ޕާސްވޯޑާއި މުހިންމު މައުލޫމާތު ލީކުވެފައިވޭތޯ ބަލާނީ ކިހިނެއް؟

ހަސަން ޒަޔާން 27 ޖޫން 2022

ސޯޝަލް މީޑިއާ އެކައުންޓެއް ނުވަތަ އީމެއިލް އެއް ގެންގުޅޭނަމަ 2018 ވަނަ އަހަރު ބްރިޓިޝް އެއާވޭސްގައި ހިނގި ބޮޑު ޑާޓާ ބްރީޗް ނުވަތަ ފޭސްބުކްގައި ހިނގި އެންމެ ބޮޑު ބްރީޗް ކަމުގައި ވިޔަސް ކޮންމެވެސް ހިސާބަކުން ލީކުވެފައިވާ ޑޭޓާ ތަކުގެ ތެރޭގައި އަޅުގަނޑުމެންގެ އެކައުންޓް ހިމެނޭނެއެވެ.

2021 ވަނަ އަހަރު 22 ބިލިއަނަށް ވުރެ ގިނަ ރެކޯޑް ލީކުކޮށްލާފައިވާއިރު 4،145 ބްރީޗް އާންމުކޮށް ހާމަކޮށްފައިވާ ވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.

މީހެއްގެ އޮންލައިން އެކައުންޓް ހެކްކޮށްފައިވާނަމަ ޓެކްނޮލޮޖީގެ ދުނިޔޭގައި ގިނަ ފަހަރަށް ކިޔަނީ 'pwned' އެވެ. މިފަަދައިން ތިބާ ގެ އެކައުންޓް އެއް ލީކް ވެފައިން ވާނަމަ ގެއްލުން ބޮޑުވެދާނެ ފަހަރުތައް ގިނަ ނަމަވެސް ބިރުނުގަނެ އަވަސްވެގަންނަންވީ އެކައުންޓުގެ ސެކިއުރިޓީ ކޮންޓްރޯލް ކުރާނެ ގޮތް ހޯދުަމަށެވެ.

ޑޭޓާ ލީކްވާން ދިމާވާން ޖެހޭ ގިނަ ސަބަބު ތަކަކީ ޒަމާނީ އިންޓަނެޓާ ގުޅިފައިވާ ނޭދެވޭ އެތައް ކަމެއްގެ އަސަރުތަކެވެ. އަދި ގިނަ ފަހަރަށް މިކަންކަން ތިބާ ނުވަތަ އެކައުންޓް ބޭނުންކުރާ މީހާގެ ޒިންމާދާރުކަން ކުޑަވުމާއި ގުޅުންކުޑައެވެ. ބައެއް ފަހަ ކުންފުނިތަކުން މީހުންގެ މައުލޫމާތު އެންމެ ރައްކާތެރިކޮށް ނުގެންގުޅުމުގެ ސަބަބުން ހެކަރުންނަށް މީހުންގެ ޒާތީ މައުލޫމާތު ލިބިގެން ދެއެވެ. މިއަށް މިކިޔަނީ ޑޭޓާ ބްރީޗްވުމެވެ. ކުންފުނި ތަކުގެ ސާވާ ހެކު ކުރުން ނުވަތަ މުވައްޒަފުންގެ ސުލޫކު ގޯސްވުމުގެ ސަބަބުންވެސް މިފަދަ ކަންކަން ދިމާވެއެވެ. މިގޮތަށް ދިމާވުމުން ކުންފުނިތަކުން ރިޕޯޓުކޮށް އަމަލުކުރަންޖެހޭ ގޮތްތަށް އެކި ގައުމު ތަކުން ކަނޑައަޅާފައި އެބަހުއްޓެވެ.

މި ރިޕޯޓްތަކާއި، ޕްލަސް އޮންލައިންކޮށް ލިބެން ހުރި ހެކް ކުރެވިފައިވާ ޑޭޓާގެ ތަހުލީލުތަކާއި، 'ވައިޓް ހެޓް' (ރަނގަޅު) ހެކަރުންގެ މަސައްކަތްތަކުގެ މާނައަކީ، އަމިއްލަ އެއްވެސް އެކައުންޓަކަށް ކޮމްޕްރޮމައިޒް ވެފައިވާތޯ ބެލުމަށް އެހީތެރިވެދޭނެ ވަސީލަތްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި އެންމެ މަޤްބޫލު އެއް ސައިޓަކީ haveibeenpwned.com އެވެ.


'pwned' ގެ މާނައަކީ ކޮބައި ހެއްޔެވެ؟

Pwned، މި މާނައިން، ފަސޭހައިން ދޭހަވަނީ، ތިބާގެ އެކައުންޓް ޑޭޓާ ބްރީޗެއްގެ ޝިކާރައަކަށް ވެފައިވާ ކަމެވެ.

ޚުދު މި ލަފުޒު ނަގާފައިވަނީ އޮންލައިން ކޮމްޕިއުޓަރ ގޭމިންގްގައި ޕްލޭޔަރ ޓު ޕްލޭޔަރ މެސެޖިންގ އިންނެވެ. އެއް ކުޅުންތެރިއަކު ބަލިވުމުން އަނެއް ކުޅުންތެރިއަކު 'ޔޫ' ވް ބިން އޯންޑް’ އޭ ބުނުމަށް މެސެޖެއް ޓައިޕްކޮށްފާނެ އެވެ.

