ގޫގަލް މެޕްސް ބޭނުންކުރާ ފަރާތްތަކުގެ ކޮންޓެންޓް އެޕްލިކޭޝަނުގައި އިތުރުކުރުމަށްޓަކައި ގޫގަލް މެޕްސް އިން މީސްމީޑިއާ އާއި އެއްގޮތް އަޕްޑޭޓް ތަކެއް ތައާރަފް ކުރަން ނިންމައިފިއެވެ.
އެގޮތުން ބުރާސްފަތި ދުވަހު ގޫގަލް އިން ވަނީ ގޫގަލް މެޕްސް އަށް ތަފާތު އާ ހިދުމަތްތަކެއް ތައާރަފްކޮށްފައިއެވެ. މީގެތެރޭގައި އެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުން ޒިޔާރަތް ކުރާތަންތަނުގެ ފޮޓޯ ފަސޭހައިން އަޕްލޯޑްކޮށްލެވޭނެ ހިދުމަތެއް ހިމެނެއެވެ.
މި ބަދަލުތަކަކީ ގޫގަލް އިން މެޕްސް އިތުރަށް ފުޅާކޮށް އެ އެޕްލިކޭޝަނަކީ މީހުން މިސްރާބު ދެނެގަތުމަށް ބޭނުންކުރާ ހިދުމަތެއްގެ ބަދަލުގައި އެމީހުން ޒިޔާރަތް ކުރާނެ ތަންތަން ދެނެގަނެ ވިޔަފާރިތަކާއި މުއާމަލާތްކޮށް އަދި އެމީހުންގެ ތަޖުރިބާ ހިއްސާ ކޮށްލެވޭނެ މަންސައަކަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެކެވެ. މި އެޕްލިކޭޝަނަށް ސެޕްޓެމްބަރ މަހުގައި ގޫގަލް އިން ވަނީ ކޮވިޑް-1 ފެތުރިފައިވާ މިންވަރު ފެންނާނެ ހދުމަތެއްވެސް އިތުރުކޮށްފައިއެވެ.
ބުރާސްފަތި ދުވަހު ތައާރަފް ކުރެވުނު އިތުރު ހިދުމަތްތަކުގެ ތެރޭގައިދެން ހިމެނެނީ ފޮޓޯ އަޕްޑޭޓް ހިދުމަތެވެ. މި ހިދުމަތް މެދުވެރިކޮށް އެކި ތަންތަނަށް ޒިޔާރަތްކޮށްލަން ބޭނުންވާ ފަރާތްތަކަށް އެތަނުގެ މައުލޫމާތު ފޮޓޯ މެދުވެރިކޮށް ބަލާލެވޭނެއެވެ. މީގެ އިތުރުން މި ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް އިތުރު ރިވިއުއެއް ނުލިޔެ އެމީހުން ނަގާ ފޮޓޯތަށް ކެޕްޝަންއަކާއި އެއްކޮށް އަޕްލޯޑް ކޮށްލެވޭނެއެވެ.
މީގެ އިތުރުން އެޑިޓް ދަ މެޕް ހިދުމަތް މެދުވެރިކޮށް މަގުތަކަށް އަންނަ ބަދަލުތަކާއި އެކި ކުށްތަށް ފަސޭހައިން ރިޕޯޓްކޮށްލެވޭނެއެވެ. މީގެތެރޭގައި މި އެޕްލިކޭޝަންގައި ނެތް މަގުތަށް އިތުރު ކުރުމާއި، މަގުތަކުގެ ނަން ބަދަލު ކުރުމާއި ނުބައިކޮށް ހުންނަ މަގުތަށް ޑިލީޓް ކުރުން ހިމެނެއެވެ. އެކުންފުނިން ހާމަކުރާ ގޮތުގައި މިފަދަ ބަދަލުތަށް އެ އެޕްލިކޭޝަނަށް ގެނެވޭނީ އެކުންފުނިން އެ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުމަށްފަހުއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް