ފޯޓްނައިޓް އިން ނޭމާ ފެނިދާނެ

މުހައްމަދު ރައްޔާން 15 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕިކް ގޭމްސް އާއި ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ނޭމާ ހާމަކޮށްފައިވާ ގޮތުގައި މާރިޗް މަހުގެ 16 ވަނަ ދުވަހު ފޯޓްނައިޓް އިން ނޭމާ ފެނިގެން ހިނގައިދާނެއެވެ. އެގޮތުން އެޕިކް ގޭމްސް އިންވަނީ ނޭމާގެ ޖާޒީ ނަންބަރު 10 ހިމެނޭ ވީޑިއޯ އެއް އެކުންފުނީގެ ރަސްމީ ޓްވިޓާ އެކައުންޓް އިން ޓްވީޓްކޮށްފައިއެވެ. އަދި ނޭމާ ވެސް ވަނީ މި ޓްވީޓް ރީޓްވީޓް ކޮށްފައިއެވެ.

ފޯޓްނައިޓް އިން ނޭމާ ފެނިގެންދާނެ ގޮތާއިބެހޭ މައުލޫމާތު ހާމަކޮށްފައި ނުވީނަމަވެސް އެންގެޖެޓް އިން ރިޕޯޓް ކުރާގޮތުގައި އޭނާ ފެނިގެންދާނީ ފޯޓްނައިޓްގެ ޒީރޯ ކްރައިސިސް ފިނާލޭ ސިންގަލް ޕްލޭޔާ މިޝަން ތެރެއިންނެވެ. އެޕިކް ގޭމްސް އިން ޓްވީޓްކޮށްފައިވާ ވީޑިއޯއަކީ މި އިވެންޓްގެ ވީޑިއޯއެކެވެ.

ފޯޓްނައިޓް އިން ލައިވްކޮށް ކުރިއަށް ގެންދާ އިވެންޓް ތަކަކީ އެ ގޭމް ކުޅޭ ފަރާތްތަކުގެ މެދުގައި ވަރަށް މަގްބޫލު ހަރަކާތްތަކެކެވެ. އެގޮތުން 2019 ވަނަ އަހަރު މާޝްމެލޯ އާއި ގުޅިގެން ބޭއްވި މިއުޒިކް ޝޯ އެއްގައި 10 މިލިއަން މީހުން ބައިވެރިވެފައިވެއެވެ. މިއީ އެގޭމުގެ ތާރީހުގައިވެސް ރިކޯޑް މިންވަރަކަށް މީހުން ބައިވެރިވި ހަރަކާތެކެވެ. މީގެ އިތުރުން ޓްރޭވިސް ސްކޮޓް އާއި ގުޅިގެން މިދިޔަ އަހަރު ބޭއްވި ޝޯ އަކަށް 12 މިލިއަން މީހުނަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މީގެ އިތުރުން ޖެނުއަރީ މަހު އެޕިކް ގޭމްސް އިންވަނީ ފޯޓްނައިޓް މެދުވެރިކޮށް އީސްޕޯޓްސް ކުރިއެރުވުމަށް 2021 ވަނަ އަހަރު 20 މިލިއަން ޑޮލަރު ހޭދަކުރުމަށް ވައުދުވެފައިއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.