މެކްބުކްތަކުން އެޕްލްގެ އެހެން ޕްރޮޑަކްޓްތައް 2 ވޭ ޗާޖިންގް ބޭނުން ކޮށްގެން ވަޔަރލެސް ކޮށް ޗާޖް ކޮށްލެވޭނެ ފަދަ ދެ ޕޭޓެންޓް އެއް އެޕަލް ކުންފުނިން ހޯދައިފިއެވެ. ޕެޓެންޓްލީ އެޕަލް އިން ޝާއިއު ކޮށްފައިވާ ރިޕޯރޓްގައި މެކް ބުކް އެއްގެ މަތީގައި އައިފޯން އާއި، އައިޕެޑް އަދި އެޕަލް ވޮޗް ބާއްވައިގެން ޗާޖް ކުރާ މަންޒަރު ދައްކާ ކުރެހުމެއްވެސް ހިމަނާފައިވެއެވެ.
މެކް ބުކް ގެ ޓްރެކްޕެޑް މަތީ އަދި އާތްތިލަ ބާއްވާ އާމްރެސްޓް މަތީގައި އެޕަލް ޑިވައިސްތައް އަތުރާލާފައިވާ ކުރެހުމުގެ އިތުރުން މެކްބުކް ގެ ލައްޕާލާފައި އޮންނަ އިރު އޭގެ މަތީގައި ބާއްވައިގެން އައި.ޕެޑް ފަދަ ޑިވައިސް ޗާޖް ކޮށްލުމަށް ބޭނުން ކުރެވިދާނެ ކަން ދައްކުވައިދޭ ކުރެހުމެއްވެސް ޕެޓަންޓް ފައިލް ގައި ހިމެނެއެވެ.
އެޕަލްގެ ހުރިހާ އުފެއްދުމެއްގައި ހެން ސްޓެންޑަރޗް ޗަރޖިންގް ޕޯޓް ހުރުމަކީ އެއް ޗާޖަރުން ހުރިހާ އެއްޗެއް ޗާޖް ކުރުމަށް އޮތް ފަސޭހައެއް ކަމުގައި ވީނަމަވެސް އެއް ޑިވައިސް އަށް ވުރެއް ގިނަ ޑިވައިސް ގެންގުޅޭ އިރު އިތުރު ޗާޖަރު ތަކާއި ކަރަންޓް އައުޓްލެޓް ތައް ބޭނުން ވެއެވެ. މިގޮތަށް މެކްބުކްގެ މަތީގައި ބާއްވާއިގެން އެޕަލްގެ އެހެން ޕްރޮޑަކްޓް ތައް ޗާޖް ކުރެވޭނަމަ ޗާޖިންގް ޕޯޓް ތައް މަދު ތަންތަނުގައި އުޅޭ އިރުއާއި، އެއްފަހަރާއި ހުރިހާ ޑިވައިސްތައް ޗާޖުކުރަންބޭނުންވާ ވަގުތު ތަކުގައި ގިނަ ކޭބަލް ތަކެއް ނުވަތަ ގިނަ ޗާޖަރު ތަކެއް ބޭނުން ނުކޮށް މާބޮޑު ހުރަހަކާއި ދައްޗެއް ނެތި އެޑިވައިސް ތައް ޗާޖް ކޮށްލެވިގެން ދާނެއެވެ.
މިހާރު މެކްބުކް އުފައްދާފައިވަނީ އެލުމިނިއަމް ކަވަރެއްގައި ކަމުން ވަޔަލެސް ޗާޖިންގް އަށް އެކަމުގެ ސަބަބުން ހުރަސްތަކެއް އެބަ ހުއްޓެވެ. އެހެންކަމުން ޑިޒައިން އަށް ބަދަލު ތަކެއް ގެނައުމަށް މަޖްބޫރުވާނެ އެވެ. ތަފާތު ގޮތްތަކެއް ހޯދަން ޖެހެއެވެ. ފަހަރުގައި ޕްލާސްޓިކް ކަވަރެއްގައި މެކްބުކް ފެނުން އެކަށީގެން ވެއެވެ.
އެޕަލްގެ މި ޕޭޓަންޓް ތަކުގެ ސަބަބުން ޗާޖިންގް ޕޯރޓް އާއި ނުލާ އައިފޯން ނެރުމަށް އެޕަލް އިން ކުރަމުންގެންދާ އުންމީދަށް އިތުރު ފިޔަވަޅެއް ކައިރިވެވުނީ ކަމަށް ބެލެވިދާނެއެވެ. މެކްބުކްގެ އިތުރުން އެޕަލްގެ ޕްރޮޑަކްޓް ލައިންގައި ހިމެނޭ އެހެން ޕްރޮޑަކްޓް ތަކުން އެހެނިހެން ޕްރޮޑަކްޓް ތައް ޗާޖް ކުރުމަކީ ވެސް އެޕަލް އިން ތައްޔާރުވަމުންދާ ކަމަކެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް