ޔޫޓިއުބް އިން ކޮވިޑް-19 އާއި ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރަމުންދިޔަ 30،000 ވީޑިއޯ ޑލީޓްކޮށްފިއެވެ. އެގޮތުން ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި އެކުންފުނިން ވަނީ ކޮވިޑް-19 ވެކްސިންއާއި އަދިވެސް މި ބަލަމިޑުކަމާއި ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރަމުން ދިޔަ ވީޑިއޯތަށް ޔޫޓިއުބް އިން ނަގާފައިވާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ.
ތަފާތު އެކި ހިޔާލު ހޯދުމުގެ ވޯޓުތައް ދައްކާގޮތުގައި އެމެރިކާގެ 30 އަކަށް އިންސައްތަ މީހުން ވެކްސިން ޖެހުމަށް ފަސްޖެހެއެވެ. ނުވަތަ ވެކްސިން އާއި މެދު ސުވާލު އަފައްދައެވެ. މިކަން މިހެން މެދުވެރިވަނީ އޮންލައިންކޮށް ފަތުރާ ތަފާތު ދޮގުމައުލޫމާތު ގެ ސަބަބުން ކަމަށްވެސް މި ވޯޓުތަކުގެ ނަތީޖާއިން ސާފުވެއެވެ.
ހަމައެއާއިކު ކޮވިޑް-19 ވެކްސިން ހަލުވިކަމާއިއެކު ޖެހުމަށް މަސައްކަތް ފަށާފައިވާ މި ދަނޑިވަޅުގައި ވެކްސިންގެ އިތުބާރު ގެއްލުވާލުމަށް ވީޑއޯތަށް ބޭނުންކޮށްގެން އޮންލައިން ކެމްޕޭން ތައްދަނީ ހިންގަމުންނެވެ. މިފަދަ މަސައްކަތަކާއި ދެކޮޅަށް ފޭސްބުކް އާއި ޓްވިޓާ ފަދަ ކުންފުނިތަކުންވަނީ އުސޫލުތަކެއް ނެރެފައިއެވެ.
ޔޫޓިއުބް އިން އެކުންފުނީގެ ކޮވިޑް-19 މެޑިކަލް މިސްއިންފޮމޭޝަން ޕޮލިސީގައި ވެކްސިން އާއި ބެހޭގޮތުން ފަތުރާ ދޮގު މައުލޫމާތު އެންމެ ފުރަތަމަ ހިމަނާފައިވަނީ އޮކްޓޯބަރ 2020 ގައިއެވެ. މި އުސޫލާއި ހިލާފުވުމުގެ ސަބަބުން އެކުންފުނިންވަނީ ފެބްރުއަރީ 2020 އިން ފެށިގެން 800،000 އަށް ވުރެ ގިނަ ވީޑިއޯ އެކުންފުނީގެ މަންސައިން ނަގާފައިއެވެ.
ޔޫޓިއުބް އިން ހާމަކުރާ ގޮތުގައި އެކުންފުނީގެ މެޑިކަލް މިސްއިންފޮމޭޝަން އުސޫލުތަކާއި ހިލާފުވާނީ ވެކްސިން އާއި ބެހޭގޮތުން ދުނިޔޭގެ ސިއްހައްތު ޖަމިއްޔާ އާއި އެކިއެކި ސިއްހީ ވުޒާރާތަކުން ނެރެފައިވާ މައުލޫމާތާއި ފުށުއަރާ މައުލޫމާތެވެ. މި އުސޫލާއި ހިލާފުވާ އެކައުންޓް ތަކުން އަޕްލޯޑް ކޮށްފައިވާ ވީޑިއޯ ތައް އެކުންފުނީގެ މަންސައިން ނެގުމާއިއެކު މި އެކައުންޓްތައް އެމަންސައިން އެއްކޮށް ބްލޮކް ކުރާނެކަމަށް އެކުންފުނީގެ އުސޫލުތަކުގައި ވެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި