ރޮކްޔޫ2024: 10 ބިލިއަން ޕާސްވޯޑް ހެކަރުން ލީކުކޮށްލައިފި

އައިމިނަތު މިންހާ 06 ޖުލައި 2024

މަޝްހޫރު ހެކިން ފޯރަމެއްގައި ހެކަރުންވަނީ 9,948,575,739 ޔުނިކް ޕްލެއިންޓެކްސްޓް ޕާސްވޯޑް ހިމެނޭ ފައިލެއް ލީކުކޮށްލައިފަ އެވެ. މި ލިސްޓަކީ ކުރީގެ އަދި އެންމެ ފަހުގެ ގިނަ ޑޭޓާ ބްރީޗްތަކުގައި ހޯދާފައިވާ ޕާސްވޯޑްތައް އެކުލެވިގެންވާ ލިސްޓެއް ކަމަށް ބެލެވެ އެވެ.

މި ލިސްޓަށް ރޮކްޔޫ2024 ގެ ނަމުން ނަން ދެވެނީ އެ ލިސްޓުގެ ފައިލްނަން ކަމަށްވާ rockyou.txt. އެވެ.

ޖުލައި 4 ވަނަ ދުވަހު ލީކުކޮށްލާފައިވާ ފައިލްއަކީ ކުރިން ރެކޯޑް ކުރެވިފައިވާ އެންމެ ބޮޑު ޕާސްވޯޑް ކޮމްޕައިލޭޝަން ކަމަށްވާ ރޮކްޔޫ2021 އަށް ރިފަރެންސް ކޮށްފައިވާ ފައިލް ކަމަށް ސައިބަރ ނިއުސް ރިސަރޗް ޓީމުން ހާމަކުރެއެވެ.

ރޮކްޔޫ2024 ގައި މީގެ ކުރިން ލީކުވި މައްސަލަ އާއި 2021 އާއި 2024 އާ ދެމެދު އެއްކުރި 1.5 ބިލިއަނަށް ވުރެ ގިނަ އާ ޕާސްވޯޑް އެއްކޮށްލާފައިވާކަމަށް ސައިބަރނިއުސް އިން ބުނާ ގޮތުގައިވެއެވެ.

އަދި ސައިބަރނިއުސްގެ ރިސާޗް ޓީމުން އިންޒާރު ދެނީ، އިންޒާރުދޭ ފަރާތްތަކުން ލީކުވި ހުރިހާ ޕާސްވޯޑެއް ކްރެޑެންޝަލް ސްޓަފިން އަށް ބޭނުންކުރާނެ ކަމަށާއި އެއީ ވަގަށް ނަގާފައިވާ އެކައުންޓް ކްރެޑެންޝަލްސް ބޭނުންކޮށްގެން ޔޫޒަރ އެކައުންޓްތަކަށް ވަދެވޭނެ ސައިބަރ އެޓޭކެއް ކަމަށެވެ. އަދި ހަމައެހެންމެ، ރޮކްޔޫ2024 އަކީ ޑޭޓާ ބްރީޗްސްތަކާއި، މާލީ މަކަރާއި ހީލަތާއި، އައިޑެންޓިޓީ ވަގަށް ނެގުމަށް ބާރުފޯރުވާ އެއްޗެއް ކަމަށެވެ.

މި ލީކްތަށް ފަހަތަށް ޖައްސަން ކުރެވޭނެ ކަމެއް ނެތްކަން ވަރަށް ސާފު، ނަމަވެސް ސައިބަރނިއުސް އިން ވަނީ އެކައުންޓްތައް އިންޒާރުދޭ ފަރާތްތަކުގެ ކިބައިން ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވިދާނެ މަދު ފިޔަވަޅުތަކެއް ހިއްސާކޮށްފައެވެ.

އެގޮތުން، ލީކުވެފައިވާ ޕާސްވޯޑްތަކާ ގުޅުންހުރި ހުރިހާ އެކައުންޓްތަކެއްގެ ޕާސްވޯޑްތައް ވަގުތުން ރީސެޓްކުރުމާއި، އެތައް ޕްލެޓްފޯމްތަކެއްގައި އަލުން ބޭނުން ނުކުރާ ވަރުގަދަ، ތަފާތު ޕާސްވޯޑްތައް ހޮވުމަށް ވަރަށް ބޮޑަށް ސަމާލުކަންދިނުން.

ވީހާވެސް ގިނައިން މަލްޓި ފެކްޓަރ އޮތެންޓިކޭޝަން (އެމްއެފްއޭ) އެނެބަލް ކުރުން. މިއީ ޕާސްވޯޑަކުން ބޭރުގައި އިތުރު ވެރިފިކޭޝަންތަކެއް ހޯދަން ޖެހުމުން ސެކިއުރިޓީ އިތުރުކޮށްދޭ ކަމެކެވެ.

ކޮމްޕްލެކްސް ޕާސްވޯޑްތައް ރައްކާތެރިކަމާއެކު އުފައްދައި ރައްކާކުރުމަށް ޕާސްވޯޑް މެނޭޖަރ ސޮފްޓްވެއަރ ބޭނުންކުރުން. މިކަމުގެ ސަބަބުން ޕާސްވޯޑް މެނޭޖަރުން އެކި އެކައުންޓްތަކުގައި ޕާސްވޯޑް އަލުން ބޭނުންކުރުމުގެ ނުރައްކާ ކުޑަކުރެއެވެ.

ހަމައެފަދައިން، އޮންލައިން އެކައުންޓްތައް ކޮމްޕްރޮމައިޒް ވުމުން ޕާސްވޯޑްތައް އަޕްޑޭޓް ކުރަން ޖެހޭތޯ ބެލުމަށް އަބަދުވެސް ކޮންމެ މަހަކު ވެސް HaveIBeenPwned.com ޗެކް ކުރުމަކީ ރަނގަޅު ކަމެކެވެ.

އިތުރަށް ކިޔާލުމަށް

ޕާސްވޯޑާއި މުހިންމު މައުލޫމާތު ލީކުވެފައިވޭތޯ ބަލާނީ ކިހިނެއް؟


އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.