ސޭފަރ އިންޓަނެޓް ދުވަހާއި ގުޅިގެން ކުރެހުމުގެ މުބާރާތެއް

ހުސެއިން އާރިފް 28 ޖެނުއަރީ 2021

ބައިނަލް އަޤްވާމީ ގޮތުން ފާހަޤަ ކުރާ ސޭފަރ އިންޓަނެޓް ދުވަހާއި ގުޅުވައިގެން ކުޑަކުދިންނަށް ޙާއްސަ ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް މިނިސްޓްރީ އޮފް ކޮމޮއުނިކޭޝަން ސައެންސް އަދި ޓެކްނޮލޮޖީ އިން ނިންމައިފި އެވެ. އެކި އުމުރުފުރާ ތަކަށް ޙާއްސަ ކޮށްގެން ބާއްވާ މި މިބާރާތުގެ ތީމް އަކީ އިންޓަނެޓުގެ ރައްކާތެރި ކަމެވެ.

ތިން އުމުރު ފުރައަކަށް ބަހާލައިގެން ބާއްވާމި މުބާރާތުގައި 7 އަހަރުން ދަށުގެ ގިންތިއާއި، 7 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންގެ ގިންތި އަދި 12 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންގެ އުމުރުފުރައެވެ. ކުރެހުން ހުށަހެޅުމަށް އޮންލައިން ފޯމް ފުރުވުމަށް ފަހު ސުންގަޑި ކަމުގައިވާ 4 ފެބްރުއަރީ 2021 ގެ 1600 ގެ ކުރުން އަޕްލޯޑް ކުރަން ޖެހެއެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ އުމުރުފުރާއަކުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވުމަށް ނިންމާފައި ވެއެވެ. މި މުބާރާތުގެ ފަންޑިޔާރުކަން ކުރާނީ މިނިސްޓްރީއިން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލް އަކުންނެވެ. އަދި ވަނަތައް ހާސިލުކުރާ ކުދިން އިއުލާން ކުރެވެނީ 9 ފެބްރުއަރީ 2021ގައެވެ.

މުބާރާތުގެ ޤަވައިދު (ޕީ.ޑީ.އެފް)

މުބާރާތުގައި ބައިވެރިވުމުގެ އޮންލައިން ފޯމް

އިތުރު މައުލޫމާތު : 3302200




ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.