އެޕިކް ގޭމްސްގެ ސްޓޯގައި ޗެޓް ފީޗާ ހިމަނައިފި

އިސްމާއިލް އަލީ 19 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕިކް ގޭމްސް އިން އެކުންފުނީގެ ވާޗުއަލް ސްޓޯއަށް އައު ފީޗާތަކެއް ތައާރަފްކޮށް ރައްޓެހިންނާއެކު ގޭމްކުޅެވޭނެ ގޮތް މަގުފަހިކޮށްދީފިއެވެ. އެގޮތުން ޕްލޭޔާ ޕްރޮފައިލްއާއި ގްރޫޕު ޗެޓްއާއި ރައްޓެހިން ހޯދާލުމަށް އައު ސާޗް ފަންކްޝަންއެއް 2021 ގައި އެކުންފުނީގެ ސްޓޯއިން ފެނިގެންދާނެއެވެ. މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ މަންސައިގައި ކުރިއަތް އޮތްތަނުގައި ސޯޝަލް ފީޗާތަކަށް ދޭ އަހައްމިއްޔަތުކަން އިތުރުވެގެން ދާނެއެވެ.

އައު ހިދުމަތްތަކެއް ތައާރަފް ވެގެން އަންނައިރު މިމަހު ކަސްޓަމަރުންނާއި ހަމަޔަށް ހުރިހާ ހިދުމަތްތަކެއް ނުލިބޭނެއެވެ. އެގޮތުން އަލަށް ތައާރަފް ކުރެވޭ ޕާޓީ ސިސްޓަމް އަކީ މިމަހު ނުފެންނާނެ ހިދުމަތެކެވެ. މީގެއިތުރުން މިހިދުމަތް 2021 ގައި ލިބޭނެކަން އިއުލާން ކުރުން ފިޔަވައި މިހިދުމަތާއި ބެހޭގޮތުން އިތުރު މައުލޫމާތު ހާމަކޮށްފައިނުވެއެވެ.

މިމަހު ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ހިދުމަތްތަކަކީ ޕްލޭޔާ ކާޑްސް އާއި "ޑޫ ނޮޓް ޑިސްޓާބް" މޯޑް ފަދަ ހިދުމަތްތަކެވެ. މީގެ އިތުރުން އެޕިކް އިންވަނީ އެކުންފުނީގެ މަންސައިގައި ބޭނުންކުރާ ސާޗް ފަންކްޝަން އިތުރަށް ފުރިހަމަކޮށްފައެވެ.

އެޕިކް ގޭމްސްގެ މަންސަ އެންމެ ފުރަތަމަ ތައާރަފް ކުރެވުނު އިރު އެ މަންސަ ވެގެންދިޔައީ މަގްބޫލުކަން ކުޑަ މަންސައަކަށެވެ. އެއީ ވާދަވެރި ސްޓީމް އިން ލިބޭފަދަ ގިނަ ހިދުމަތްތަކެއް އެޕިކްގެ އިން ލިބެންނެތުމުނެނެވެ. ނަމަވެސް އެކުންފުނިންވަނީ އެކުންފުނީގެ މަންސަ އިތުރަށް ފުރިހަމަކޮށް ސްޓީމް ފަދަ މަންސަތަކާއި އޮތް ފަރަގު ކުޑަކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.