ގޫގަލް ސަރޗް ގައި ކުރު ވީޑީއޯ ދެއްކުމަށް ތައްޔާރު ވަނީ

ހުސެއިން އާރިފް 30 ޑިސެމްބަރު 2020

މަޝްޙޫރު ވީޑިއޯ ބްލޮގިންގް ސަރވިސް ޓިކްޓޮކް އާއި އިންޓަގްރާމް ގެ ބައެއް ކުރުވީޑިއޯ ކްލިޕުތައް ގޫގަލް ސަރޗް ގައި ދެއްކުމަށް ދަނީ ތައްޔާރު ވަމުންނެވެ. އެންމެ ފަހުން އާއްމުކުރި ގޫގަލް ބީޓާ ފީޗާރ އިން ފަހަގަވާގޮތުގައި މިދެ ސޯޝަލް މީޑީއާ ސައިޓްގެ ބައެއް ވީޑިއޯ ތައް ނޭޓިވް އެޕް އަށް ނުގޮސް މިހާރު މަދު އަދަދެއްގެ މޮބައިލް ޑިވަސް ތަކުންނާއި މަދު ބަޔަކަށް ބީޓާ މަރުހަލާގައި ގޫގަލްގައި ސަރޗް ކުރުމުން ސޯޓް ވިޑިއޯ ކެރޮސެލް ނުވަތަ އެކަމަށް ހާއްސަކުރެވިފައިވާ ބައިގެތެރެއިން ފެންނާނެއެވެ.

މި ފީޗަރ އަކީ 2020 ގެ އޮކްޓޯބަރ ގައި އާއްމު ކުރި ގޫގަލް ސްޓޯރީސް އާއި ގުޅުން ހުރި ފީޗާއެއް ނޫނެވެ. ލިމިޓަޑް ޕައިލޮޓް ޕްރޮޖެކްޓް އެއްގެ ގޮތުގައި ފަށާފައިމިވާ ގޫގަލް ޝޯޓް ވިޑިއޯ ފަންކްޝަން މިވަގުތު ސަރޗް ކުރާ އެންމެނަށް އެގޮތަށް ނުފެނިދާނެ އެވެ. އަދި ކޮންމެ ސަރޗް ކުއެރީ އަކާއި އެކުވެސް ނުފެނިދާނެއެވެ. މިހާތަނަށް ޔަގީން ކުރެވިފައިވަނީ އެމެރިކާގެ ޤައުމީ ފުޓްބޯލް ލީޤް، އެން.އެފް.އެލް އާއި ގުޅުން ހުރި ބައެއް ސަރޗް ތަކުގައި ސޯޓް ވިޑިއޯ ކެރޮސެލް ފެނިގެން ގޮސްފައިވެއެވެ.

މިހާތަނަށް ރަސްމީ ސިފައެއްގައި ގޫގަލް އިން މި އައު ފީޗަރ އާއި ގުޅޭގޮތުން ބަހެއް ބުނެފައި ނުވެއެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.