޯޓު ދިން ގޮތަށް އެ އެއާލައިންގެ ދޯހާ ހަބް، ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް، "ވޯލްޑްސް ބެސްޓް އެއާޕޯޓް" މެދުވެރިކޮށް ގުޅާލާ ދުނިޔޭގެ ގާތްގަނޑަކަށް 170 މަންޒިލަކަށް މިހާރު ދަތުރުކުރެއެވެ.
މީގެ އިތުރުން 2024 ވަނަ އަހަރު ހަމަދު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެހިޖެހިގެން 10 އަހަރު "ބެސްޓް އެއާޕޯޓް އިން ދަ މިޑްލް އީސްޓް" އެވޯޑްގެ އިތުރުން ޖެހިޖެހިގެން ދެ ވަނަ އަހަރަށް "ވޯލްޑްސް ބެސްޓް އެއާޕޯޓް ޝޮޕިން" ވެސް ވަނީ ލިބިފަ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.