ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތަށް ބުރޫ އަރައިފި

އަޙްމަދު އަޙްސަން 17 މާރިޗު 2021

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ޚިދުމަތް ދިނުމުގައި ދަތިތަކާއި ކުރިމަތިވިއެވެ.

މިއަދު ހެނދުނު 08:00 އެހާ އިރުރުން ފެށިގެން އިންޓަނެޓް ޚިދުމަތް ނުލިބޭ މައްސަލަ ކަސްޓަމަރުން އަންނަނީ އެކި ސޯޝަލް މީޑީއާގެ މަންސަތަކުގައި ޖައްސަމުންނެވެ.

ބުދަ ދުވަހުގެ ހެނދުނު ދިރާގުން ކޮށްފައިވާ ޓްވީޓެއްގައި "ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ލިބުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވާކަމަށާއި، މި މައްސަލަ ހައްލުކޮށް ވީހާ ވެސް އަވަހަކަށް ޚިދުމަތް ދިނުމަށް އަޅުގަނޑުމެންގެ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ." ބުނެފައިވެއެވެ.

ކޯވިޑް19 ގެ ހާލަތަގައި ގިނަ އިދާރާތަކެއް އަދި ސްކޫލް ދަރިވަރުން އިންޓަނެޓް އަށް ބަރޯސާމިންވަރު އިންތިހާއަށް އިތުރުވެފައިވާ މިދަނޑިވަޅުގައި އިންޓަނެޓް ހިދުމަތްދޭ މައިކުންފުނީގެ ބްރޯޑްބޭންޑް ހިދުމަތް މެދުކެންޑިގެން ދިއުމުގެ ސަބަބުން ގިނަ ބަޔަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެއެވެ.

މިމައްސަލަ ހައްލުކޮށް އަލުން ޚިދުމަތްދޭން ފެށުނީ އޭގެ ދެގަޑިއިރެއްހާ ފަހުންނެވެ.



އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.