ކްރޯމް އަށް ވުރެ އެޖް ރަނގަޅު ކަމަށް ބުނަން ފަށައިފި

އަޙްމަދު ނިޔާޒް 22 ސެޕްޓެމްބަރު 2020
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގުލް ކްރޯމް ދޫކޮށްނުލެވިފައި ތިބި ކިތަންމެ ބަޔަކަށް މައިކްރޮސޮފްޓް އެޖް ކަމުގޮސްފި އެވެ. ކްރޯމް ބޭނުންނުކުރާ ހަނދާނެއް ނުވާ ކަމަށް ބުނަމުން ބައެއް މީހުން ބުނެފައި ވަނީ މިއީ ކްރޯމް ދޫކޮށްލަން ހިތަށް އެރި ފުރަތަމަ ފަހަރު ކަމަށެވެ.

މައިކްރޮފްޓް އެޖް ބްރައުޒާ އަކީ އިންޓަނެޓް ބްރައުޒާ މާކެޓްގައި ވާދަވެރި މަގާމެއްގައި ދެމިއޮތުމަށް ކުރި ބުރަ މަސައްކަތެކެވެ. "އިންޓަނެޓް އެކްސްޕްލޯރާ"އާ ހެދި މައިކްރޮސޮފްޓަށް ރައްދުވެފައި ހުރި މަލާމާތުން އަރައިގަތުމަށް، އެޖް ބޭނުންކުރާ މީހުންގެ ހެޔޮ ބަސްތަކަށް މައިކްރޮސޮފްޓް ވަނީ ބޭނުންޖެހިފަ އެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.