އޮންލައިން ލަރނިންގ ޕްލެޓްފޯރމް ކިޔެވެނި ތައާރަފް ކޮށްފި

ހުސެއިން އާރިފް 15 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޔޫއެންޑީޕީގެ އެހީތެރިކަމާއި އެކު ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ޕްރޮޓެކްޝަން ސަރވިސް އަދި މިނިސްޓްރީ އޮފް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން އުފައްދާފައިވާ އޮންލައިން ލަރނިންގް ޕްލެޓްފޯރމް ކިޔެވެނި ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

ކިޔެވެނި ޕޯޓަލް އަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގައި، އަންހެނުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުން އިތުރުކުރމާއި، ޤާބިލް އަންހެނުން ސިޔާސީ މައުދާނަށް ނެރުމަށް އުފައްދާފައިވާ އޮންލައިން ލަރނިންގ ޕްލެޓްފޯރމް އެކެވެ.

މިޕޯރޓަލްގެ ސަބަބުން ކައުންސިލަރުންނާއި ކައުންސިލް މުވައްޒަފުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މައްސޫލިއްޔަތު އަދާކުރުމަށާއި އެމީހުންގެ މަސައްކަތުގެ މައިދާނަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދެވޭނެއެވެ. މިޕޯރޓަލްގައި ކިޔަވާދެވޭ ކުރު ތަމްރީނުތަކަކުގެ ސަބަބުން ސިޔާސީ މައިދާނަށް ކުރިމަތިލާ އަންހެނުންނަކީ މިހުނަރުތަކުގެ ބޭނުންހިފާ ރައްޔިތުންގެ ބައިވެރިވުމާއެކު ރަށު ފެންވަރުގެ ތަރައްޤީގެ ކަންކަމާއި އެހެނިހެން މުހިއްމު ނިންމުންތައް ނިންމުމުގެ ޤާބިލްކަން ލިބިފައިވާ ބަޔަކަށް ވެގެންދާނެއެވެ. އަދި މީގެއިތުރުން ކައުންސިލް މުވައްޒަފުންގެ އިދާރީ ހުނަރުތައް ވެސް އިތުރަށް ތަރައްޤީވެ، ރައްޔިތުންނަށް ފަސޭހަވާނެ ފަދައިން އުފެއްދުންތެރިކަމާއެކު އަވަސް ރައްވެހި ޙިދުމަތްތަކެއް ކައުންސިލުން ދެވިގެންދާނެއެވެ. މީގެއިތުރުން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަކީ ހެޔޮ ވެރިކަމުގެ އަސާސްތަކުގެ މަތިން އަމަލުކުރާ ޒިންމާދާރު އަދި ޤާބިލް ބަޔަކަށްވުމަށް މަގުފަހިވެގެން ދާނެއެވެ.

މި ޕޯޓަލް އުފެއްދުމުގެ އަމަލީ މަސައްކަތް ކޮށްފައި ވަނީ ޖަވާބު ގެ ކުޅަދާނަ ޓިމް އިންނެވެ.



ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.