ސެމްސަންގް ގެލަކްސީ ބަޑްސް ޕްރޮ ލީކްކޮށްލައިފި

މިޤްދާމް ނިޔާޒް 06 ޑިސެމްބަރު 2020

ސެމްސަންގް ގެލަކްސީ ބަޑްސް ޕްރޮ ލީކްކޮށްލައިފި އެވެ. މިކަން ކޮށްފައި ވަނީ މަޝްހޫރު ބްލޮަގަރު، އެވަން ބްލާްސް އެވެ. އެވާން ބްލާސް އަކީ މަޝްހޫރު ފޯނުތަކާއި ޑިވައިސްތައް ލީކުކުރުމަށް ވެސް ކުޅަދާނަ މީހެކެެވެ.

އެވާން ބްލާސް ބުނާ ގޮތުގައި ގެލެކްސީ ބަޑްސް ލައިވް އަށް ވުރެ، ގެލެކްސީ ބަޑްސް ޕްރޮ ކަންފަތަށް ޖަހަން ފަސޭހަ އެވެ. އަދި ކަންފަތަށް ޖަހާ ބައި އުފައްދާފައި ވަނީ މަޑު ރަބަރުން ކަމަށެވެ.

ގެލަކްސީ ބަޑްސް ޕްރޮ އަދި ގެލަކްސީ ބަޑްސް ލައިވްގެ ފޮށި ދާދި އެއްގޮތް ނަމަވެސް، ރަނގަޅަށް ބަލާލުމުން ޑިޒައިންގައި ކުޑަ ތަފާތެއް އުޅޭކަން ފާހަގަކުރެވެ އެވެ.

އެވަން ބްލާސް ދިން މައުލޫމާތު "ސެމްމޮބައިލް" ގައި ބުނެފައި ވާ އެއްޗަކާ ވެސް ދިމާވެ އެވެ. އެއީ ސެމްސަންގް ގެލެކްސީ ބަޑްސް ޕްރޮ ގައި "އެކްޓިވް ނޮއިސް ކެންސަލިންގް" ޓެކްނޮލޮޖީ ހިމަނާފައި ވުމެވެ.

ބަޑްސް ލައިވް އަށް ވުރެ ބަޑްސް ޕްރޮގެ ބެޓެރީ ވަރުގަދަ ކޮށްފައިވެ އެވެ. ބަޑްސް ލައިވްގެ ބެޓެރީގައި 472 އެމެއޭއެޗް ހުންނައިރު، ބަޑްސް ޕްރޮގެ ބެޓެރީގައި 500 އެމްއޭއެޗް ހުންނަ ކަމަށް ވެ އެވެ.

މި ޑިވައިސްތައް ނެރޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު ކުރީ ކޮޅު އެވެ. އެއީ ސެމްސަންގް ގެލަކްސީ އެސް21 އާ އެކު އެވެ. ސިދާ ތާރީޚެއް ބުނާ ނަމަ، ޖެނުއަރީ 14 ނުވަތަ ފެބްރުއަރީގައި ކަމަށް ބުނުން މައްސަލައަކަށް ނުވާނެ އެވެ.

ބަޑްސް ލައިވްގައި ހުރި އުނި ކަމެއް ގޮތުގައި ބައެއް މީހުންގެ ކަންފަތަށް ރަނގަޅަށް ފިޓްނުވުން ހިމެނެ އެވެ. ބަޑްސް ޕްރޮ ޑިޒައިންކޮށްފައި ވަނީ ގިނަ ބަޔަކަށް ކަމުދާނެ ޑިޒައިނަކަށެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.