ސެމްސަންގް ގެލަކްސީ އެސް21 ލޯންޗްކުރަނީ – ޖެނުއަރީ 14 ގައި

ޔޫސުފް ރަޝީދު 04 ޖެނުއަރީ 2021

ގެލަކްސީ އެސް21 ލޯންޗްކުރާ ތާރީޚަށް ސެމްސަންގުން ބަދަލުގެނެސްފި އެވެ. މިބުނީ ތާރީޚެއް ކަނޑައަޅާފައި އެހެން ދުވަހަކަށް ބަދަލުކުރި ވާހަކައެއް ނޫނެވެ. އާންމު އުސޫލުން ކަންކުރާ އާދައަށް ބަދަލުގެނެސް، ލޯންޗްކުރުން އެއްމަސް ކުރިއަށް ޖެއްސި ވާހަކަ އެވެ.

އެސް21 ލޯންޗްކުރުން އޮންނާނީ ޖެނުއަރީ 14 ވަނަ ދުވަހު – ވާޗުއަލް އިވެންޓެއް ގޮތުގަ އެވެ. މިފަހަރު އެސް21 މަރުކާގައި ތިން މޮޑެލެއް ނެރޭނެ ކަމަށް ބުނެވެ އެވެ. އެއީ "ގެލަކްސީ އެސް21 ޕްލަސް"، "ގެލަކްސީ އެސް21 އަލްޓްރާ" އަދި "ގެލަކްސީ އެސް21" އެވެ.

މުޅި އަހަރަށް ބަހާލައިގެން ސެމްސަންގުން ބާއްވާ އިވެންޓްތަކަށް ބަދަލުގެންނަ ހަގީގީ ސަބަބެއް ނޭނެގެ އެވެ. މިކަމާ ބެހޭ ގޮތުން ބުނެވެނީ ފޯނުތައް މާ އަވަހަށް ތައްޔާރުކުރެވެނީ ކަމަށެވެ. މިނޫން ގޮތެއްގައި ދެން އޮތް ގޮތަކީ އަހަރުގެ މެދާހިސާބުގައި މާބޮޑަށް ބިޒީވެދާނެ ކަމަށް ބަލައި، ފޯނު ވިޔަފަރި ޚަލާށްކޮށްލަނީ އެވެ. ފައިސާކޮޅެއް ޖަމާކޮށްލުމަށް ކަމަށް ވެސް ވެދާނެ އެވެ.

ސެމްސަންގް އިވެންޓް ޖެނުއަރީ 14 އަށް ތާވަލުކޮށްފައި އޮތެއް ކަމަކު، ވާޗުއަލް އިވެންޓްގައި ދައްކާލަން ހަމަޖައްސާފައި ވަނީ ކޮން މޮޑެލްތަކެއް ކަމެއް ނޭނގެ އެވެ. މީޑިއާއަށް ދައުވަތުދީ ފޮނުވި ދައުވަތު ކާޑުން އެކައްޗެއް ވެސް އެނގޭ ގޮތެއް ނުވެ އެވެ. ދައުވަތު ކާޑާ ބެހޭ ގޮތުން އެކި މީހުން އެކި ވާހަކަދެއްކި ނަމަވެސް، މަތީގައި އެވާ ފޮޓޯއިން ބުނެދޭނެ އެއްޗެއް އަހަންނަކަށް ނޭނގެ އެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.