ގޫގަލް ސާޗް ބޭނުންކުރާ ފަރާތްތަކަށް އެކުންފުނިން ޖާސޫސުކުރާކަމަށް ތުހުމަތުކޮށް ޑަކްޑަކްގޯ އިން ގޫގަލްއަށް ފާޑު ކިޔައިފިއެވެ. މިދިޔަ ހަފްތާތަކުގައި ގޫގަލް އިންވަނީ އެޕަލްގެ އެޕް ސްޓޯގެ އުސޫލުތަކާއި އެއްގޮތަށް އައިއޯއެސްގެ އެޕްލިކޭޝަންތަކުގައި އެޕް ޕްރައިވަސީ ލޭބަލް ހިމަނަން ފަށާފައިއެވެ. ނަމަވެސް މި މައުލޫމާތު ހިއްސާކުރަން ގޫގަލް އަށް އެތަށް މަހެއް ހޭދަވިއެވެ.
ގޫގަލް އިން މިމައުލޫމާތު އާންމުކުރަން ލަސްވުމުން އެކުންފުނިން ބައެއްކަންކަން ފޮރުވަން އުޅޭކަމުގެ ތުހުމަތު ވަނީކުރެވިފައިއެވެ. މި ތުހުމަތު ތަކާއިއެކު ޑަކްޑަކްގޯ އިންވަނީ ގޫގަލް ގެ ޑޭޓާ ކަލެކްޝަން މައުލޫމާތުތަކާއިއެކު ގޫގަލް އަށް ފާޑުކިޔައި ޓްވީޓެއް ކޮށްފައިއެވެ.
ގޫގަލް އިން މިފަހުންވަނީ ގޫގަލް ސާޗްގައި އެޕް ޕްރައިވަސީ ލޭބަލް ހިމަނައި އެކުންފުނިން އެއްކުރާ ކަސްޓަމަރުންގެ ޑޭޓާއާއި ބެހޭ މައުލޫމާތު ހިއްސާކޮށްފައިއެވެ. ޑަކްޑަކްގޯ އިން ތުހުމަތު ކުރާގޮތުގައި ގޫގަލް އިން މި މައުލޫމާތު ހާމަކުރުން ލަސްކޮށްފައިވަނީ އެކުންފުނިން އެއްކުރާ މައުލޫމާތު ފޮރުވުމުގެ ބޭނުމުގައިއެވެ.
ޑަކްޑަކްގޯ އަކީ އައިއޯއެސް އަށް އަމާޒުކޮށް ޕްރައިވަސީ އަށް ހާއްސަކޮށް އުފައްދާފައިވާ ބްރައުޒާއެކެވެ. ޑަކްޑަކްގޯ އިން ކޮށްފައިވާ ޓްވީޓްގައި ފާހަނގަކޮށްފައިވާ ގޮތަށް އެކުންފުންޏަކީ އެކުންފުނީގެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު އެއްކުރާ ކުންފުންޏެއްނޫނެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް