މޮޅުކޮށް ކްރިއޮގްރާފް ކޮށްފައި ހުންނަ ނެށުންތައް ނަށާލުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަކަމެއް ނޫނެވެ. އެންމެނަކީ އެހާ ފްލެކްސިބަލް އަދި ބީޓް އަސް ސިންކް ވެގެން ނަށާލަން އިންގޭ ބައެއް ނޫނެވެ.
ރޮަބޮޓް އުފެއްދުމަށް ދުނިޔޭގައި ނަންމަޝްހޫރު ކުންފުޏެއް ކަމުގައިވާ ބޮސްޓަން ޑައިނެމިކްސް އިން އާއަހަރުގެ ތަޙްނިޔާ ކިއުމަށްޓަކައި އެކުންފުނީގެ ގިނަ ރޮބޮޓްތައް އެކުވެގެން މިވަނީ ވަރަށް ހިއްގައިމު ނެށުމުގެ ހަރަކާތްތަކެއް ދައްކުވާލާފައެވެ.
ސީޖީއައި ނުވަތަ ވިޝުއަލް އިފެކްޓްސް ބޭނުން ކޮށްފައި ހުރިކަމަށް ބައެއް މީހުނަށް ހީވި ނަމަވެސް ބޮސްޓަން ޑައިނަމިކްސް ގެ މި ވީޑީއޯ ފެނުމުން ރޮބޮޓިކްސް ދާއިރާ އިން ހޯދައިފައިވާ ކުރިއެރުން ހައިރާންވާހާ މިންވަރަށް ސާފުކޮށް ފެނިގެން ދެއެވެ.
މިހާތަނަށް ފެނިގެން ގޮސްފައިވަނީ މިފަދަ ރޮބަޓްތައް ވަރަށް އާދައިގެ މަސައްކަތް ކުރާ މަންޒަރު ތަކާއި، ބައެއް ހާލަތް ތަކުގައި އިންސާނުންނަށް ނުކުރެވޭ ފަދަ ބައެއް މަސައްކަތް ކުރާ މަންޒަރެވެ. މި ރޮބޮޓް ތައް ހަމަ އިންތިހާ އަށް މޮޅަށް އަދި އެހާމެ އޮމާން ކޮށް ނަށާ މަންޒަރު ވަރަށް ހިތްގައިމުވެފައި އަންތަރީސްވާ ވަރުވެއެވެ.
މިދިޔަ އަހަރުވެސް ބޮސްޓަން ޑައިނަމިކްސް ގެ އެޓްލަސް ރޮބަޓްގެ ޕަރކްއަރ ހުނަރުތައް ދައްކާލާފައިވެއެވެ. މިވީޑިއޯގައި އެޓްލަސް ބުރުއަޅާ މަންޒަރުތަކާއި އުންދަގޫ ހުރަސްތައް ގިރާކުރާ މަންޒަރުތައްވެސް ފެނިގެން ގޮސްފައިވެއެވެ. އެހެން ނަމަވެސް މިއަހަރުގެ މިވީޑިއޯ އާއި އަޅާ ބަލާއިރު އެތައް ހާސްތަނެއް ކުރިއަރާފައިވާކަން ފެނިފައިވެއެވެ.
އިތުރަށް ކިޔާލުމަށް : ރޮބޮޓް ކުއްތާ ކޮބާ؟
ބޮސްޓަން ޑައިނަމިކްސްގެ ރޮބޮޓް ތައް ހާއްސަވެފައި ވަނީ އިންސާނުންނަށް ވުރެއް ރައްކާތެރިކޮށް ބައެއް ހާއްސަ މަސައްކަތް ކުރުމަށް ގުދަން ތަކާއި، ފުލުހުންނާއި، އަސާސީ ހިދުމަތް ފޯރުކޮށްދޭ ތަންތަން އަދި ލެބޯރަޓަރީ ތަކުގައި ބޭނުން ކުރާ ރޮބޮޓް ތަކުގެ ގޮތުގައެވެ. އެހެން ނަމަވެސް މިހާރު އެކުންފުނީގެ ރޮބޮޓް ކުއްތާ ކޮމާޝަލީ ވިއްކަން ފަށާފައިފި އެވެ. އެހެން ކަމުން ކުރިމަގުގައި ކޮމާޝަލް އެކި ޓާސްކުތައް ފުރިހަމަ ކުރާ މަންޒަރު އިތުރަށް ފެނިގެން ދިއުން ގާތެެވެ.
މިހާރު މި ރޮބަޓް ތައް މިވަނީ ޓިކް-ޓޮކް ޗެނަލް ހަދައިގެން ޑާންސް ވީޑިއޯ އާއްމުކޮށްގެން އިންފްލުއެންސަރުންގެ ރޯލް އަދާ ކުރުމަށްވެސް ފައްކާވެފައެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.