ލޮޓީފައިލްސް އިން އައިކޮންސްކައުޓް ގަނެފި

ހުސެއިން އާރިފް 10 ފެބްރުއަރީ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޖެނުއަރީ މަހުގެތެރޭގައި މައިކްރޮސޮފްޓްގެ ވެންޗަރކެޕިޓަލް ގެ ދަށުން 9 މިލިއަން ޑޮލަރުގެ ސީރީސް އޭ ފަންޑިންގް ލިބުނު ލޮޓީ ފައިލްސް އިން އިންޑިޔާ އަށް ނިސްބަތްވާ ޑިޒައިން އެސެޓް މާކެޓްޕްލޭސް އެއް ކަމަށްވާ "އައިކަންސްކައުޓް" ގަނެފިއެވެ.

މޯޝަން ގްރެފިކްސް ޑިޒައިން މާކެޓްގައި ބޮޑު ހިއްސާއެއް އޮންނަ އަދި ދާދި އެއް އަމާޒަކަށް މަސައްކަތްކުރާ ދެ ކުންފުނި ކަމުގައިވާ ލޮޓީފައިލްސް އަދި އައިކަން ސްކައުޓް ގެ މަރޖަރ އަކީ ކުރިމަގުގައި މި އިންޑަސްޓްރީގައި ލޮޓީފައިލްސް އިން ކުރިހޯދިމަށް މުހިންމު ފިޔަވަޅެކެވެ. އަދި އައިކަން ސްކައުޓްގެ މަޤްބޫލުކަންވެސް އިތުރުވެގެން ދާނެ ރަނގަޅު ފުރުސަތެކެވެ. ލޮޓޯފައިލްސްގެ މަގުޗާރަޓް އެކުލަވާލެވިފައިވަނީ އިން މި އެކުއޮޒިޝަން އަށްފަހު ވެސް އައިކަން ސްކައުޓް ވަކި މިނިވަން އެސެޓްއެއް ގޮތުގައި ތަރައްޤީ ކުރުމެވެ.

އައިކަން ސްކައުޓް ގެ އެކުއިޒިޝަން އިއުލާނުކޮށް ލޮޓީފައިލްސްގެ ބްލޮގް ގައި އެކުންފުނީގެ ސީ.އީ.އޯ އަދި ކޯފައުންޑަރ ޝިޖީތް މިންގްލާނީ ބުނެފައި ވަނީ ދެ ޑިޒައިމްފާރމެއް އެއްް އަމާޒަކަށް އެއްް ވައްޓަފާޅިއެއްގައި ކުރިޔަަށް ދިއުމަކީ އެހާ އާއްމު ކަމަކަށް ނުވި ނަމަވެސް ވޭތުވެދިޔަ ހައެއްކަ މަހުގެ ތެރޭގައި ދެބައިމީހުން އެކުގައި ކުރި މަސައްކަތްތަކުން އެފަދަ ގުޅުމެއްގެ ސަބަބުން ނުކުންނާނެ ކާމިޔާބީއާއި ނަތީޖާ ތަސައްވަރު ކުރެވިގެން ގޮސްފައި ވެއެވެ.



ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.