ކެޕްލަރއަކީ ދިވެހިރާއްޖޭގައި މިވަގުތު އެންމެ ގިނަބަޔަކު ބޭނުންކުރާ އެޗްއާރް މެނޭޖްމަންޓް ސޮފްޓްވެއަރއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މި ސޮފްޓްވެއަރ ވަނީ 100% ދިވެހި ކުންފުންޏެއް ކަމުގައިވާ ޓެރެބައިޓް ޕްރައިވެޓް ލިމިޓެޑް އިން ތަރައްޤީކޮށްފައި މޮޅު އުފެއްދުމެކެވެ. ޓެރެބައިޓްއަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އެންޓަރޕްރައިޒް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި ކުރިއަރާފައިވާ ޓެކްނޮލޮޖީ ކުންފުންޏެކެވެ.
ކެޕްލަރ އެޕްލިކޭޝަން
ކެޕްލަރއަކީ އެޗްއާރްގެ ހުރިހާ މަސައްކަތްތަކެއް އެއް ޕްލެޓްފޯމެއްގައި ބެލެހެއްޓޭގޮތަށް ފަރުމާކުރެވިފައިވާ ސޮފްޓްވެއަރއެކެވެ. މި ސޮފްޓްވެއަރގެ މައިގަނޑު ބައިތަކުގެ ތެރޭގައި:
މުސާރަ ބެލެހެއްޓުން - މުސާރަ ހިސާބުކުރުމާއި، އެލަވަންސްތަކާއި، ކެނޑުންތައް އޮޓޮމެޓިކުން ހިސާބުކުރެވޭނެއެވެ.
ހާޒިރީ ބެލެހެއްޓުން - މުވައްޒަފުންގެ ހާޒިރީ ބަޔޯމެޓްރިކް ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް ފަސޭހައިން ބެލެހެއްޓޭނެއެވެ.
ޗުއްޓީ ބެލެހެއްޓުން - އަހަރީ ޗުއްޓީ، ސަލާމް، އަދި އެހެނިހެން ޗުއްޓީތައް ފަސޭހައިން ބެލެހެއްޓޭނެއެވެ.
އޯވަރޓައިމް މެނޭޖްކުރުން - އޯވަރޓައިމް ހުއްދަދިނުމާއި، ހިސާބުކުރުން އޮޓޮމެޓިކުން ކުރެވޭނެއެވެ.
މުވައްޒަފުންގެ މަޢުލޫމާތު ބެލެހެއްޓުން - މުވައްޒަފުންގެ އަމިއްލަ މަޢުލޫމާތު، ވަޒީފާގެ ތާރީޚު، އަދި އެހެނިހެން މުހިންމު ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެއެވެ.
ކެޕްލަރ މޮބައިލް އެޕް - ސްމާޓަރ އެޗްއާރު އޮން ދަ ގޯ
ކެޕްލަރގެ މުޅިން އައު މޮބައިލް އެޕް ވަނީ މިހާރު ފަރުމާކުރެވިފައެވެ. މި އެޕް ފަރުމާކޮށްފައިވަނީ، ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު އެޕްގެ ފީޗަރތައް ބޭނުންކުރެވޭ، އެޗްއާރ ސިސްޓަމެއްގައި ހިމެނެންޖެހޭ އެންމެ ޒަމާނީ ފަސޭހަތަކާއެކުއެވެ.
މި އެޕް އެންޑްރޮއިޑް އަދި އައިއޯއެސް ޕްލެޓްފޯމްތަކުގައި ލިބެން ހުރުމުން، މުވައްޒަފުންނަށް ކޮންމެ ތަނެއްގައި ތިބެގެންވެސް އެމީހުންގެ ހާޒިރީ، ޗުއްޓީ، އަދި މުސާރައިގެ މަޢުލޫމާތު ބެލޭނެއެވެ. އަދި މެނޭޖަރުންނަށް މުވައްޒަފުންގެ ޗުއްޓީ އަދި އޯވަރޓައިމް ހުއްދަދިނުމުގެ މަސައްކަތް ފަސޭހައިން ކުރެވޭނެއެވެ.
ކްލޫޓޯ އޭއައި - އާޓިފިޝަލް އިންޓެލިޖެންސް އެނޭބްލްޑް އެޗްއާރު އެސިސްޓެންޓް
ކެޕްލަރގެ މުޅިން އައު އާޓިފިޝަލް އިންޓެލިޖެންސް އެނޭބްލްޑް އެޗްއާރު އެސިސްޓެންޓް "ކްލޫޓޯ" ވަނީ ތަޢާރަފްކުރެވިފައެވެ. ކްލޫޓޯ އޭއައި ފަރުމާކުރެވިފައިވަނީ ކެޕްލަރ ސިސްޓަމާ ގުޅޭ ދާއިރާއިން އުފެދޭ ސުވާލުތަކާއި ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް އަދި އެހެނިހެން އިތުބާރުހުރި، ރިއަލް ޓައިމް ސަޕޯޓް ދިނުމަށެވެ.
ކެޕްލަރ ވެބް ޕްލެޓްފޯމް
ކުރިއަށްވުރެ ފުރިހަމަކުރެވިފައިވާ ކެޕްލަރ ވެބް ޕްލެޓްފޯމްގައި އިންޓަގްރޭޓްކޮށްފައިވާ އެންމެ ފަހުގެ އޭއައި ޕަވާރޑް އިނޮވޭޝަންތަކާއި ޕާފޯމަންސް އެންހޭންސްމަންޓްތައް ވެސް ވަނީ ތަޢާރަފްކުރެވިފައެވެ. އެކި ސިނާއަތްތަކުގައި އެޗްއާރު އޮޕަރޭޝަންތައް ފަސޭހަކޮށް، އާއީޖާދުތަކާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތައް ސޮފްޓްވެއަރ އަށް ގެނެސްދޭނެކަމުގެ ޔަގީންކަން ކެޕްލަރ ޓީމުން ދެއެވެ.
ކެޕްލަރގެ ކަސްޓަމަރުން އަދި ތަފާސްހިސާބު
ކެޕްލަރ ސޮފްޓްވެއަރ މިހާރު 178 އަށްވުރެ ގިނަ ކުންފުނިތަކާއި މުއައްސަސާތަކުން ބޭނުންކުރެއެވެ. މީގެ ތެރޭގައި ސަރުކާރުގެ މިނިސްޓްރީތައް، ސިޓީ/އަތޮޅު/ރަށު ކައުންސިލްތައް، އަމިއްލަ ކުންފުނިތައް، ޔުނިވަރސިޓީތައް، ސްކޫލްތައް، ހޮސްޕިޓަލްތައް، އެންޖީއޯތައް، އަދި ޓޫރިޒަމް ދާއިރާގެ ރިސޯޓްތަކާއި ހޮޓާތައް ހިމެނެއެވެ.
މިހާރުވެސް ކެޕްލަރ(keplar.online) އިން 35,000 އަށް ވުރެ ގިނަ އެކްޓިވް މުވައްޒަފުން މެނޭޖްކޮށް، މަހަކު 250 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުސާރަ ޕްރޮސެސް ކުރެއެވެ. އަދި ރިއަލް ޓައިމްގައި 800 އަށްވުރެ ގިނަ ބަޔޮމެޓްރިކް ޑިވައިސްއާއެކު އެކި އެކި ސިނާއަތްތަކުގެ 170 އަށްވުރެ ގިނަ ކްލައިންޓުންނަށް ދަނީ ސަޕޯޓް ފޯރުކޮށްދެމުންނެވެ.
އުރީދޫއާއެކު ސްޓްރެޓެޖިކް ޕާޓްނަރޝިޕް
ރިމޯޓް އޭރިޔާތަކާއި މިސްކިތް ފަދަ ތަންތަނުގައި ބޭނުންކުރާ އެޓެންޑެންސް މެޝިންއަށް ކަނެކްޓިވިޓީ ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށްޓަކައި ކެޕްލަރ ޓީމުން ވަނީ އުރީދޫ މޯލްޑިވްސްއާ އެކު ސްޓްރެޓެޖިކް ޕާޓްނަޝިޕެއް ގާއިމްކޮށް، ބަޔޮމެޓްރިކް ޑިވައިސް އިންޓަގްރޭޝަން ފަސޭހަވާނޭ މަގު ފަހިކޮށްދީފައެވެ.
ކެޕްލަރ ބޭނުންކުރާ ފަރާތްތަކުން ދީފައިވާ ޚިޔާލުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ސޮފްޓްވެއަރ ބޭނުންކުރުމުން އެޗްއާރް މަސައްކަތްތައް ފަސޭހަވެ، ވަގުތު ސަލާމަތްވެ، އަދި މަސައްކަތުގެ ފެންވަރު ރަނގަޅުވެފައިވެއެވެ. އަދި ޓެރެބައިޓްގެ ފަރާތުން ފޯރުކޮށްދޭ ކަސްޓަމަރ ސަޕޯޓްގެ ފެންވަރު ވަރަށް ރަނގަޅުކަމަށް ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
ޓެރެބައިޓް ކުންފުނި
ޓެރެބައިޓް ޕްރައިވެޓް ލިމިޓެޑްއަކީ 2010 ވަނަ އަހަރު އުފެދުނު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޓެކްނޮލޮޖީ ޙައްލުތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. ކެޕްލަރ ސޮފްޓްވެއަރ ތަރައްޤީކުރުމުގައި ޓެރެބައިޓްއިން ވަނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުތަކާއި، ޓެކްސް ގަވާއިދުތަކާއި، ވިޔަފާރިތަކުގެ ބޭނުންތަކަށް ޚާއްޞަ ސަމާލުކަމެއް ދީފައެވެ.
އިތުރަށް ކިޔާލުމަށް
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.