ޕެންޑަމިކްގައި އިންޓަނެޓަށް ބަރޯސާވުން އިންތިހާއަށް މަތި

އަޙްމަދު އަޙްސަން 14 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ތެރޭގައި މީހެއް ކައިރިން އޭނާގެ އިންޓަނެޓް ބޭނުންކުރާ ގޮތާއިބެހޭ ގޮތުން ސުވާލުކޮށްފިނަމަ ހައިރާންވާ ވަރުގެ ޖަވާބުތަށް ލިބޭނެއެވެ. އެގޮތުން ބައެއް މީހުން އޮންލައިންކޮށް ވަޒީފާގެ މަސައްކަތްތަކުގައި މުޅި ދުވަސް ހޭދަކުރިކަމުގައި ވިޔަސް އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއަށްވުރެ ރަނގަޅު ކަމަށް ފާހަނގަކުރެވެއެވެ. މީގެ އިތުރުން މި ބަލަމަޑުކަމަށް ފަހުވެސް ބެލެނެވެރިން ވާޗުއަލް ޕްލޭޑޭޓްސް ރާވާ ކަންވެސް މިފަދަ ސުވާލުތަށް ކޮށްލުމުން އެނގިގެންދެއެވެ. އަދި ހަމައެއާއެކު ބައެއް ފަރާތްތަކުން އާންމު ދިރުއުޅުމަކަށްގޮސް މީހުންނާއި ބައްދަލުވެ މުއާމަލާތް ކުރުމާއި ވާޗުއަލް މުއާމަލާތްތަށް ކުރުމާއިމެދު ގެންގުޅޭ ވިސްނުންތަށްވެސް އެނގިގެންދާނެއެވެ.

އެގޮތުން މި ރިޕޯޓުގައި ގެންސްދޭނީ މޭޝަބްލް އިން އާންމު ދިރިއުޅުން ޑިޖިޓަލް ވި ވަރު ބެލުމަށް ކުރިއަށް ގެންދިޔަ ސާވޭއެއްގެ ނަތީޖާތަކެވެ. މި ސާވޭގައި ވަޒީފާ، ސްކޫލު، ވިޔަފާރި، ކަސްރަތު ފަދަ ކަންކަން އޮންލައިންކޮށް ކުރަންޖެހުމުން ދިމާވި ކަންކަމާއި ބެހޭގޮތުން ސުވާލު ކުރެވިފައިވެއެވެ. މީގެ އިތުރުން މި ސާވޭގެ ބައިވެރިންގެ އޮންލައިން އާދަތަކާއި، އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމާއިބެހޭ ގޮތުން ސުވާލު ކުރެވުނެވެ.


މޭޝަބަލްގެ ސާވޭގައި ބައިވެރިވި ފަރާތްތަކުން ވަނީ ރަނގަޅު އިންޓަނެޓް ކަނެކްޝަނެއް ލިބޭނަމަ އެކަމަށް ޝުކުރުވެރިވާ ކަމަށާއި އަދި އެމީހުންނާއި އެމީހުންގެ އާއިލާ މި ބަލިމަޑުކަމުގެ ދުވަސްވަރު އޮންލައިންކޮށް ހޭދަވި ވަގުތާއި ގުޅޭގޮތުން ކަންބޮޑުވާކަން ހާމަކޮށްފައިއެވެ. މި ސާވޭގައި ބައިވެރިވި ފަރާތްތަކުގެ ތިންބައިކުޅަ ދެބައި މީހުން ބުނެފައިވަނީ އެމީހުންނަކީ ފްރްނަޓްލައިން ގައި މަސައްކަތްކުރާ ފަރާތްތަށް ކަމަށާއި އެމީހުންގެ ވަޒީފާ އަދާކޮށްފައިވަނީ ވަޒީފާ އަދާ ކުރާތަންތަނަށް ގޮސްގެން ކަމަށެވެ. ހަމައެއާއިއެކު ތިންބައިކުޅަ ދެބައި މީހުން ހާމަކޮށްފައިވާ ގޮތުގައި އިންޓަނެޓްގެ ސަބަބުން އެމީހުނަނަށް ބަލިން ރައްކާތެރިވެ ތިބެ މަސައްކަތްކުރެވުނެވެ. އަދި މި ސާވޭގައި ބައިވެރިވި ދެބައިކުޅަ އެއްބައި މީހުން ހާމަކޮށްފައިވާ ގޮތުގައި އެމީހުން ގިނަވަގުތު ހޭދަކޮށްފައިވަނީ ވީޑިއީ، މިއުޒިކް އަދި ޕޮޑްކާސްޓް ސްޓްރީމް ކުރުމުގައި އާއި ޓްކްސްޓް މެސެޖް ނުވަތަ އެކު ޗެޓް އެޕްލިކޭޝަންތަށް ބޭނުކުރުމުގައި އާއި، އާއިލާ އާއި ލޯބިވާ ފަރާތްތަކަށް ވީޑިއޯކޯލް ކުރުމުގައިއެވެ. އަދި ދީނީ އިވެންޓްތަކާއި، ކޮންސެޓް ތަކާއި ޑްރާމާ އަދި އެކިއެކި މުނާސަބަތުތަކުގައި ވާޗުއަލްކޮށް ބައިވެރިވިކަމަށްވެސް މި ސާވޭގައި ބައިވެރިވި ދެބައިކުޅަ އެއްބައި މީހުން ހާމަކޮށްފައިވެއެވެ. ފާހަނގަކޮށްލަންޖެހޭ ކަމަކީ މިސާވޭގައި ބައިވެރިވި ގިނަމީހުން ހާމަކޮށްފައިވާ ގޮތުގައި މި ބަލިމަޑުކަމަށް ފަހުވެސް އެމީހުން ބޮޑަށް ބޭނުންވަނީ ގިނައިން ޑިޖިޓަލް ހަރަކާތްތަކުގައި ބައިވެރިވުމަށެވެ.


މި ސާވޭގެ ބައިވެރިން ތެރެއިން ކާކުކަން ނޭގޭގޮތަށް ސުވާލުތަކަށް ޖަވާބުދިން ބައެއް ފަރާތްތަކުން އެމީހުންގެ އިންޓަނެޓް ބޭނުނކުރުމުގައި ދިމާވި ކަންމަކާއި ބެހޭގޮތުން އުފާވިކަން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް މި ސާވޭގެ ތިންބައިކުޅަ އެއްބައި ބައިވެރި ފާހަނގަކޮށްފައިވާ ގޮތުގައި އެމީހުންނަށް އިންޓަނެޓް ބޭނުންކުރުމުގައި ދިމާވި ކަންކަމާއި އެމީހުން ހިތްހަމަ އެއްނުޖެހެއެވެ. އަދި ދެބައިކުޅަ އެއްބައި ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މި ބަލިމަޑުކަމުގެ ކުރިން އެމީހުން އިންޓަނެޓްގައި ހޭދަކުރި ވަގުތާއި އަޅާބަލާއިރު މިދުވަސްވަރު ހޭދަކުރެވުނު ވަގުތު ގިނަކަމަށާއި ހޭދަކުރެވުނު ވަގުތު ދެނެގަތުމަށްވެސް އުނދަގޫކަމަށެވެ.

ވާޗުއަލް ހަރަކާތްތަކަކީ މީހުން އެއްތަންވެ އެކަކު އަނެކަކާއި ބައްދަލުވެ ބާއްވާ ހަރަކާތްތަކުގެ ބަދަލުގައި ބޭއްވުން ރަނގަޅު ކަމެއްގެ ގޮތުގައި އެއްބަސްވީ މި ސާވޭގެ 30 އިންސައްތަ މީހުންނެވެ. އަދި ތިންބައިކުޅަ ދެބައި މީހުން ފާހަނގަކޮށްފައިވާ ގޮތުގައި އެމީހުންނަށް އިންޓަނެޓްގެ ސަބަބުން ނެގެޓިވް ކަންކަމާއި ކުރިމަތިލާން ޖެހުނެވެ. އަދި 40 އިންސައްތަ މީހުން ހާމަކޮށްފައިވާ ގޮތުގައި މި ބަލިމަޑުކަމުގެ ކުރިން މީސްމީޑިއާ އިން ބްރޭކެއް ނަގާ ވަރަށްވުރެ ގިނައިން މިފަހަރު ބްރޭކް ނެގުނުކަމަށެވެ. މީގެ އިތުރުން 60 އިންސައްތަ ބެލެނިވެރިން ބުނެފައިވަނީ އެމީހުންގެ ދަރިން އިންޓަނެޓްގައި ހޭދަކުރި ވަގުތު ގިނަވުމުން އެކަމާއި ކަންބޮޑުވާ ކަމަށެވެ.


މި ސާވޭގެ ނަތީޖާ އިން އިންޓަނެޓް ބޭނުންކުރުމާއި ގުޅޭ ވަކި ނުރަނގަޅު އަދި ރަނގަޅު ކަމެއްވެސް ސީދާ ދެނެގަނެވިފައި ނުވެއެވެ. ނަމަވެސް މި ސާވޭގެ ސަބަބުން އިންޓަނެޓް ބޭނުންކުރާ ގޮތަށް އަހަރެއްގެ ތެރޭގައި އައިސްފައިވާ ބަދަލުތައް ދެނެގަނެވިފައިވެއެވެ. އެގޮތުން ދުނިޔޭގެ ބްރޯޑްބޭންޑް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ އޯޕެންވޯލްޓް އިން ހާމަކޮށްފައިވާ ގޮތުގައި 2019 ވަނަ އަހާރާއި އަޅާބަލާއިރު 2020 ވަނަ އަހަރު ގޭބިސީއެއްގައި އިންޓަނެޓް ބޭނުންކުރާ މިންވަރު ވަނީ 40 އިންސައްތަ އިތުރުވެފައިއެވެ. މިއީ ގާތްގަނޑަކަށް ޒޫމް ނުވަތަ ފޭސްޓައިމް ބޭނުންކުރުމުގައި 4 ގަޑިއިރު، އިންޓަނެޓް ބްރައުޒް ކުރުމުގައި 3 ގަޑިއިރު، ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާ ބޭނުންކުރުމުގައި 3 ގަޑިއިރު، ނެޓްފްލިކްސް އިން އެޗްޑީކޮށް ސްޓްރީމް ކުރުމުގައި 4 ގަޑިއިރު އަދި ގޭމް ކުޅުމުގައި 3 ގަޑިއިރު ހޭދަކުރުމުން އިންޓަނެޓް ބޭނުންކުރެވޭނެ މިންވަރެކެވެ. އޯޕަންވޯލްޓް އިން ހާމަކޮށްފައިވާ ގޮތުގައި 2020 ވަނަ އަހަރު އިންޓަނެޓް ބޭނުކުރުމަށް އައި ބޮޑު ބަދަލުތަކާއި ގުޅިގެން ދުނިޔޭގެ ބްރޯޑްބޭންޑް ބޭނުންކުރާގޮތް ވަނީ މުޅި އުމުރަށް ބަދަލުވެފައިއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.