ހައި-އެންޑް އައިޕެޑްތަކެއް އޭޕްރީލްގައި ބާޒާރަށް ނެރެނީ

އިސްމާއިލް އަލީ 18 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބްލޫމްބާގް އިން ރިޕޯޓު ކުރާގޮތުގައި އެޕަލް ކުންފުނީގެ ހައި-އެންޑް އައިޕެޑްތަކެއް އޭޕްރީލް މަހުގައި ބާޒާރަށް ނެރޭނެއެވެ. އެގޮތުން މި އައިޕެޑް ތަކުގައި ފެންވަރު ރަނގަޅު ކެމެރާތަކާއި، ފާސްޓް ޕްރޮސެސާއާއި އައު ވައްތަރެއްގެ މިނީ-ލެޑް ޑިސްޕްލޭ އެއް ހިމެނޭނެއެވެ.

މި ބަދަލުތަށް ފިޔަވައި އެކުންފުނިން މިހާރު ބާޒާރަށް ނެރެފައިވާ 11 އަދި 12.9 އިންޗީގެ އައިޕެޑް ތަކާއި އަޅާކިޔާއިރު އަލަށް ބާޒާރަށް ނެރެން ހަމަޖެހިފައިވާ އައިޕެޑުގައި މާބޮޑު ބަދަލުތަކެއް ފެންނާކަށް ނެތެވެ. 11 އިންޗީގެ އައިޕެޑެއް މިވަގުތު ބާޒާރުގައި ލިބެންހުރީ 799 ޑޮލަރަށެވެ. އަދި އަލަށް ބާޒާރަށް ނެރެން ހަމަޖެހިފައިވާ އައިޕެޑް ގެ ފެށޭ އަގަކީ 999 ޑޮލަރެވެ.

ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން ގޭގައި މަސައްކަތް އަދި މުނިފޫހިފިލުވުމަށް ކޮމްޕިޓަރު ގަންނަ މީހުން އިތުރުވުމާއި ގުޅިގެން އެޕްލްގެ ވިޔަފާރި ވަނީ ކުރިއަރާފައިއެވެ. އެގޮތުން ނިމިދިޔަ ކުއާޓާގައި އެކުންފުންޏަށް ފައިދާގެ ގޮތުގައި 8.4 ބިލިއަން ޑޮލަރު އައިޕެޑް ވިޔަފާރިން ލިބުނެވެ. މިއީ އޭގެ ކުރީއަހަރާއި އަޅާބަލާއިރު 42 އިންސައްތަ ކުރިއެރުމެކެވެ.

އެޕަލް އިން އެކުންފުނީގެ އައިޕެޑްތަށް މާކެޓް ކުރަމުންދަނީ ލެޕްޓޮޕް ގެ ބަދަލުގައި ބޭނުންކުރެވޭނެ ޑިވައިސްތަކެއްގެ ގޮތުގައިއެވެ. އެގޮތުން 299 ޑޮލަރަށް މެޖިކް ކީބޯޑް ފަދަ ވަސީލަތްތަށްވެސް މިހާރު އައިޕެޑާއިއެކު ބޭނުންކުރެވެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.