Download Logo
Copy Logo

ކުޑައިރުކާ ޖަންކް ފުޑްގެ އަސަރު ސިކުނޑިއަށް ދާއިމަށް އަސަރުކުރޭ

އަޝްނާ ރަޝީދު 22 މޭ 2026

މިޒަމާނުގައި ކުޑަކުދިންނާއި ބޮޑެތިމީހުންވެސް ޖަންކް ފުޑަށް ލޯބިކުރެއެވެ. ގިނަފަހަރު ފަސޭހަކަމާއެކު އަވަހަށް ލިބެން ހުންނަ ޖަންކްފުޑަކީ ގިނަބަޔަކު ކަންފަސޭހަޔަކަށް އިޙްތިޔާރުކުރާ އެއްޗެކެވެ. ދުޅަހެޔޮކާނާގެ ބަދަލުގައި ގިނަ ބަޔަކު ޖަންކް ފުޑް އިޚްތިޔާރުކުރާ ބައިވަރު ސަބަބުތަކެއްވެއެވެ. މިގޮތުން ގިނަ ބަޔަކު މިފަދަ ޖްންކްފުޑްކެއުމުން އަންނަ ހިތްހަމަޖެހުމުގެ ސަބަބުން ދެވިހިފައިފައިވީއުރު، މީގެން ސިއްހަތައް ލިބޭ ނޭދެވޭ އަސަރު ގިނަބަޔަކަށް އެނގިފައިވެއެވެ. ނަމަވެސް މިޔަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ފަހަކަށް އައިސްކޮށްފައިވާ ދިރާސާތަކުން ޅަފަތުގައި ގިނައިން ޖަންކްފުޑް ކެއުމުން ދާއިމަށް ސިކުނޑިއައް އަސަރުކުރާނެއެވެ.

ޔުނިވާރސިޓީ ކޮލެޖް ކޯކްގެ އޭޕީޗީ މައިކްރޯބަޔޯ ރިސާރޗް ސެންޓަރުގެ ދިރާސާވެރިން ހާމަކޮށްފައިވާގޮތުގައި ޅަފަތުގައި ކެވިފައިވާ ސިއްހަތައް ގެއްލުންހުރި ކާނާކެއުމުން ސިކުނޑިއަށް ކުރާ އަސަރު ފާހަގަކޮށްފައިވެއެވެ. މި އަސަރުތައް ޖަންކްފުޑް ކައި ހުއްޓުމުންވެސް ދެމިގެނދާކަމަށް މި ދިރާސާ ފާހަގަކޮށްފައިވެއެވެ. މި ދިރާސާގެ ހޯދުންރުންތައް ނޭޗަރ ކޮމުނިކަންޝްންސްގައި ޝާއިރުކޮށްފައިވެއެވެ.

މި ދިރާސާގައި ޅަފަތުގައި ސަރުބީއާއި ހަކުރު ގިނަ ކާއެއްޗެހި ކައިފައިވާ ކުދި ޖަނަވާރުތައް ބޮޑުވުމުންވެސް ކައިއުޅުމުގައި މިކަމުން އަސަރުކުރެއެވެ. މި ބަދަލުތަކަކީ ބަރުދަނުން ފެންނަ ބަދަލުތަކެއް ކަމުގައި ނުވިޔަސް ކައިއުޅުމަށް އަސަރުކުރެއެވެ. މިކަމުގެ ސަބަބަކަށް ބެލެވިފައިވަނީ ސިކުނޑީގެ އަނޑުހައިކަމާއި ހަކަތައިގެ މިންގަނޑު ބަލަހަށްޓައިދޭ ހައިޕޯތަލަމަސްއަށް މިފަދަ ކާނާ ޅަފަތުގައި ކެއެމުން އަންނަ ބަދަލުތަކެކެވެ. މިކަމުގެ ސަބަބުން ފަލަބަލި ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދާނެކަމަށް ބެލެވެއެވެ.

ނަމަވެސް މިކަމަކީ ހައްލުކުރެވިދާނެ ކަމެކެވެ. މި ދިރާސާވެރިން ކުރި އެކްސްޕެރިމެންޓްތަކުން ބިފިޑޯބެކްޓީރިއަމް ލޮންގަމް އޭޕީސީ1472 ބެކްޓީރިއާ އަދި ޕްރީބައޮޓިކް ފައިބަރުތައް ބޭނުންކޮށްގެން ގުޓް މައިކްރޯބަޔޮމްއަށް އަމާޒުކޮށްގެން މިމައްސަލަތައް ހައްލުކުރެވިދާނެއެވެ. މިގޮތުން ފިޔައާއި، އިނގުރާއި، ދޮންކެޔޮ ފަދަ ކާނާގައި ހުންނަ ފްރަކްޓޯ-އޮލިގޯސެކަރައިޑްސް އަދި ގެލެކްޓޯ-އޮލިގޯސެކަރައިޑްސް ބޭނުންތެރި ކަމަށް ފާހަގަކުރެވެއެވެ.

މި ދިރާސާގެ އަލީގައި މިޒަމާނުގައި އާންމުވެފައިވާ ސިއްހަތައް ގެއްލުންދޭ ކާނާ ކެއުމުގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރުތައް ކުޑަކޮށް، މިކަމުގެ ސަބަބުން ދިމާވާ ފަލަބަލި ފަދަ ކަންކަމަށް ކެއުން މެދުވެރިކޮށް އަނގަޅުކުރެވޭނެ ގޮތްތަކަށް ފާލުކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ދުޅަހެޔޮ ސިއްހަތަކާއި ހަށިގަނޑަށް ފައިދާހުރި ކާނާކެއުމަށް މަގުފަހިކޮށްދޭ ޕްރޮޑަކްޓްތަކެއް ތައާރަފުކުރުމަށް ވެސް ފުރުސަތުލިބިގެންދެއެވެ.


އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.