ސްމާޓް އައިނު – އުއްމީދީ އުފެއްދުމެއް

މުހައްމަދު ރައްޔާން 15 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކޮންމެ އަހަރަކު ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ އަޑުގަދަކޮށް ދެކެވެމުންދާ ވާހަކައަކީ ސްމާރޓް އައިނުގެ ވާހަކައެވެ. ފޭސްބުކް ނޫނީ ވުޒިކްސް ކަހަލަ ކުޑަ ކުންފުންޏަޔަކަށް މިކަން ހަގީގަތަކަށް ހެދިދާނެބާއެވެ؟

ސްމާރޓްފޯނުތަކުން ކުރެވޭ ހުރިހާ ކަމެށް ލޮލުގަ އޮންނަ އައިނުނުން، ލޮލުގެ އިޝާރާތެއް މެދުވެރިކޮށް ކުރުމާއި އެމީހެއްގެ ލޮކޭޝަން ރައްޓެއްސަކަށް ފަސޭހައިން ފޮމުވާލުމާއި، ލެޕްޓޮޕުން ޑޮކިއުމެންޓްސް ވާރޗުއަލްކޮށް އެޑިޓް ކުރުމާއި ވާރޗުއަލް ކީބޯޑް ބޭނުންކުރުން ފަދަ ކަންކަން މި އައިނު މެދުވެރިކޮށް ކުރެވޭނެ ދުވަހެއް ހިޔާލަށް ގެންނަވާށެވެ.

މުސްތަގްބަލުގައި މިއީ ހަމަ ވުން އެކަށީގެންވާ ކަންކަމެވެ. އެގޮތުން 2011 އިން ފެށިގެން ސްމާޓް އައިނު ވިއްކަމުންދާ ވުޒިކްސް އިން މި އަހަރު ބޮޑު އަޕްގްރޭޑްއެއް ގެންނަން ވަނީ ނިންމާފައެވެ. އަލަށް ތައާރަފް ކުރެވޭ މި އައިނުތަށް ސްމާޓް ފޯނުތަކަށް އިންޓަގްރޭޓް ކުރެވޭނެއެވެ. މީގެ އިތުރުން އިމާސިވް ސައުންޑް އަދި މިކްރޯ ލެޑް ޕްރޮޖެކްޓާޒް ވެސް މި އައިނުގައި ހިމެނޭކަމަށްވެއެވެ. މީގެ އިތުރުން އާގުމެންޓެޑް ރިއާލިޓީ ހިމެނިފައިވުމަކީ މި އައިނުގައި ހިމެނިފައިވާ އެންމެ ފާހަނގަކޮށްލެވޭ އެއް ފީޗާއެވެ. މީގެ އިތުރުން މިއައިނަކީ އާދައިގެ ނަންބަރު އައިނެއް ފަރުމާކޮށްފައި ހުންނަ ގޮތަށް ފަރުމާކުރެވިފައިވާ އައިނެކެވެ.

ފޭސްބުކް އިންވެސްދަނީ އާގުމެންޓެޑް ރިއާލިޓީ ހިމެނޭ ސްމާޓް އައިނެއް އުފައްދަން މަސައްކަތްކުރަމުންނެވެ. އެގޮތުން ފޭސްބުކް އިން މަސައްކަތް ކުރަމުންދަނީ އެކުންފުނިން ލަކްސޯޓިކާ އާއި އެކު ފަރުމާކުރަމުންދާ ރޭބަން ސްމާޓް އައިނު މިހަރު ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ.

އިތުރަށް ވިދާޅުވުމަށް : ވީއާރްއަށް ހާއްސަ ދިހަވަރަކަށްހާސް މުވައްޒަފުން ފޭސްބުކްގައި

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.