2025 ވަނައަހަރު ޓެސްލާގައި އެތައްހާސް ރޮބޮޓް ތިބޭނެ: މަސްކް

އަޙްމަދު ދާއޫދު 09 ޖުލައި 2024

2025 ވަނަ އަހަރު ޓެސްލާގައި "އެތައް ހާސް" ހިއުމަނޮއިޑް ރޮބޮޓްތަކެއް މަސައްކަތް ކޮށްފާނެ ކަމަށް އެލޮން މަސްކް ބުނެފިއެވެ.

ޓެސްލާގެ ސީއީއޯ އީލޮން މަސްކް ވަނީ އެ ކުންފުނީގެ އިންސާނީ ރޮބޮޓް އޮޕްޓިމަސް ފެކްޓްރީއެއްގައި މަސައްކަތް ކުރާ މަންޒަރުގެ އައު ވީޑިއޯއެއް ހިއްސާކޮށްފައެވެ.

މަސްކް ބުނެފައިވަނީ އޮޕްޓިމަސްގެ ކުރިއެރުން ވަރަށް ބޮޑު ކަމަށާއި، މިހާރުވެސް ދެ އޮޕްޓިމަސް ރޮބޮޓް ޓެސްލާގެ ފްރީމޮންޓް، ކެލިފޯނިއާގެ ފެކްޓްރީގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އޭގެ އިތުރުން، ޓެސްލާގެ ޕާލޯ އަލްޓޯ އޮފީސްތަކުގައިވެސް އެތައް އޮޕްޓިމަސް ރޮބޮޓެއް ހުރި ކަމަށް މަސްކް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ކުރީކޮޅު އޮޕްޓިމަސްގެ ހާޑްވެއަރ އަޕްޑޭޓެއް ގެނެވޭނެ ކަމަށް މަސްކް ވަނީ ބުނެފައެވެ.

މަސްކް ލަފާކުރާ ގޮތުގައި އަންނަ އަހަރު ޓެސްލާގެ ފެކްޓްރީތަކުގައި "ހާހަކަށް، ނުވަތަ އެއަށްވުރެ ގިނަ" އޮޕްޓިމަސް ރޮބޮޓް މަސައްކަތް ކުރަމުންދާނެއެވެ. މި ރޮބޮޓްގެ މަޤްޞަދަކީ ނުރައްކާތެރި، ތަކުރާރުކޮށް ކުރަންޖެހޭ، އަދި ފޫހިވާ މަސައްކަތްތައް އެ ތަކެތި ލައްވާ ކުރުވުމެވެ.

މަސްކްގެ މި ބުނުމުގައި، އިޝާރާތްކޮށްފައިވާ އޮޕްޓިމަސް ވާނީ ވަރަށް އޮޓޮނޮމަސް ރޮބޮޓަކަށެވެ. އިންސާނުންގެ އިރުޝާދުތަކަށް ތަބާވެ، ވީޑިއޯ ބަލައިގެން މަސައްކަތްތައް ދަސްކުރެވޭނެއެވެ. އަދި މުސްތަޤްބަލުގައި އިންސާނުންނަށްވުރެ ގިނައިން މި ރޮބޮޓްތައް ހުންނާނެ ކަމަށް މަސްކް ލަފާކުރެއެވެ.

އިންސާނީ ރޮބޮޓް ޓެކްނޮލޮޖީގެ ދާއިރާގައި ޓެސްލާ ވާނީ "އެންމެ ކުރީގައި" ކަމަށް މަސްކް ޤަބޫލުކުރެއެވެ. ނަމަވެސް، މަސްކްގެ ލަފާތައް ގިނަފަހަރު އޭނާ ބުނާ މުއްދަތުގައި ޙަޤީޤަތަކަށް ނުވާކަން ފާހަގަކުރެވެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.