މައިކްރޮސޮފްޓް އިގްނައިޓް އަކީ ކޮންމެ އަހަރަކުވެސް މައިކްރޮސޮފްޓްގެ އައު އީޖާދުތައް ދައްކާލުމަށް ބާއްވާ ކުލަގަދަ، މުހިންމު އިވެންޓެކެވެ. މިފަހަރު ކޮވިޑް-19އިގެ ސަބަބުން މިކަންތައް ގެނެސްދެވިފައިވަނީ އޮންލައިންކޮށް ލައިވް އިވެންޓެއް ގޮތަށެވެ.
ކޮންމެ ފަހަރަކުވެސް އިގްނައިޓްއާއި ވިދިގެން، މައިކްރޮސޮފްޓްއިން އާންމުންނަށާއި ޕާރޓްނަރުންނައް ތަފާތު އެކި ފުރުސަތުތައް ހުޅުވައިލައެވެ. މިގޮތުން، މިފަހަރު އެއްކަމެއްގެ ގޮތުގައި އިގްނައިޓް 2021 ކްލައުޑް ޗެލެންޖެއްވަނީ ތަޢާރަފުކޮށްފައެވެ.
މައިކްރޮސޮފްޓްގެ މި ޗެލެންޖުގައި ހިމެނިފައިވާ 7 ޗެލެންޖުން އެންމެ އެއްޗެއް ނިންމައިފިނަމަވެސް މައިކްރޮސޮފްޓްގެ ސަޓިފިކިޓެއް ހިލޭ ކޮންމެ ބައިވެރިއަކަށް ލިބިގެންދާނެއެވެ.
މި ޗެލެންޖުގައި މައިގަނޑު ގޮތެއްގައި ދެވިފައިވާ މަސައްކަތަކީ މައިކްރޮސޮފްޓް އެޕްތަކުގެ އޮންލައިން ޓްރެއިނިންގްއެއް ހެދުމެވެ.
މިފަހަރު އިގްނައިޓްގައި ދީފައިވާ ޗެލެންޖުތަކަކީ:
1. މައިކްރޮސޮފްޓް އިގްނައިޓް، މައިކްރޮސޮފްޓް 365 އެންޓަޕްރައިސް އެޑްމިން ޗެލެންޖު
2. މައިކްރޮސޮފްޓް އިގްނައިޓް، އަޒުއަ އެޑްމިން ޗެލެންޖު
3. މައިކްރޮސޮފްޓް އިގްނައިޓް، އަޒުއަ ޑޭޓާ ސައިންޓިސްޓް ޗެލެންޖު
4. މައިކްރޮސޮފްޓް އިގްނައިޓް، ޓީމްސް އެޑްމިން ޗެލެންޖު
5. މައިކްރޮސޮފްޓް އިގްނައިޓް، ޑޭޓާ އެނަލިސްޓު ޗެލެންޖު
6. މައިކްރޮސޮފްޓް އިގްނައިޓް، އައިޑެންޓިޓީ + އިންފޮމޭޝަން ޕްރޮޓެކްޝަން ޗެލެންޖު
7. މައިކްރޮސޮފްޓް އިގްނައިޓް، ސެކިއުރިޓީ އޮޕަރޭޝަންސް އެނަލިސްޓު ޗެލެންޖު
މި ޗެލެންޖުތަކުގެ ތެރެއިން ޗެލެންޖެއްގައި ބައިވެރިވުމަށް މި ލިންކަށް ފިތާލާ
އިގްނައިޓް ޗެލެންޖު މިފަހަރު ކުރިޔަށް ދަނީ މާރިޗް 31 ވަނަ ދުވަހާއި ނިޔަލަށެވެ. މައިކްރޮސޮފްޓްއިން އިގްނައިޓް 2021 ގައި ވަރަށް ބައިވަރު އައު ޓެކްނޮލިޖީއާއި މިހާރުގެ މައިކްރޮސޮފްޓްގެ އެޕްލިކޭޝަންތަކަށް އަންނަ ބަދަލުތައްވަނީ އާންމުންނަށް ވަރަށް ތަފްސީލުކޮށް ގެނެސްދީފައެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.