ޔޫއައި/ޔޫއެކްސް ޗެލެންޖެއްގެ ގަދަ ފަހެއްގައި ދިވެއްސެއް

ހުސެއިން އާރިފް 13 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަމްބްރެއްލާ ނެޓްވޮރކްގެ ސްޓެކިންގް ޕްލެޓްފޯރމް ގެ ޔޫޒާ އިންޓަފޭސް އަދި ޔޫޒާ އެކްސްޕީރިއެންސް ރަނގަޅު ކުރުމަށް ހުޅުވާލި މުބާރާތުގެ ގަދަ ފަހެއްގައި ދިވެހި ޔޫއައި/ޔޫއެކްސް ޑިޒައިނަރ ޝަންމަ އަޙްމަދު ހިމެނިއްޖެއެވެ. އަމްބްރެއްލާ ނެޓްވޯރކް އަކީ ޑީސެންޓްރަލައިޒް ފައިނޭންސިންގަށް ޙާއްސަ އަދި މި މިސްރާބުގައި މުޖުތަމައު ބާރުވެރި ކުރުމުގެ މަސައްކަތުގައި ފުރަތަމަ ޑީސެންޓްރަލައިޒް އޮރަކަލް ސަރވިސް އެވެ.

މި މުބާރާތުގައި ވާދަކުރި ސާޅިހަކަށް ޑިޒައިން ގެ ތެރެއިން ގަދަ ފަހެއް ހޮވާފައި ވަނީ ހުށަހެޅުންތައް އަމްބްރެއްލާ ނެޓްވޯރކް ގެ ފްރަންޓްއެންޑް ޑިވެލޮޕަރުން ޓެސްޓު ކުރުމަށްފަހު އެވެ. ގަދަ ފަހަކަށްވެސް އިނާމު ލިބޭއިރު އެއްވަނަ ދެވަނަ އަދި ތިންވަނަ އަށް ހޮވޭ ފަރާތްތައް ކަނޑައެޅުމަށް ނިންމާފައި ވަނީ މުޖްތަމައުގެ ތެރެއިން އޮންލައިން ވޯޓިންގް މެދުވެރިކޮށެވެ.

17 ފެބްރުއަރީ އިން ފެށިގެން 05 މާރިޗް ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގެ އެއްވަނަ އަށް 5000 އަމްބްރެއްލާ ޓޯކެން، ދެވަނަ އަށް ހޮވޭ ފަރާތަށް 2000 އަމްބްރެއްލާ ޓޯކެން އަދި ގަދަ 5 ގައި ހިމެނުނު އަނެއްް ތިން ބައިވެރިންނަށް 1000 އަމްބްރެއްލާ ޓޯކެން ލިބޭނެއެވެ. އަމްބްރެއްލާ ޓޮކެން އެއްގެ ބާޒާރު އަގަކީ މިވަގުތު 1.60 އެމެރޮކާ ޑޮލަރެވެ.


މިމުބާރާތުގައި ޝަންމަ ގެ ޑިޒައިނަށް ވޯޓްލުމަށް ތިރީގައިވާ ލިންކް އިން ނަމްބަރު 02 އަށް މާރިޗް 16 ވަނަ ދުވަހުގެ ކުރިން ވޯޓު ލައްވާށެވެ.

https://docs.google.com/forms/d/e/1FAIpQLSfQNWBASSA_HuayX0Co_EaIJNlp88sc63nTnrXRA_uWAhm3rw/viewform?usp=send_form






ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.