ގޭޓްސް، ބެޒޯސް ފަދަ މަހުޖަނުންވެގެން ކްލީން އެނާޖީ ފަންޑެއް

ހުސެއިން އާރިފް 26 ޖެނުއަރީ 2021

ޖައްވުގެ ތެރެއަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް މަސައްކަތްކުރާ ކްލީން އެޖަރޖީ ސްޓާޓްއަޕް ތަކަށް ފަންޑު ކުރުމަށްޓަކައި ބްރޭކް ތްރޫ އެނަރޖީ ވެންޗަރސް (ބީ.އީ.ވީ) އިން 1 ބިލިއަން ޑޮލަރުގެ ފަންޑެއް އެއްކޮށްފި އެވެ. ހަތަރު އަހަރު ތެރޭގައި ދެވަނަ ފަހަރަށް މިފަދަ ފަންޑެއް ރެއިސް ކުރި ބީ.އީ.ވީ އަކީ މަހުޖަނުންގެ ލިސްޓުން މުޅި ދުނިޔޭގައި ވެސް އެންމެ ކުރީގައި އުޅޭ މުއްސަންދި މަހުޖަނުން ކަމުގައިވާ ބިލް ގޭޓްސް އާއި ޖެފް ބެޒޯސް އަދި މައިކަލް ބްލޫމްބަރގް ފަދަ މަހުޖަނުން ތަކެއްގެ ދީލަތި އެހީތެރި ކަމުގެ ދަށުން ހިންގާ ފަންޑެކެވެ.

ދެހާސް ސޯޅައިގައި ވުޖޫދުވި މި ވެންޗަރ ކެޕިޓަލް އިންން މިހާތަނަށް 45 ސްޓާޓް އަޕް އެއްގެ ފުރަތަމަ 1 މިލިއަން ފަންޑު ފަށައިދީފައެވެ. އަނެއްކާވެސް މަސައްކަތްކުރަނީ 50 ވަރަކަށް ކުދި އަދި މެދުފަންތީގެ ކުންފުނި ތަކަކަށް ފަންޑު ކުރުމަށެވެ.

ބީ.ވީ.އީ އިން ބޮޑަށް އަމާޒު ހިފާފައި ވަނީ ތިމާވެއްޓާއި ރައްްޓެހި ދަގަނޑާއި އެފަދަ ސިމެންތި، ލޯންގް ހައުލް ޓްރާންސްޕޮޓޭޝަން އަދި އިޔާދަކުރަނިވި ހަކަތަ ރައްކާކުރެވޭނެ ފަދަ ޓެކްނޮލޮޖީތަކެއް އުފެއްދުމަށް ޝައުގުވެރިވާ، ސައެންޓިފިކަލީ ލޮޖިކަލް އަދި ކުރެވިދާނެ ފަދަ ޕްރޮޖެކްޓް ތަކަށް ފަންޑު ކުރުމަށެވެ.

ކްލީން އެނާޖީ ނުވަތަ ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތަކަށް ވެންޗަރ ކެޕިޓަލިސްޓުންނާއި އިންވެސްޓަރުންގެ ޝައުޤު ވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އިތުރުވެގެންް ގޮަސްފައިވެއެވެ. 2019 ވަނަ އަހަރު އެކަނި ވެސް ކްލީން އެނަރޖީ ޕްރޮޖެކްޓް ތަކަށް 16 ބިލިއަން ޑޮލަރުގެ ވެންޗަރ ފަންޑް ލިބިފައިވެއެވެ. އަދި އަންދާޒާތަކުން ފެންނަގޮތުން ކުރިމަގުގައި ވެސް އިންވެސްޓަރުންގެ ވޮލެޓެ ތާކައި ބޮޑަށް ރައްޓެހިވާނީ ކްލީން އެޖަންޖީ އަދި ގްރީން ޕްރޮކްޓް ތައް ކަމާއިމެދު އެއްވެސް ޝައްކެއްްނެތެވެ.


ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.