ވިންޑޯޒް 10އެކްސް 2021 ގެ ދެވަނަ ކުއާޓާގައި ބާޒާރަށް ނެރެނީ

އިސްމާއިލް އަލީ 19 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިއަހަރުގެ ކުރީކޮޅު ވިންޑޯޒް 10އެކްސް ވަނީ ދައްކާލާފައިއެވެ. ނަމަވެސް އެޔަށްފަހު މި ސޮފްޓްވެއާ ބާޒާރަށް ނެރޭނެ ދުވަހެއް ނުވަތަ މިއާއި ބެހޭ އެއްވެސް އަޑުތަކެއް އިވިފައިނުވާތާ ދުވަސްތަކެއް ފަހުން ވިންޑޯޒް ސެންޓްރަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މައިކްރޯސޮފްޓް އިން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ބަހާރުމޫސުމަށް މި ސޮފްޓްވެއާގެ ހުރިހާ މަސައްކަތެއް ނިންމައި މި އަހަރުގެ ދެވަނަ ކުއާޓާގައި މި ސޮފްޓްވެއާ ބާޒާރަށް ނެރުމަށެވެ.

ވިންޑޯޒް 10އެކްސް އެންމެ ފުރަތަމަ ފަރުމާކުރެވިފައިވަނީ ފަތްޖަހާލެވޭ ކޮމްޕިއުޓަރު ތަކުގައި ބޭނުންކުރުމަށެވެ. ނަމަވެސް ފަހުން މައިކްރޯސޮފްޓް އިން ނިންމާފައިވަނީ މި ސޮފްޓްވެއާ ސިންގަލް ސްކްރީން ކޮމްޕިއުޓަރުތަކުގައި ބޭނުންކުރުމަށެވެ. އެގޮތުން މައިކްރޯސޮފްޓްއިން މިނިންމުން ނިންމާފައިވަނީ ކްރޯމް އޯއެސް އާއި ވާދަކުރުމަށެވެ.

ވިންޑޯޒް ސެންޓްރަލް އިން ހާމަކުރާ ގޮތުގައި މައިކްރޯސޮފްޓް އިން މިހާރު އަމާޒުހިފާފައި ހުރީ ލޯ ކޯސްޓް އެޑިއުކޭޝަނަލް އަދި އެންޓަޕްރައިޒް ކަސްޓަމަރުންނާއި ދިމާލަށެވެ. އަދި ސަން ވެލީ ނަމުގައި ވިންޑޯޒް 10 އަށް އާބަދަލުތަކެއް ގެނައުމަށް އަޕްޑޭޓެއް އެކުންފުނިން ތައްޔާރު ކުރަމުންދާކަމަށްވެސް ވިންޑޯޒް ސެންޓްރަލް އިން ރިޕޯޓް ކޮށްފައިވެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.