އީލަން މަސްކް : މިވަގުތު ދުނިޔޭގެ އެންމެ މުއްސަނދި މީހާ

ހުސެއިން އާރިފް 08 ޖެނުއަރީ 2021

މަޝްހޫރު ކާރު ކުންފުނި ޓެސްލާ އަދި ސްޕޭސް އެކްސްގެ ވެރިޔާ 49 އަހަރުގެ އީލަން މަސްކް އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ އެވެ. ޓެސްލާގެ ހިއްސާގެ އަގުތައް ބުރާސްފަތި ދުވަހު މަތިވުމާއި ގުޅިގެން އީލަން މަސްކް ގެ ނެޓްވޯތް ސަތޭކަ ނުވަދިހަ ބިލިއަށް ޑޮލަރަށް އަރާފައިވެއެވެ.

ދެހާސްސަތާރަވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މި މަގާމުގައި ހުރި އެމޭޒަންގެ ފައުންޑަރ ޖެފް ބެޒޯސްގެ މައްޗައް އީލަން މަސްކް ކުރި ހޯދާފައިވަނީ ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު 700 ބިލިއަންއަށް އެރުމާއި ގުޅިގެންނެވެ. ޓެސްލާގެ ހިއްސާ މިދިޔަ އަހަރު އެކަނި ވެސް 743 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވެއެވެ. މިއަދަދަކީ ދުނިޔޭގެ އެންމެ މަޝްހޫރު ތިން ކާރު ބްރޭންޑް ކަމުގައިވާ ޓޮޔޯޓ، ޖީ.އެމް އަދި ފޯޑް ގެ ހިއްސާ އެއްކޮށްލުމުން ޖެހޭ ވަރަށް ވުރެއްވެސް މަތީގެ އަދަދެކެވެ.

އިއާދަ ކުރަނިވި ހަކަތައިގެ ރޮނގުން މަޝްހޫރު ޓެސްލާ ކާރު އުފެއްދުމުގެ ތެރެއިންނާއި ދުނިޔެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަކާއި ގުޅިގެން ޖައްވަށް ދަތުރުކޮށް ވަޒަންވެރި ވުމަށްބޭނުންވާ އަވަށެއް މާސްގައި އުފެއްދުމަށް އީލަން މަސްކް ކޮށްދޭ ހިދުމަތްތަކަކީ ގިނަ ބަޔަކު ދެކޭގޮތުގައި މިފަދަ މުއްސަނދިކަމެއްގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާ ކަމުގެ ލާމަސީލު މިސާލެކެވެ. އީލަން މަސްކް ގެ ދިރިއުޅުމަކީ ވެސް ދުނިޔޭގެ މަޝްހޫރު އެހެން މަހުޖަނުންނަށް ވުރެއް އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ފަރާތެކެވެ.


ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.