މިއީ އެހާ ގިނައިން 'ޕްވްނެޑް' ގެ ގޮތުގައި އޮޅިގެން ލިޔެފައިވާ އެއްޗެއް ކަމުން، އެ ލަފުޒު އެގޮތުގައި މަގްބޫލުވެގެން ދިޔައީއެވެ.

ހެވް އައި ބީން ޕަވްނެޑް އަކީ ކޮބައި ހެއްޔެވެ؟

އީމެއިލް އެޑްރެސް، ނުވަތަ އެއާ ގުޅުންހުރި އެއްވެސް އެކައުންޓެއް ހެކް ކުރެވިފައިވާތޯ ބެލުމަށް އެންމެ ބޮޑަށް އެނގޭ ސައިޓަކީ ހެވް އައި ބީން ޕަވްނެޑް އެވެ.

މިތަނުގައި، އީމެއިލް އެޑްރެސް (ރައްކާތެރިކަމާއެކު) ލިޔެވޭނެ ކަމަށާއި، ގިނަ ޑޭޓާ ބްރީޗް ރެކޯޑްތަކާ އެއްގޮތަށް ސައިޓުން ޗެކްކުރާނެއެވެ. އެއިން އެއް ބްރީޗްގައި އެކައުންޓްގެ ތަފްސީލުތައް ހިމަނާފައި އޮތް ނަމަ، 'pwned' ކޮށްފައިވާ ކަން އެނގޭނެއެވެ.

މި ވެބްސައިޓަށް ޒިޔާރަތްކޮށް އިންޕުޓް ފީލްޑްގައި އީމެއިލް ނުވަތަ ތިބާގެ ފޯނު ނަމްބަރ ޖެހުމުން ބްރީޗް ވެފައި ތޯ ނުވަތަ 'ޕޯވްންޑް' ވެފައިތޯ ބެލޭނެއެވެ.

'ޕޯވްންޑް' މި ބަޓަނަށް ފިއްތާލުމުން ޑޭޓާ ލީކުވެފައި ކިތަށް ބްރީޗްގައި ތިބާ ޖެހި އީމެއިލް ހިމެނޭތޯ ބެލޭނެއެވެ. މި އީމެއިލް އެޑްރެސް ލީކު ވެފައިވާ ޑޭޓާ ސެޓެއްގައި ވާނަމަ ވިސްނަންވީ ކަމަކީ ކޮންމެ މީހަކަށްވެސް ތިބާގެ މައުލޫމާތު މިގޮތަށް ޗެކްކޮށް ޑޭޓާ ލީކުވެފައިވާ މަސްދަރަކުން އެ ޑޭޓާ ހޯދިދާނެކަމެވެ.

އައިޑެންޓިޓީ ވަގަށް ނެގުން ހުއްޓުވޭނެ ގޮތަށް ޒާތީ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ވުރެ މުހިންމު ކަމެއް ނެތެވެ. މި މައުލޫމާތަކީ ތިބާގެ މާލީ އިދާރާތަކާއި، މެޑިކަލް ރެކޯޑްތަކާއި، ކްރެޑިޓް ސްކޯރ އަދި އެހެނިހެން މުހިންމު ޒާތީ ރެކޯޑްތަކަށް ވަދެވޭނެ ގޭޓެވެ. ޕާސްވޯޑްއަކީ ތިބާގެކޮމްޕިއުޓަރާއި ޒާތީ މައުލޫމާތަށް ހުއްދަ ނެތި ވަދެވޭނެ ގޮތް ހެދުމުން ދިފާއުގެ ފުރަތަމަ ސަފު ލިބިގެންވާ ކެރެކްޓަރސް ތަކެކެވެ.

ނަމަވެސް ތިބާގެ އީމެއިލް، ފޯނު ނަމްބަރ ފަދަ މަޢުލޫމާތެއް ޑޭޓާ ބްރީޗެއްގައި ޕޯވްންޑް ވެފައިވޭތޯ ބަލާ މި އީމެއިލް ބޭނުންކޮށްގެން ހަދާފައިވާ އެކައުންޓުތަކުގެ ޕާސްވޯޑް ބަދަލު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މިގޮތުން މިފަދަ ބްރީޗްތަކުން ރައްކާތެރިވުމަށް އެންމެ ބޮޑަށް ރިކޮމެންޑް ކުރަނީ ޕާސްވޯޑު މެނޭޖަރ އެއްގެ ބޭނުން ކުރުމަށެވެ. 1ޕާސްވޯޑް އަކީ ޕާސްވޯޑް ބްރީޗް ވުމާއި އެހެނިހެން ސެކިއުރިޓީ މައްސަލަތައް ޓްރެކް ކޮށް އެކައުންޓްތައް ރައްކާތެރިކޮށް ބެހެއްޓޭނެ ވަސީލަތެކެވެ.

ވަން ޕާސްވޯރޑް



ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.