ޓްވިޓާއިން ދުނިޔޭގެ ލީޑަރުން މޮޑަރޭޓްކުރާނެގޮތް ދިރާސާކުރަނީ

އިސްމާއިލް އަލީ 19 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓްވިޓާ އިން ޓްރަމްޕް ބްލޮކް ކުރުމާއި ގުޅިގެން އުފެދުނު ނުތަނަވަސްކަމަށްފަހު މިހާރު އެކުންފުނިން އަމާޒު ހިފާފައިވަނީ ސިޔާސީ ފަރާތްތަކާއި ދުނިޔޭގެ ލީޑަރުން މޮޑަރޭޓް ކުރުމަށެވެ. އެގޮތުން އެކުންފުނިންވަނީ މިކަމުގައި އެކުންފުނީގެ މަންސަ ބޭނުންކުރާ ފަރާތްތަކުން ދެކޭގޮތް ބެލުމަށް މަސައްކަތް ފަށާފައިއެވެ.

އެގޮތުން އެކުންފުނިން ޖަވާބު ބޭނުންވާ ސުވާލުތަކުގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ ލީޑަރުންނާއި އާންމުން އެކުންފުނީގެ މަންސައިގައި ގެންގުޅެންޖެހޭނީ އެއްހަމަތަކެއްތޯއެވެ. އަދި މީގެ އިތުރުން މިފަދަ ފަރާތްތަކުން އެކުންފުނީގެ އުސޫލުތަކާއި ހިލާފުވުމުން އަޅަންފެންނަނީ ކޮންކަހަލަ ފިޔަވަޅުތަކެއްތޯ ވެސް އެކުންފުނިން ސާފުކުރަން ބޭނުންވެއެވެ.

ޓްވިޓާއިން ކޮށްފައިވާ ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ 19 މާރިޗް އިން 12 އޭޕްރިލް އަށް އެކުންފުނިން މި ސުވާލުތަކަށް ޓްވިޓާ ބޭނުންކުރާ ފަރާތްތަކުން ދެކޭގޮތް ބެލުމަށް ސާވޭ އެއްކުރާނެކަމަށެވެ. މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ދަނީ މިކަމާއި ގުޅޭގޮތުން އިންސާނީ ހައްގުތަކާއި ބެހޭ މާހިރުންނާއި، އަދި މަދަނީ ޖަމްއިއްޔާ ތަކާއިވެސް މަޝްވަރާކުރަމުންނެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.