މި އަހަރު އެންމެ ގިނައިން ގޫގަލް އާއި ކުރި ސުވާލުތައް

ހުސެއިން އާރިފް 30 ޑިސެމްބަރު 2020

ކަންބޮޑުވުން ގިނަ ވުމުން ކުރެވޭ ސުވާލުތައް ގިނަ ވެފައި ތަފާތު ވެއެވެ. 2020 ވަނަ އަހަރު ވެގެން ގޮސްފައި ވަނީ ހާސްކަމާއި، ބިރުވެރިކަމާއި، ކަންބޮޑުވުން އިތުރުވެ، އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ބޮޑެތި ބަދަލުތައް ގެނުވި އަހަރަކަށެވެ. ކޯވިޑް ގެ ނުރައްކަލާއި އެކު މުޅި ދުނިޔެ އެކު އެކީ ހެން ފުރަބަންދު ވުމާއި ގުޅިގެން ވޯކް ފްރޮމް ހޯމް އަދި ޑިސްޓަންސް ލާނިންގް އާއްމުވެފައި ވެއެވެ. ފުރަބަންދުގައި ގޭގައި ގިނަ ވަގުތު ތަކެއް ހޭދަކުރަން ޖެހުމުގެ ސަބަބުން އާއިލާ އާއި އެކު ވަގުތު ހޭދަކުރުން އިތުރުވުމާއި ހުސްވަގުތު ގައި ކުރާނެ ކަންކަން ދަސްކުރުމާއި ދަރިންނަށް ކިޔަވައި ދިނުމަށްވެސް އެހެން އަހަރު ތަކާއި ހިލާފަށް ވަރަށް ބޮޑު ސަމާލުކަމެއް މި އަހަރު ދީފައި ވެއެވެ. މިކަން ގޫގަލް އިން އާއްމު ކޮށްފައިވާ އިޔަރ އިން ސަރޗް އިން ކަށަވަރު ވެގެން ދެއެވެ.

2020 ވަނަ އަހަރު އެންމެ ގިނަ ބަޔަކު ސަރޗް ކުރި ކީވޯޑް ތަކަކީ މި އަހަރު އެންމެ ގިނަ ބަޔެއްގެ ކަންބޮޑުވުން ކަމުގައިވާ ގްލޯބަލް ޕެންޑަމިކް "ކޮރޯނާ ވައިރަސް"، އެމެރިކާގެ ރިޔާސީ އިންތިހާބުގެ "އިލެކްޝަން ރިސަރލްޓް"، އަދި މިއަހަރުގެ ކުރީކޮޅު ހެލިކަޕްޓަރ އެކްސިޑެންޓް އެއްގައި ނިޔާވީ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ "ކޮބީ ބްރަޔަންޓް" އެވެ. ވޯކް ފްރޮމް ހޯމް އަދި ޑިސްޓަންސް ލަރނިންގް އަށް މުޅި ދުނިޔެ ބަރޯސާވި މިންވަރު ހާމަކޮށްދެނީ މި ލިސްޓް ގެ ހަތަރު ވަނާގައި ވީޑިއޯ ކޮންފަރެންސިންގް އެޕްލިކޭޝަން "ޒޫމް" ހިމެނިގެން ގޮސްފައިވާތީ އެވެ.

އޮގަސްޓް 4 ވަނަދުވަހު ބެއިރޫތް ބަނދަރުގައި ހިނގި ބާރުގަަދަ ގޮވުން

ކޮރޯނާ ވައިރަސް އާއި އެމެރިކާގެ ރިޔާސީ އިންތިހާބުގެ އިތުރުން އެންމެ ގިނަ ބަޔަކު ގޫގުލް މެދުވެރިކޮށް ހޯދާފައި ވަނީ އީރާން އަދި ބެއިރޫތް ގެ ހަބަރުތަކެވެ. އެއީ ޖެނުއަރީ 3 ވަނަ ދުވަހު އެމެރިކާ އިން ދިން ޑްރޯން ހަމަލާއެއްގައި އީރާނުގެ އަސްކަރީ ކޮމާންޑަރެއް މަރާލުމާއި ގުޅިގެން މެދުއިރުމަތީގެ ހާލަތު ހަލަބޮލިވެގެން ހިންގައިދާނެކަމަށް ދެކިގެނެވެ. އަދި އޮގަސްޓް 4 ވަނަ ދުވަހު ލެބަނާނުގެ ބެއިރޫތް ބަނދަރުގައި ހިނގި ބާރުގަދަ ގޮވުމާއި ގުޅޭ ހަބަރުތައް ދެނެގަތުމަށެވެ.

