ހޮސްޕިޓަލްތަކުގައި ބަލި މީހުން ޗެކުކުރަން "އާޓިފިޝަލް އިންޓެލިޖެންސް" ބޭނުންކުރަނީ އެވެ. މިކަމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ، ބަލި މީހުންނަށް ފަސޭހަވުމާއި، ނަރުހުންނަށް ވަގުތު ސަލާމަތްކުރެވުމެވެ.
ހޮސްޕިޓަލްގައި ބަލިމީހެއް ގާތުގައި ހޭލާ އިންނަން ޖެހިއްޖެ ކޮންމެ މީހަކަށް މިއީ ކުރެވޭނެ ތަޖުރިބާއެކެވެ؛ ބަލި މީހާ ގާތަށް ނަރުހުން އައުމަކީ، ބަލި މީހާ އަށް ކޮންމެހެން އެނގެން ޖެހޭ ކަމެއް ނޫން ކަމެވެ. ކޮޓަރި ސާފުކުރާ މީހާގެ ސަބަބުން ވެސް ލައްކަ އުނދަގޫވާ ކަމެވެ.
ނަރުހުންގެ ދައުރަކީ ބަލި މީހާގެ ހާލަތު ދެނެގަތުމާއި، މުހިންމު ނިޝާންތައް ޗެކްކުރުމެވެ. މިއީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަ ބަލި މީހަކަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތެކެވެ. ބޭސްވެރިކަމުގެ ދިގު ތާރީޚުގައި – ބަލި މީހާ އަށް ގޯނާނުކޮށް ހާލަތު ދެނެގަތުމަކީ – އަދި މުޅިން ހައްލުވެފައި ނެތް ޚިދުމަތެކެވެ.
ހޮސްޕިޓަލެއްގެ އޮބްޒަވޭޝަން ރޫމްގައި މީހެއްގެ ބްލަޑް ޕްރެޝާ ޗެކްކުރަނީ
ބޭސްވެރިކަމަށް "އާޓިފިޝަލް އިންޓެލިޖެންސް" އާއި "ބަޔޯއިލެކްޓްރޯނިކް މެޑިސިން" ތައާރުފުކޮށް ބަލި މީހުންނަށް ފަސޭހަކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް ދެމެހެއްޓެނިވި ކުރިއެރުމެއް ލިބެމުން އެބަ ދެ އެވެ.
"ނޭޗާ ޕާޓްނާ ޖާނަލްސް – ޑިޖިޓަލް މެޑިސިން" ގައި، މި މައުލޫ އަށް ތަފުސީލު ރިޕޯޓެއް ޝާއިއުކޮށްފައި ވެ އެވެ. މައިގަނޑު ވާހަކަ އަކީ ބަލި މީހުންނަށް ފަސޭހަކޮށްދިނުމެވެ. އަރާމު ނިދި ލިއްބައި ދިނުމާއި ފިކުރުތަކުން ދުރުކޮށްދިނުމެވެ. ބަލި މީހާ ނިދާފައި އޮންނައިރު، އެނގުމެއް ނުވާ ގޮތަށް ފަރުވާ ދިނުމެވެ. މުހިންމު ނިޝާންތައް – ނޭވާލާ މިންވަރު، ބްލަޑް ޕްރެޝާ އަދި ވިންދު – ބަލި މީހާ ހޭލައްވާ ނުލައި، ދެނެގަތުމެވެ.
މި ޓެކްނޮލޮޖީ ދިރާސާކޮށް އަޖުމަބެލުމަށް ހޮސްޕިޓަލްތަކުގައި މިހާރު ބޭނުންކުރެވެމުން ދާ ކަމަށް ރިޕޯޓްގައި ބުނެފައި ވެ އެވެ. އާންމު ހޮސްޕިޓަލްތަކަށް ދޫކުރުމުގެ ކުރިން، މި ނިޒާމާ މެދު ހޭލުންތެރިވާން ޖެހެނީ ކިހާ މިންވަރަކަށްތޯ ބަލަމުން އަންނަ ކަމަށް ވެސް ބުނެފައި ވެ އެވެ.