މަހުޖަނު އީލޮން މަސްކްގެ ސްޓާލިންކް ކުންފުނީގެ ސެޓެލައިޓް އިންޓަނެޓް ފޯރުކޮށްދޭ މެދުއިރުމަތީގެ ފުރަތަމަ އެއާލައިނަށް ގަތަރު އެއާވޭސް ވެގެން ހިގައްޖެއެވެ.
ގަތަރު އެއާވޭސް އިން އިން-ފްލައިޓް ކަނެކްޓިވިޓީ އާއި އިންޓަނެޓް ގެ ހިދުމަތް ހޯދުމުގެ ފުރުސަތު އިތުރުކޮށް، ފަސިންޖަރުންނަށް ސްޓާލިންކް ސެޓެލައިޓް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފުރަތަމަ އެއާލައިނަށް ވުމުގެ އިތުރުން ގަތަރު އެއާވޭސް އަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ އެއާރލައިންގެ ހުރިހާ ފްލައިޓެއްގައި ސްޓާލިންކްގެ ފާސްޓް ސެޓެލައިޓް އިންޓަނެޓް ތައާރަފްކުރާ ދުނިޔޭގެ އެންމެ ބޮޑު އެއާލައިން އަށް ވެސް ވާނެއެވެ.
އެތައްފަހަރެގެ މަތިން ދުނިޔޭ މަޝްހޫރު އެވޯޑްތައް ހާސިލްކޮށްފައިވާ ގަތަރު އެއާލައިނާއި އީލޮން މަސްކްގެ ސްޓާލިންކް ވެންޗާއާ ދެމެދު ހަދާފައިވާ އިނޮވޭޓިވް ޕާޓްނާޝިޕްގެ ސަބަބުން ގަތަރު އެއާވޭސްގެ ދަތުރުވެރިންނަށް ހަގީގަތުގައި އިންގިލާބީ ތަޖުރިބާއެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ. ފިލްމް ސްޓްރީމްކޮށް، އޮންލައިން ގޭމް ކުޅުމާއި، އާއިލާގެ މިހުންނާއި، ރައްޓެހިންނަށް ވީޑިއޯ ކޯލްކޮށް، 35،000 ފޫޓުގެ މަތީގައި ތިބެ ފާސްޓް ލޯ-ލެޓެންސީ އިންޓަނެޓާއެކު މަސައްކަތް ކުރެވޭނެ އެވެ.
ގަތަރު އެއާވޭސް އިން ބުނި ގޮތުގައި ވައިގެ ތެރޭގައި އުޅޭއިރު ވެސް އިންޓަނެޓްގެ ސްޕީޑް 500 އެމްބީޕީއެސް އާ ހަމައަށް އަރާނެ ކަމަށް ސްޓާލިންކުންވަނީ ޔަޤީންކަން ދީފައެވެ.
އަދި އެންމެންނަށް ވެސް ލިބުނު އުފާވެރި ހައިރާންކަމެއްގެ ގޮތުގައި ގަތަރު އެއާވޭސް އިން ޑޭޓާ ކެޕެއް ނުވަތަ އިތުރު ފީއަކާ ނުލައި އެންމެ ޒަމާނީ އިން ފްލައިޓް އިންޓަނެޓް ހިލޭ ލިބޭނެއެވެ. މިއީ އެތައް އަހަރެއް ވަންދެން ވައިގެ ދަތުރުވެރިން މާޔޫސްވެފައިވާ އަގުބޮޑު އަދި މަޑުޖެހިފައިވާ އިން-ފްލައިޓް ވައިފައިއާ މުޅިން ޚިލާފަށް ފުރަތަމަ ފަހަރަށް ލިބިގެންދާ ފެންވަރު ރަގަނޅު ޚިދުމަތެކެވެ.
ސްޓާލިންކްގެ ޚިދުމަތް ލިބޭ ގަތަރު އެއާވޭސްގެ ފުރަތަމަ މަތިންދާބޯޓަކީ ބޮއިން 300-777 އީއާރް މަރުކާގެ މަތިންދާބޯޓެކެވެ. އަދި 2024 ވަނަ އަހަރު ނިމުމުގެ ކުރިން 120 އަށް ވުރެ ގިނަ މަތިންދާބޯޓު ހިމެނޭ މުޅި މެއިންލައިން ފްލީޓްގައި ޒަމާނީ ފެންވަރުގެ ސެޓެލައިޓް އިންޓަނެޓްގެ ގާބިލްކަން ހުންނާނެއެވެ.
މި ހިތްވަރުގަދަ ފިޔަވަޅަކީ ގަތަރު އެއާވޭސްގެ އެންމެ ފަހުގެ އުފެއްދުންތަކާއި އެންމެ ފަހުގެ ފަސިންޖަރުންނަށް ތަޖުރިބާ ފޯރުކޮށްދިނުމުގައި އިންޑަސްޓްރީގެ ލީޑަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ޝަރަފު ވަރުގަދަކޮށްދޭ ފިޔަވަޅެކެވެ.
ސްޓާލިންކްގެ ލޯ-އާތު އޯބިޓް ސެޓެލައިޓްތަކުގެ ކޮންސްޓަލޭޝަންގެ ސަބަބުން ޓެރެސްޓްރިއަލް ނެޓްވޯކްތަކާ އަޅާބަލާއިރު ވާދަވެރި ސްޕީޑާއެކު ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ވާޗުއަލްކޮށް ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދެވޭނެއެވެ.
މިޚިދުމަތުގެ ސަބަބުން ފަސިންޖަރުންގެ އީމެއިލްތައް ގެއްލި، ދިގު ދަތުރުތަކުގައި އުޅެންޖެހުމުގެ ސަބަބުން އޮންލައިން ކޮށް ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫއެރުމާއި ދަތުރުމަތީގައި ލިބޭ ފޫހިކަމާ މެދު އިތުރު ކަންބޮޑުވުމެއް ނެތެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.