ތުއްތު ކުދިން އުފަންވުމަށްފަހު ރީނދޫވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަންނާނެ ޑިވައިސްއެއް ޖަޕާނުގެ ސައިންސްވެރިން އުފައްދައިފިއެވެ. މިއުފެއްދުމަކީ ތުއްތު ކުއްޖާގެ ހަށީގަނޑުގެ ތެރެއަށް ކަށިނިކޮއްޕާ ކުއްޖާގައިގައި ހަރުކޮށްލެވޭގޮތަށް އީޖާދުކުރެވުނު މީގެ ފުރަތަމަ އުފެއްދުމެވެ.
މި ޑިވައިސް ފަރުމާކުރެވިފައިވަނީ ތުއްތު ކުދިން ރީނދޫވުމަށް މެދުވެރިކުރުވާ ބިލިރުބިން ހަށިގަނޑުން މަދުކުރުމަށް ބޭނުންވާ ނޫ އަލި ދޭންޖެހޭ އަދަދު ދެނެގަތުމަކީ އުދަނގޫކަމަކަށް ވުމާއިއެކު، ހުއްޓުމެއްނެތި ހަށިގަނޑުގައި އުފެދޭ ބިލިރުބިންގެ އަދަދުތައް ދެނެގަނެވޭނެ ސެންސަރތަށް ހިމަނައިގެންނެވެ. މީގެ އިތުރުން މި އުފެއްދުން މެދުވެރިކޮށް ކުއްޖާގެ ވިންދު އަދި ލޭގައި އޮކްސިޖަން ދައުރުވާ މިންވަރުވެސް ބަލާލެވޭނެއެވެ.
ސިއްހީ ދާއިރާގައި މިވަގުތު ތުއްތު ކުދިން ރީނދޫވާ ސަބަބު ދެނެގަތުމަށް ބޭނުންކުރެވެނީ އަތުން ހިފައިގެން ގެންގުޅެންޖެހޭ ބިލިރުބިން މީޓަރުތަކެކެވެ. އަދި މީގެ އިތުރުން ބިލިރުބިން އާއި އެއްކޮށް ވިންދު އަދި ލޭގައި އޮކްސިޖަން ހުރިވަރު ބަލާލެވޭނެފަދަ އުފެއްދުމެއް މިވަގުތު ސިއްހީ ދާއިރާގައި ނެތެވެ.
ޖަޕާނުގެ ޔޮކޮހާމާ ނޭޝަނަލް ޔުނިވާސިޓީގެ ޓީމަކުން އީޖާދުކޮށްފައިވާ މި ޑިވައިސް ވަނީ 50 ތުއްތު ކުދިންގެ މެދުގައި ޓެސްޓު ކުރެވިފައިއެވެ. ނަމަވެސް މިދިރާސާއިން އެނގިގެންދިޔައީ މި ޑިވައިސް އަކީ އަދި ސިއްހީ ކަންކަމުގައި ގޮތްނިންމުމުގައި ބޭނުން ކުރަން އެކަށޭނެ ވަރަށް ސައްހަ މައުލޫމާތު ފޯރުކޮށްދޭ އެއްޗެއްނޫންކަމެވެ. އެހެންނަމަވެސް އިތުރު ދިރާސާތަކަށްފަހު މި ޑިވައިސް އިން ފޯރުކޮށްދޭ މައުލޫމާތަކީ ސިއްހީ ދާއިރާގައި ބޭނުންކުރުމަށް އެކަށޭނެ ސައްހަ މައުލޫމާތު ފޯރުކޮށްދޭ ޑިވައިސްއަކަށް ހެދޭނެކަމަށް މި ޑިވައިސް ފަރުމާކުރި ޓީމުން ބުނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި