ޒުވާނުންނަށް އިންޓަނެޓް ލިބުމުގައި ގޮންޖެހުންތަކެއް އެބަހުރި

އިސްމާއިލް އަލީ 13 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

1989 ވަނަ އަހަރު އިންޓަނެޓް އުފެއްދުމުގައި ހަރަކާތްތެރިވި އިނގިރޭސިވިލާތުގެ ކޮމްޕިއުޓަރ ސައިންޓިސްޓް ޓިމް ބާނާޒް ލީ ވަނީ ޒުވާނުންނަށް "ޑިޖިޓަލް ޑީވައިޑް" އެއްގެ ސަބަބުން އިންޓަނެޓަށް ވަނުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަނގަކޮށް އެކަމާއި ކަންބޮޑުވުން ހިއްސާކޮށްފައިއެވެ.

ހުކުރު ދުވަހު ޝާއިއުކުރެވުނު ސިޓީ އެއްގައި ދި ނޮން ޕްރޮފިޓް ވެބް ފައުންޑޭޝަނުގެ ފައުންޑާ މެމްބަރުންކަމަށްވާ ބާނާޒް ލީ އަދި ރޯސްމޭރީ ލެއިތް ފާހަނގަކޮށްފައިވާ ގޮތުގައި އެތަކެއް ޒުވާނުންނަށް އިންޓަނެޓަށް ވަދެ އެމީހުންގެ ވިސްނުމާއި ހުނަރު ހިއްސާ ކުރެވޭނެގޮތެއް ނެތެވެ.

އެމީހުން ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ ލީޑަރުންގެ އަމާޒު ކޮވިޑް-19 އަށްފަހު ހުންނަންވީ އިންޓަނެޓް ކަނެކްޓިވިޓީ އެންމެނަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން އެމީހުން ފާހަނގަކޮށްފައިވާ ގޮތުގައި އިންޓަނެޓަށް ވަނުމުން މަހުރޫމުވާ ކޮންމެ ޒުވާން ކުއްޖަކީ ގެއްލިގެންދާ ހުނަރުވެރިއެކެވެ.

އަދި މީގެ އިތުރުން 2030 ވަނަ އަހަރު އަންނަން ވާއިރަށް ދުނިޔޭގެ އެންމެނަށް ބްރޯޑްބޭންޑްގެ ހިދުމަތް ދިނުމަކީ އެމީހުން ދެކޭ ހުވަފެނެކެވެ. އެގޮތުން އެމީހުންގެ ސިޓީގައި ފާހަނގަކޮށްފައިވަނީ މިއީ ނުކޮށްދޫކޮށްލެވޭ ވަރުގެ ކަމެއްނޫންކަމަށެވެ.

އަލިފްދާލުގެ ޓެލެކޮމިއުނިކޭޝަނާއި ބެހޭ ޔޫނިއަން އިން ހާމަކުރާ ގޮތުގައި 15 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވާނުންގެ ތިންބައިކުޅަ އެއްބައި ކުދިންނަށް އިންޓަނެޓްގެ ހިދުމަތް އެއްވެސް ވަރަކަށް ނުލިބެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.