ފާއިތުވި 10 އަހަރު ކުކީޒް ވަނީ އިންޓަނެޓް ބޭނުންކުރާ ފަރާތްތަށް އުޅޭނޫޅޭގޮތް ބަލައި ރިކޯޑްކޮށްފައިއެވެ. ކުކީޒް އަކީ އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ ބްރައުޒާ ދެނެގަނެ އެފަރާތްތަށް ޒިޔާރަތްކުރާ ވެބްސައިޓް ތަކުގައި ތަފާތު އިޝްތިހާރު ދެއްކުމުގެ ރޯލު އަދާކުރާ ހާއްސަ ކޯޑެކެވެ.
ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް މީހުން އިސްކަންދޭން ފެށުމާއިއެކު ތާޑް ޕާޓީ ކުކީޒް ގެ ބޭނުންވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިއެވެ. މީގެ އިތުރުން ފަޔާފޮކްސް އާއި ސަފާރީ ފަދަ ބޮޑެތި ބްރައުޒާ ތަކުން ވަނީ ތާޑް ޕާޓީ ކުކީޒް އޮޓޯ އިން ބްލޮކް ކުރަން ފަށާފައިއެވެ. މިކަމުގެ ސަބަބުން އިޝްތިހާރުކުރާ ފަރާތްތަކަށް ކުކީޒްގެ ބޭނުންވަނީ ވަރަށް ބޮޑަށް ކުޑަވެފައިއެވެ. ކަންމިހެން ހުރިއިރު ގޫގަލް އިންވަނީ އެކުންފުނީގެ ކްރޯމްގައިވެސް މުސްތަގްބަލުގައި ތާޑް ޕާޓީ ކުކީޒް އަށް ފުރުސަތެއް ނެތްކަން ހާމަކޮށްފައިއެވެ.
މީގެ އިތުރުން ގޫގަލް އިން ހާމަކޮށްފައިވާ ގޮތުގައި މިބަދަލާއިއެކު އެކުންފުންނިން އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ ބްރައުޒިންގ ޑާޓާ އިޝްތިހާރު ކުރުމުގެ ބޭނުމުގައި އެއްވެސް ވަރަކަށް ރައްކާ ނުކުރާނެއެވެ. ގޫގަލްގެ މި އިއުލާނާއިއެކު ބެލެވޭ ގޮތުގައި ތާޑް ޕާޓީ ކުކީޒް އުފެއްދުން އެއްކޮށްހެން މަޑުޖެހިގެންދާނެއެވެ.
ގޫގަލް އިން ތާޑް ޕާޓީ ކުކީޒްގެ ބަދަލުގައި ތައާރަފް ކުރަން މަސައްކަތްކުރާ ނިޒާމަކީ ވަކިވަކި ފަރުދުންގެ އިންޓަނެޓް ބްރައުޒިން ޑޭޓާއަށް ބަރޯސާ ނުވެ މަސައްކަތް ކުރާނެ ނިޒާމެކެވެ. އެގޮތުން މި ނިޒާމުގައި ވިޔަފާރިތަކަށް އިޝްތިހާރުތަށް އަމާޒުކުރެވޭނީ ވަކިވަކި ފަރުދުންގެ ބަދަލުގައި އެކިއެކި ކަންކަމަށް ޝައުގުވެރިވާ މީހުން ނިސްބަތްވާ ގްރޫޕްތަކަށެވެ. އެހެންކަމުން އިޝްތިހާރު ކުރާ ފަރާތްތަކަށް ފަރުދުންގެ މައުލޫމާތު ލިބޭގޮތް ކޮންޓްރޯލް ކުރެވިގެންދާނެއެވެ.
ނަމަވެސް މި ދާއިރާގައި ހަރަކާތްތެރިވާ އައިބީއެމް އާއި ޔުނިލެވާ ފަދަ ކުންފުނިތަކުންވަނީ ގޫގަލްގެ ހުށަހެޅުމާއި ދެކޮޅު ހަދައި ތާޑް ޕާޓީ ކުކީޒްގެ ބަދަލުގައި އެ ކުންފުނިތަކުން ގުޅިގެން ވަކި ނިޒާމެއް ގާއިމުކުރުމަށް ނިންމާފައިއެވެ. މި ކުންފުނިތަކުގެ ހުށަހެޅުމަކީ އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ އީމެއިލް ތާޑް ޕާޓީ ކުކީޒްގެ ބަދަލުގައި ބޭނުންކުރުމެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި