ގޫގަލް އިން އެ ކުންފުނީގެ ކްރޯމް ބްރައުޒާގެ އިންކޮގްނިޓޯ މޯޑް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު ޓްރެކް ކުރާކަމަށް ތުހުމަތުކޮށް އެމެރިކާގެ ކޯޓެއްގައި ދައުވާ އުފުލައިފިއެވެ. ގޫގަލް އާއި ދެކޮޅަށް މިމައްސަލަ ނިމިއްޖެނަމަ 5 ބިލިއަން ޑޮލަރު ގެއްލުމުގެ ބަދަލުގައި ދައްކަންޖެހޭނެއެވެ.
ކެލިފޯނިއާގެ ކޯޓަކުން ނިންމާފައިވާ ގޮތުގައި ގޫގަލް އިން ކްރޯމް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށްފައިވަނީ އެމީހުން އިންކޮގްނިޓޯ މޯޑް ބޭނުންކުރަމުންދަނިކޮށް އެމީހުންނަށް އެކަން އެންގުމަކާއި ނުލައިއެވެ. ދި ވާޖް އިން ރިޕޯޓް ކުރާގޮތުގައި ގޫގަލް އިންވަނީ މި ދައުވާ އަށް އިންކާރުކޮށްފައިއެވެ.
އަދި އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން މި ދައުވާތަކާއި ދެކޮޅަށް ވަކާލާތު ކުރާނެއެވެ. ގޫގަލް ކްރޯމްގެ އިންކޮގްނިޓޯ މޯޑް މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރާގޮތް އިންޓަނެޓަށް ވަންނަ ވަސީލަތް ނުވަތަ ބްރައުޒާގައިވެސް ރައްކާ ނުކުރުމުގެ އިހްތިޔާރު ކަސްޓަމަރުންނަށް ލިބެއެވެ. ނަމަވެސް ގޫގަލް އިން ހާމަކުރާ ގޮތުގައި އާ ޓެބެއް ކްރޯމްގައި ހުޅުވާ ކޮންމެ ފަހަރަކު ވެބްސައިޓް ތަކަށް ކަސްޓަމަރުންގެ މައުލޫމާތު ލިބިގެންދާނެއެވެ.
ކްރޯމް ބޭނުންކުރާ ކަސްޓަމަރުން މިދިޔަ އަހަރު ޖޫންގައި އެމެރިކާގެ ކޯޓަކަށް ހުށަހެޅި މައްސަލައެއްގައި ބުނެފައިވަނީ ގޫގަލް އިން އެމީހުންގެ ޒާތީ ސިއްރު މައުލޫމާތު ޓްރެކްކޮށް ވިޔަފާރިކުރާ ކަމަށެވެ. މި މައްސަލައިގައި އިތުރަށް އެމީހުން ދައުވާކުރާ ގޮތުގައި ޒާތީ މައުލޫމާތު ރައްކާ ކުރަން އިންކޮގްނިޓޯ މޯޑް ބޭނުންކުރުން ފަދަ ފިޔަވަޅުތަށް އެޅިކަމުގައި ވިޔަސް އެމީހުންގެ މައުލޫމާތު ޓްރެކްކުރާކަމަށެވެ.
ގޫގަލް އިން މީގެ ކުރިން ވަނީ ތާޑް ޕާޓީ ކުކީޒް ކްރޯމް ބްރައުޒާގައި ބޭނުންކުރުން ހުއްޓާލާނެކަން އިއުލާން ކޮށްފައިއެވެ. އަދި މަހުގައި އެކުންފުނިން ވަނީ ތާޑް ޕާޓީ ކުކީޒް ބޭނުންކުރުން ހުއްޓާލާފައިވާކަން އެކުންފުނިންވަނީ އިއުލާންކޮށްފައިއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް