ވިޒުއަލް ސްޓޫޑިއޯ ކޯޑް އަށް ސީ ޕްލަސް ޕްލަސް ސަޕޯޓް

އަޙްމަދު ނިޔާޒް 15 ސެޕްޓެމްބަރު 2020

މައިކްރޮސޮފްޓް ވިޒުއަލް ސްޓޫޑިއޯ ކޯޑް އަށް ސީ ޕްލަސް ޕްލަސް އެކްސްޓެންޝަނެއް އުފައްދައި އާންމު ޓެސްޓަށް ދޫކޮށްލައިފި އެވެ. ވިޒުއަލް ސްޓޫޑިއޯ ކޯޑް އަށް ލިބެމުން އަންނަ ތަރުހީބުގެ ސަބަބުން، މައިކްރޮސޮފްޓުން ބަލަނީ މިއީ ވަކި ކޮމިއުނިޓީއެއް ގޮތުގަ އެވެ.

ވިޒުއަލް ސްޓޫޑިއޯ ކޯޑާ މެދު މީހުން ކުރިން ހީކުރި ގޮތާ ޚިލާފަށް، މައިކްރޮސޮފްޓުން މި އެޕްލިކޭޝަން ތަރައްގީކުރަމުން އަންނަނީ "ކޯޑިން އެންމެންނަށޭ" ބުނެވޭ ބުނުން ދޭހަވާ ގޮތަށް ކޯޑިންގެ ހުރިހާ ބޭނުމަކަށެވެ.

"ސީ ޕްލަސް ޕްލަސް ފޮ ވިޒުއަލް ސްޓޫޑިއޯ ކޯޑް" ބީޓާ މަރުހަލާއި ބޭރުކޮށް އާންމުނާ ހަވާލުކުރި ނަމަވެސް، ވާނުވާ ބެލުން -- މި އެކްސްޓެންޝަން ބޭނުންުރާ މީހުން ދެކޭ ގޮތް -- މައިކްރޮސޮފްޓަށް މުހިންމު ކަމަކަށް ވާނެ އެވެ.

ވީއެސް ކޯޑް އަކީ ކޮން އެއްޗެއްކަން ނޭނގޭ މީހުންނަށް ވެސް މިއީ ވަދެގަންނަ ފަސޭހަ އެޕްލިކޭޝަނެކެވެ. ވީއެސް ކޯޑަށް ޑިވެލޮޕަރުން ދެވިހިފާ އެންމެ ބޮޑު ފަސޭހަ އަކީ، ބޭނުން ބަދަލެއް ގެނައުމަށް އިމެއް ނެތުމެވެ. ވިންޑޯޒް، މެކްއޯއެސް އަދި ލިނަކްސްގައި ވެސް ވީއެސް ކޯޑް ބޭނުންކުރެވެ އެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.