މައިކްރޯސޮފްޓްގެ ގިނަ ހިދުމަތްތަކަކަށް ބުރޫއަރައިފި

އިސްމާއިލް އަލީ 16 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޯސޮފްޓް ޓީމްސް އާއި 365 ހިދުމަތްތަކަށް ހޯމަ ދުވަހު ހަތަރުވަރަކަށް ގަޑިއިރަށް ބުރޫއަރައިފިއެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިހިދުމަތްތަކަށް ބުރޫއަރާފައިވަނީ އޯތެންޓިކޭޝަން ސިސްޓަމްތަކަކަށް ގެނެވުނު ބަދަލުތަކަކާއި ގުޅިގެންނެވެ. މި މައްސަލަ ހައްލުކުރުމަށް އެކުންފުނިން އުއްމީދުކުރި ގައިޑިއަށް ވުރެ ގިނަ ވަގުތު ހޭދަވިޔަސް އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަތަކުގެ ބޮޑު ބައެއްވަނީ މިހާރު ހައްލުކުރެވިފައިއެވެ.

މި މައްސަލަ ފާހަނގަ ކުރެވުމާއިއެކު މައިކްރޯސޮފްޓްއިން ވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދާ އެކުންފުނީގެ ކަސްޓަމަރުންނަށް މި މައްސަލައިގެ ސަބަބުން އަސަރު ކޮށްފައިވާކަން ޔަގީންކޮށްދީފައިއެވެ. މިއީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ޓީމްސް އާއި 365 ގެ ހިދުމަތްތަކަށް ބުރޫއެރިފަހުން މިފަދަ ކަމެއް ތަކުރާރުވީ ފުރަތަމަ ފަހަރެވެ. މީގެ ކުރިންވެސް މި ހިދުމަތްތަކަށް ބުރޫއެރުމުން އެކުންފުނިން ހާމަކޮށްފައިވަނީ ހިދުމަތްތަކަށް މައްސަލަ ދިމާވީ ކޮންފިގަރޭޝަނަށް ގެނެވުނު ބަދަލުތަކެއްގެ ސަބަބުން ކަމަށެވެ.

މައިކްރޯސޮފްޓް ޓީމްސް ދުވާލެއްގެ މައްޗަށް 115 މިލިއަން މީހުން ބޭނުންކުރެއެވެ. މީގެއިތުރުން ކިޔަވާ ކުދިންނާއި ވިޔަފާރިތަކުން އޮންލައިންކޮށް މަސައްކަތް ކުރަން ފެށުމާއިއެކު މި ހިދުމަތް ވަނީ މި ޕެންޑަމިކް ތެރޭގައި އިތުރަށް ފުޅާވެފައިއެވެ. އެހެންކަމުން މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫއެރުމުން އެތަށް މިލިއަން ބަޔަކަށް އޭގެ ނޭދެވޭ އަސަރު މިހާރު ކުރާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.