އެންމެ ގިނަ މީހުން މިއަހަރު ސަރޗް ކުރި ނަން މަޝްހޫރު ފަރާތްތައް

ގޭގައި ތިބެގެން މީރު ކާތަތި ހެދުމާއި، ބާޒާރުން އުދަގުލުން ލިބެން ހުންނަ ތަކެތެތި ގޭގައި ހެދުން ފަދަ ކަންކަން ކުރުމަށް ގިނަ ބަޔަކު ތަފާތު ކާނާގެ ބާވަތްތައް ހަދާނެ ގޮތުގެ ރެސިޕީ ހޯދުމަށް ސަރޗް ކުރެއެވެ. މި އަހަރަކީ ރާއްޖޭގައި ވެސް ގިނަ އަދަދެއްގެ ހޯމް ކުކްސް އުފެދިގެން އައި އަހަރެއް ކަމުން ހަމަ ޔަގީނުންވެސް މިސާރޗް ތަކަށް ދިވެހިންގެ ކޮންޓްރިބިއުޝަން ވެސް ކުޑައެއް ނުވާނެއެވެ.

ގޫގަލް ސާރޗް ގައި އެންމެ މަޤްބޫލު ރެސިޕީތައް

1. ޑަލްގޮނާ ކޮފީ

2. އެކްމެކް

3. ސޯރޑޯރ ބްރެޑް

4. ޕިއްޒާ

ރާއްޖޭގައި ވެސް ޑަލްގޯނާ ކޮފީ ވައިރެލް ޓްރެންޑް އަކަށް ވެފައިވޭ

އެންމެ ގިނަ މީހުން ސާރޗް ކުރި ފިލްމް ސާޓާރުންގެ ލިސްޓް އިން ބޮލީވުޑް ގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަން ހިމެނިގެން ގޮސްފައިވެއެވެ. ބެލެވޭގޮތުގައި މިލިސްޓް ގެ ކުރިން އަމީތާބް އަށް ޖާގަ ލިބިފައިވަނީ 77 އަހަރުގެ މި ފިލްމީ ތަރިއަށް ކޮވިޑް-19 ބަލީ ޖެހި ކުއަރަންޓައިން ކުރުމާއި ގުޅިގެންނެވެ.

ފިލްމީ ތަރިންގެ ވާހަކަ ދައްކާ އިރު އެންމެ ގިނަ މީހުން ސާރޗް ކުރި ފިލްމް ތައްވެސް ލިސްޓް ކޮށްލާނަމެވެ. މި ލިސްޓް އިންޖާގަ ލިބިފައިވާ ފިލްމް ތަކަށް ބަލާލާއިރު ކޯވިޑް-19 ފަދައިން ހަލުވި ކަމާއި އެކު ފެތުރޭ އިންފެކްޝަސް ބަލިތަކާއި ގުޅޭ ފިލްމް ހުރިކަން ފާހަގަ ކުރެވެއެވެ.

1. ޕެރެސައިޓް

2. 1917

3. ބްލެކް ޕެންތަރ

4. 365 ޑީ.އެން.އައި

5. ކޮންޓޭޖިއޮން


ގޫގަލް ޓްރެންޑް އިން ކޮންމެ އަހަރަކު ހެން އާއްމު ކުރާ "އިޔަރ އިން ސަރޗް" ގައި ފާހަގަ ވާ އެއްކަމަކީ މި ލިސްޓް ގައި މި ހިމެނެނީ މުޅިންވެސް ވިސްނާ ފިކުރު ކުރާ، އަދި ބަލާ ހޯދާ ދިރާސާ ކުރާ ފަރާތްތަކުން ކުރާ ސުވާލު ތަކެވެ. އިނގިރޭސި ބަހުން ނުވަތަ އެހެން ބަހަކުން އެސުވާލު ކުރި ނަމަވެސް ސަރޗް ކުއެރީ އެންމެ ގިނައިން ފަށާ ސުވާލަކީ "ވައި" ނުވަތަ ދިވެހިން ނަމަ ކީއްވެ؟

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.